ޚަބަރު / އުދައެރުން

އާދަޔާހިލާފަށް އުދަ އަރާތީ މާލެއާއި ހުޅުމާލެ ދެމެދު ސައިކަލުގައި ދަތުރުނުކުރަން އެދިއްޖެ

ފުލުހުން އެދިފައިވަނީ އުދަ އެރުން ހުއްޓެން ދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރުމަށާއި ޒަރޫރީ ދަތުރެއް ނަމަވެސް ހަތަރު ފުރޮޅުލީ އުޅަނދުގައި ކުރުމަށެވެ.

ބްރިޖުން އަރާ ފައިބާ ސަރަހައްދުތައް ހިމެނޭހެން، އާދަޔާ ހިލާފަށް ބޮޑަށް އުދަ އަރަމުން ދާތީ މާލެއާއި ހުޅުމާލެއާ ދެމެދު ސައިކަލުގައި ދަތުރުނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން އެދިފައިވަނީ އުދަ އެރުން ހުއްޓެން ދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރުމަށާއި ޒަރޫރީ ދަތުރެއް ނަމަވެސް ހަތަރު ފުރޮޅުލީ އުޅަނދުގައި ކުރުމަށެވެ.

އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހިސާބުތަކުގެ ތެރޭގައި ލޮނުޒިޔާރަތްކޮޅުން ބްރިޖުން އަރާ ހިސާބު ހިމެނެ އެވެ.

މެންދުރު ފަހު އާންމު ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެ ސަރަހައްދަށް އެރި ބިޔަ ބޮޑު ރާޅާއެކު ބްރިޖުން ފޭބި އުޅަނދުތައް ވެސް ރާޅާއެކު ކަހާލައިގެން ބިން މައްޗަށް ވެއްޓެ އެވެ. އަދި އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް މީހާ ވެސް ރާޅުގެ ތެރެއަށް ދަމައިގަނެ އެވެ.

ބްރިޖުން ހުޅުލެއަށް ފައިބާ ސަރަހައްދަށް ވެސް އުދަ އަރައި، ދަތުރުކުރި ބައެއް މީހުންނަށް އަނިޔާ ވެފައިވެ އެވެ.

ބްރިޖު ސަރަހައްދުގެ އިތުރުން ދެން އެންމެ ބޮޑަށް އުދަ އަރާފައިވަނީ ރާޅުގަނޑު ސަރަހައްދަށެވެ. އެ ސަރަހައްދަށް ވެސް އުދައާއެކު ގިނަ އަދަދެއްގެ ގާ ވަނީ އެއް ގަމަށް ޖަމާވެފަ އެވެ.

މާލެއަށް އަދަޔާ ހިލާފަށް އުދަ އަރާފައިވާއިރު މެންދުރު ފަހު ރާޅުގެ އުސްމިން ހުރީ 0.94 މީޓަރުގަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެ، އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ.

13 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 71%
icon angry icon angry 4%
icon wow icon wow 21%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމްސުއް ނިސާ

21 July 2024

ނަންނެތް ގޮލާ އަށް ބުނެލަން ކަނދޮޅުދޫ މީހުން ގޮތްދޫނުރީމަ ވީގޮތް މައުމޫނު އެދިވަޑައިގަތީ އެރަށުމީހުން ދުވާފަރަށް ބަދަލުވުމަށް އެމީހުން ބުނީ ރަށްދޫކޮށް ނުދާނެކަމަށް ރަށް ހިއްކައިގެން ބޮޑުކޮށްދިނުމަށް އެންމެ ފަހުން ހިއްކައިދިނީ ފަހުން ހަމަޖެހުނީ ދުވާފަރަށް ބަދަލުވާން

The name is already taken The name is available. Register?

GanevihkaaDOTcom

06 August 2023

މޫސުންގޯސްވީމާ ތިޔަހެން ރާޅެއްޖަހާލުމަކީ އެއްވެސް މައްސަލައެއްނޫން، މޫސުން ގޯސްވީމާ ކަނޑުތައް ގަދަވެ ދަތުރު ނުކުރެވޭވަރުވެސްވޭ!! އެކަމަކު ކަނޑުތައްގޯސްވެގެން އަހަރެމެންނޫޅެން، ބުރިޖު ކިތަންމެ ރަނގަޅަށް ހަދާފަ އޮތަކަސް މޫސުން ގޯސްވީމާ ތިޔަފަދަކަންކަން ހިނގާފާނެ!

The name is already taken The name is available. Register?

އަފްރާސިޔާބު

06 August 2023

ތި ބުރިޖް ރަނގަޅުވީސް މައުނޫ ޕްލޭން ކުރި ގޮތަށް މާލެއިން ފުނަދޫން ދެން ވިލިމާލެ އަށް އެޅިނަމަ. އެއިރުން ތިވަރު ނޫވީސް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 August 2023

މިފަދަ އަގުބޮޑު ބްރިޖް އަޅާފައިހުރި ޤައުމުތަކުން ކަންކުރާގޮތަށް ކަންކަން ކުރާނަމަ 300މ ޑޮލަރުގެ ތިޔަ ބުރިޖަކީ އެއްވެސް ދުވަހެއްގެ އެއްވެސް އިރެއްގައި ސައިކަލް ފަދަ ތަކެތި ދުއްވަން ހުއްދަ ދޭންޖެހޭ ތަނެއްނޫން. # އަދި އެތައް ސަތޭކަ މިލިޔަން ޑޮލަރު ޙަރަދުކޮށްގެން އަޅާފައިވާ ބްރިޖުގެ މެއިންޓަނަންސްއަށް ދައުލަތުން އަހަރަކު އެތައް މިލިޔަން ރުފިޔާ ޙަރަދުކުރާ ތިޔަބުރިޖަކީ އަގެއް ދިނުމެއްނެތި ހިތުހުރިގޮތަކަށް ހިލޭ ދަތުރުކުރެވޭ ބުރިޖަކަށްވެސް ވެގެން ނުވާނެ.

The name is already taken The name is available. Register?

ނަންނެއްގޮލާ

05 August 2023

އަދިވެސް ގުދުރަތީ ބެރިޔަރު ދުއްވާލާފަ ފަޅެއްއޮތިއްޔާ އެއްކޮއް ހިއްކާ ނިންމާލާ. 2004 ގަ މުޅިފަޅު ހިއްކައިގެން ކަންދޮޅުދޫ އައް ލިބުނު ގެއްލުން ފެނިފަ ފިލާވަޅެއް ދިވެހިންނަކައް ދަހެއް ނުވި. ހުސް މޮޔައިން އުޅޭ ގައުމެއް ސަހާދެއް

The name is already taken The name is available. Register?

ޢިހްސާސް

06 August 2023

..ވިމަ ތިވެސް މޮޔައެއްދޯ؟

The name is already taken The name is available. Register?

އެމީލިއޯ

05 August 2023

ޔާމިން އެޅި ބުރިޖް

The name is already taken The name is available. Register?

ހިލުމީ

05 August 2023

އަލައް ހިއްކާ ބިންތައް ތަންކޮޅެއް އުސްކޮއް ހިއްކާ މާލޭ ނޫން ރަށަކައް ވެރިކަން ބަދަލުކުރަން ވެއްޖެ

The name is already taken The name is available. Register?

ޔހހހ

05 August 2023

އާނ އޭރުން މާލެ ރައްޔިތުން މި ކިޔާ “އެންމެން ރަށަށް ދިއުން” ވެސް ފުރިހަމަ ވާނެ

The name is already taken The name is available. Register?

ޕީކޭ

05 August 2023

ލައިފް ޖެކެޓް އަޅައިގެން ދަތުރު ކުރަން އިއުތިމާޒް ކުރޭ.

The name is already taken The name is available. Register?

އިލްތިމާސޭ

05 August 2023

ކޮން އިއުތިމާޒެއްތަ؟ ނޭނގުނަސް ކޮމެންޓުކުރާތި

The name is already taken The name is available. Register?

މާމުއި އިބްރާ

05 August 2023

ޙައިވޭ ބަންދު ކުރޭ

The name is already taken The name is available. Register?

އަބުދީ

05 August 2023

ސަމާލް ނެރުން އިރު ރާޅުގަނޑު ހިސާބުމަގުތައް އޮތީ ފެނުއަޑީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454