ސިނަމާލެ ބްރިޖަށް އުދަ އަރާފައި.-- ފޮޓޯ: މިހާރު
28 ޖޫން 2025 - 15:34
އުދަ އަރާނެ ކަމަށް ލަފާކޮށްފައިވަނީ ސިނަމާލެ ބްރިޖުން ހަވީރު ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެންދުރު ފަހު 1:30 އިން ހަވީރު 5:00 އާ ދޭތެރޭގައި އުދަ އަރާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ، ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ ވަގުތުތަކުގައި ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އުދަ އެރުމުގެ ސަބަބުން ހައިވޭގައި މީގެ ކުރިން ސައިކަލުތައް ވިއްސައިގެން ގޮސްފައިވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. އެ އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ހެނދުނު 10:45 އިން ހަވީރު 4:30 އާ ދޭތެރޭގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެތީ ހުދު އެލާޓު ނެރެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
29 June 2025
ބްރިޖުން އެކަންޏެއްނޫން. މާލޭގެ މަގުތަކަކީ ބައެއްފަހަރު ވެހިކަލް ޖަންގައްޔެކޭވެސް ހިތައްއަރާ. ޕާކިންއަކީ 3 އަކަކިލޯމީޓަރގައި ސޮލިއުޝަނެއްނޫން. ޕްރައިވެޓް ވެހިކަލްތަކުގެ އަހަރީފީ ބޮޑުކޮށް ޕަބްލިކް ބަސްތަކަށް ރައްޔިތުން އެންކަރޭޖްކުރުވަންވީ. ގްރޭޓަރ މާލޭ ޒޯންގައި ވެހިކަލް މަދުކުރާންވީ.