ވިޔަފާރި / ބީއެމްއެލް

ބީއެމްއެލް: ފަހުރުވެރި ދިވެހިންގެ ބޭންކް

ބީއެމްއެލްގެ ބްރާންޗެއްގެ ކުރިމަތީގައި އާއިލާއެއް މަޑުކޮށްލައިގެން.-- ފޮޓޯ: ބީއެމްއެލް

01 ފެބުރުއަރީ 2017 - 09:47

7 comments

އަޅުގަނޑުމެން ދިވެހިންނަކީ ފަށާ ކޮންމެ ދަތުރެއްގައި ވެސް ކަނޑައަޅާފައިވާ މިސްރާބަށް ވާސިލްވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ބަޔަކީމެވެ. މީގެ 34 އަހަރު ކުރިން ދިވެހިރާއްޖޭގައި ގައުމީ ބޭންކެއް އުފައްދައި ޒިންމާދާރު މަސައްކަތްތަކެއް ފެށުނީ ބޭންކިން ހިދުމަތް މުޅި ގައުމަށް ފުޅާކޮށް، ރައްޔިތުންނަށް އެންމެ ފަސޭހަ އިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ. އެ ކުރި މަސައްކަތުގެ ފޮނި މީރުކަން ދިވެހިންނަށް އެތައް ގޮތަކުން ދަނީ ލިބެމުންނެވެ.

ގައުމީ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާސިލްކޮށްފައިވާ އެންމެ މުހިންމު އެއް ލަނޑުދަނޑި އަކީ ހުރިހާ ދިވެހިންނަށް ހިދުމަތް ލިބިގަނެވޭނެ ހިސާބަށް ބޭންކިން ހިދުމަތް ވާސިލްކޮށް ދިނުމެވެ. މި ގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކުގެ ގޮފިތައް ވަނީ ގާއިމްކުރެވިފަ އެވެ. އަދި މިއާ އެކު ކޭޝް އެޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައި ވުމަކީ ދިވެހިންނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު އެއް ފަސޭހަ އެވެ. މީގެ އިތުރުން، ބީއެމްއެލް އިން ގާއިމްކޮށްފައިވާ ޕޮއިންޓް އޮފް ސޭލްސްގެ އެންމެ ބޮޑު ވިއުގައިގެ ސަބަބުން ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހުރިހާ ދިވެހިންނަށް މި ވަނީ ފަހިވެފަ އެވެ.

ކުރިއަރާފައި މިވާ ދުނިޔޭގައި އިންސާނުން ހޯދަމުން އަންނަ ކާމިޔާބީ އާއި ތަރައްގީގެ ފަސޭހަތައް ދިވެހިންނަށް ވެސް ތަޖުރިބާ ކުރަން ލިބުމަކީ އަޅުގަނޑުމެން ކުރާ ފޮނި އުންމީދުތަކެކެވެ. މި ފަދަ ޒަމާނީ ހިދުމަތްތައް ދިވެހިންނާ ހަމަ އަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމަށް ބީއެމްއެލް އިން އަބަދު ވެސް އިސްނަގާކަން އެއީ ފާހަގަކުރަން ޖެހޭ ކަމެކެވެ. މި ގޮތުން، އޮންލައިން ބޭންކިންގެ ހިދުމަތް ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފްކޮށް ރައްކާތެރި ބޭންކިންގެ ހިދުމަތްތައް ތިމާ ހުރި ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ހޯދޭނެ ފަދަ އިންތިޒާމުތައް ރާއްޖޭގައި މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އަދި މޯބައިލް ފޯނު މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދޭނެ ގިނަ ގޮތްތަކެއް މިހާރު ވަނީ ތައާރަފް ކުރެވިފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ ފަހަރަށް ސްމާޓްފޯން ބޭންކިން އެޕްލިކޭޝަނެއް ތައާރަފް ކުރުމާ އަދި މޯބައިލް ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރުމަކީ، ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ތަރައްގީ އަށް ދިވެހިންގެ ލޯ ހުޅުވާލެވުނު ފިޔަވަޅެއްކަން ޔަގީނެވެ. މީގެ އިތުރުން، ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމްކުރުމުގެ ސަބަބުން ބޭންކަށް ޒިޔާރަތްކޮށްގެން ހޯދަން ޖެހޭ އެތައް ހިދުމަތެއް މިހާރު މި ވަނީ، އެ މީހަކަށް ފަސޭހަ ކޮންމެ ގަޑިއެއްގައި ވެސް ކުރެވިދާނެ ކަންތައްތަކަކަށް ބަދަލުވެފަ އެވެ.

ދޮށީ އުމުރުގެ ބޭފުޅުންނަށް ދެވޭ ޕެންޝަން ފައިސާ ލަސްނުކޮށް، ފަސޭހަކަމާ އެކު އެ ފަރާތްތަކަށް ރައްދުކޮށް ދިނުމަކީ ބޭންކުން ވަރަށް އިސްކަމެއް ދޭ ކަމެއް.-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ވަނީ ރާއްޖޭގައި ތަރައްގީ ވަމުން އަންނަ މާލީ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލައި، މާލީ ގޮތުން ދިވެހިންނަށް މަންފާ ކުރާނެ ފަދަ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. މި ގޮތުން، ގެދޮރު އެޅުމަށް، ކިޔެވުމަށް، ބޭސްފަރުވާ އަށް އަދި ވިޔަފާރިތަކަށް ކުރެވޭ އިންވެސްޓްމަންޓުތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލަން ޖެހެ އެވެ. މީގެ އިތުރުން، މާލީ ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ބީއެމްއެލް އިން ފޯރުކޮށްދޭކަން ވެސް އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ދޮށީ އުމުރުގެ ބޭފުޅުންނަށް ދެވޭ ޕެންޝަން ފައިސާ ލަސްނުކޮށް، ފަސޭހަކަމާ އެކު އެ ފަރާތްތަކަށް ރައްދުކޮށް ދިނުމަކީ ބޭންކުގެ މުވައްޒަފުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތެވެ.

ދިވެހި މުޖުތަމައުގެ މުހިންމު އިޖުތިމާއީ ބައިވެރިއެއްގެ ހައިސިއްޔަތުން، އެންމެ ކުޑަކުއްޖާ އިން ފެށިގެން އެންމެ ދުވަސްވީ މީހާގެ ބޭނުންތައް ފާހަގަކޮށް، އެންމެންނަށް ބައިވެރިވެވޭނެ ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ތަފާތު އެކި ދާއިރާތަކުން އެކިއެކި ބައިވެރިންނާ އެކު ގިނަ އިޖުތިމާއީ މަސައްކަތްތަކެއް ބޭންކުން އަންނަނީ ކުރަމުންނެވެ.

މުޖުތަމައު އަށް ފައިދާ ހުރި އެތައް ކާމިޔާބުތަކެއް ދިވެހިންނަށް ހޯދައި ދީ، އަޅުގަނޑުމެން އެންމެންނަށް ބަރޯސާ ވެވޭނެ ފަދަ ޒިންމާދާރު ފަރާތެއްކަން ބޭންކުން މިއަދު މި ވަނީ ކަށަވަރު ކޮށްދީފަ އެވެ. މި ކާމިޔާބީތަކާ އެކު، ދިވެހި ކޮންމެ އާއިލާއެއްގެ ކޮންމެ މެމްބަރަކު ވެސް ގަބޫލުކުރަނީ ބޭންކް އޮފް މޯލްޑިވްސް އަކީ "އަހަރެންގެ ބޭންކް"ގެ ގޮތުގަ އެވެ. ފަހުރުވެރި ދިވެހިންގެ ބޭންކުގެ ގޮތުގަ އެވެ.

7 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 0%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން

01 February 2017

މުވައްޒިފންގެ މުސާރަ ބޮޑުކޮއްދީ !!

The name is already taken The name is available. Register?

މީހާ

01 February 2017

އަސްލުވެސް ވަރަށް ބޮޑު ތެދެއް. ބީއެމްއެލުން ކޮންމެ މަހަކު އެއްފަހަރު ރަށް ރަށަށް ގޮސް ޕެންޝަން އިނާޔަތް ހަވާލުކޮށްދިނުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން؛ މުސްކުޅިންނަށް ލިބޭ އިނާޔަތަކީ ހުރިހާ ދިވެހިންނަށްވެސް ވަރަށް މުހިއްމު ކަމެއް. އެމީހުން އުފަލުގައި ތިބޭތަން ފެނުމަކީ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް.؛

The name is already taken The name is available. Register?

ރަސްމީރު

01 February 2017

ބީއެމްއެލް ވޭތިވެދިޔަ ތިންއަހަރު އާމްދަނީ ރެކޯޑް މުގުރާލާ ކޮންމެ ފަހަރަކު އިންވެސްޓްމަންޓްތައް އިއުލާން ކުރޭ. ޚިދުމަތް ރަގަޅު ކުރޭ. ވަޒީފާ އިތުރު ކުރޭ. ލޯނުވެސް އެންމެ ގިނައިން ދޫކުރަނީ ހަމަ ބީއެމްއެލުން؛. ދެން ކޮން ވާހަކައެއް މިދައްކަނީ އިންޓްރަސްޓޭ ކިޔައިގެން. ރަގަޅު ހަމަ. ފައިދާ ވާގޮތަށް ވިޔަފާރި ކުރެވޭނީ

The name is already taken The name is available. Register?

ލިބޭނެދޯ

01 February 2017

ބީއެމްއެލް އަށް ހަގީގަތުގައި އަދި ވެސް ތަރައްގީ ވާން ވާ ވަރަށް ތަރައްގީ ނުވެއެވެ. ބީއެމްއެލް އިން އެބަޖެހޭ މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓް ވިޔަފާރި އަށް އިންވެސްޓް ކުރަން އެމްޓީސީސީ އާއި ގުޅިގެން ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ފުއްދުމަށް ޓަކައި މާލެ ސަރަހައްދުން ރިއަލް އެސްޓޭޓް ވިޔަފާރި ފަށަންވީއެވެ. އެގޮތުން ބީއެމްއެލް އަށް މާލެ ވިލިގިލި ފުޓްބޯޅަ ސްޓޭޑިއަމް ހުރި ބޮޑު ބިން ވިލިގިލީގެ ދެބައިކުޅަ އެއްބައި ބިން ދޭންވީ 100 އަހަރަށް. ދެން އެ ބިމުގައި 25 ބުރީގެ އިމާރާތެއް ނަގާ އެތަނުގައި ފްލެޓްސް ތައް އިމާރާތް ކޮށް އެފްލެޓްސް ތައް ކުއްޔަށް ދިނުމުން މިތަންތަނުން ލިބޭ ކުލިން ބޭންކް އަށް މަހަކު 100 މިލިއަން ރުފިޔާ ލިބޭނެއެވެ. އެއިރުން ދެން އެ ވިޔަފާރި އިތުރަށް ފުޅާ ކުރާނީ ވިލިގިލީގައި ހުރިއްޔާ ހުރި ހުރިހާ ހުސްބިން ތަކުގައި. އެއިރުން 10 އަހަރު މައްޗަށް ނަގާއިރު މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓް ވިޔަފާރި އެމްޓީސީސީ އާއި ގުޅިގެން ބީއެމްއެލް އިން ކޮށް ފިނަމަ ބީއެމްއެލް އަށް ވެސް މަހަކު 1 ބިލިއަން ރުފިޔާ އަދި އެމްޓީސީސީ އަށް ވެސް މަހަކު 1 ބިލިއަން ރުފިޔާ ލިބޭނެ ކުލީގެ ގޮތުގައި.

The name is already taken The name is available. Register?

ޔޫސުފް

01 February 2017

ފަހުރެއްނޫން ފަޚުރު

The name is already taken The name is available. Register?

ކައުރީސް

01 February 2017

މަމެންނަށް ބީއެމް އެލް ގެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ތައް އުޅެނީ ވަރަށް ހައިކޮށެެވެ. އެހެންވެ ފަޚުރެއްގެ ގޮތުގަ އަދި ފެންނަވަރެއް ނުވެއެވެ.އަވަށްޓެރި ގައުމެއްގަ ބީއެމް އެލްގެ ބްރާންޗެއް އެބަހުރިތޯ އެވެ. ނެތެވެ. އެންމެ ކުޑަމިނުން ލަންކާގަ ވެސް ނެތެވެ. ދެން ފަޚުރުވެރިވާންވީ ކޮންކަމަށްތޯ އެވެ.

The name is already taken The name is available. Register?

ތަފާތު

01 February 2017

އަޅުގަނޑު އަޑުއެހިން މިހާރުގަ އެކި ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސްގެ އާޓިކަލްގަ ޖައްސަވާ ކޮމެންޓްތައް ބޭންކްގެ އިސްވެރިން ކިޔުއްވާ ކަމަށް. އެހެންކަމުން އަޅުގަނޑު ހިޔާލެއްދެއްތޯ؟ ތިޔަބޭފުޅުން ކިތަންމެ މިންނެތް މަސައްކަތެއް "ދިވެހި ބޭންކް ދިވެހިންނަށް، އެންމެ ފަސޭހަ، އެންމެ ފަޚުރުވެރި ބޭންކް..." ޖައްސަވައިގެން އިޝްތިހާރު ކުރެއްވިޔަސް ހަމަ ޚިދްމަތް ލިބިގަންނަ މީހުންނަށް އިތުރަށް އެންމެ ފަސޭހައެއްވެސް ނުވާނެ. ވިސްނާލައްވާ. ތީ މިހާރުވެސް ހުރި އެންމެ ފަޙްރުވެރި އަދި ރާއްޖޭގައި ބޮޑު ބޭންކޭ. ތިނޫން ތަނެއްނެތްގޮސް ވަދެވޭކަށް. ދެން އެކަން އެހާވަރަށް އިރުއިރުކޮޅާ އަންގަންނޫޅުއްވާ، ތިޔަބޭފުޅުންގެ މީޓިންގްތަކުގައި އިޝްތިހާރުކުރުމުގެ ބައި ފަަހަށްޖައްސާ، ކަސްޓަމަރުންގެ ހުރި ހިތްހަމަނުޖެހުންތައް ހައްލުކުރާނެ ގޮތެއް ވިސްނުންމާ ބުއްދިވެރި. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި، އެތެރޭގައި ބާއްވާ ކަސްޓަމަރުންނާބެހޭ މީޓިންގތަކުގައި ކަސްޓަމަރުންވެސް ބައިތިއްބާ. ކިޔާ އެއްޗެއް އަޑުައަހާ. ތިޔަބޭފުޅުން ކިތަންމެ ވަރަކަށް ޕޮލިސީ ނެރުއްވިއަސް ހިދްމަތްލިބޭ މީހުންގެ އަޑު ނާއްސަވާ ކިހިނެއްދެން ބޭންކާމެދު ލޯބި އިތުރަށް ޖެހޭނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454