މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އަށް ކެންޑިޑޭޓުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 އޯގަސްޓް 2023 - 15:24
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު މިއަދު ދޭއް ޖެހިއިރު ހަމަވިއިރު އަށް ކެންޑިޑޭޓަކު ކުރިމަތިލައްވައިފި އެވެ.
މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފަހަރެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއްވީ 2008 ވަނަ އަހަރު އެވެ. އެފަހަރު ހަ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރަން ފޯމް ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރެޓްސް އާއި ޕީއެންސީ އަދި އެމްއެންޕީ އެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.
ޕީޕީއެމްއިން މިފަހަރު ވެސް އިންތިހާބުގައި ވާދަކުރަން ނިންމައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ފޯމް އިލެކްޝަންސް އިން ބާތިލްކުރި އެވެ. ސަބަބަކީ އެމަނިކުފާނު ޖަލު ހުކުމެއްގައި ހުންނެވުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ފޯމު، އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނާޝިޒް، އީސީގެ ރައީސް ފުއާދު ތައުފީގުއާ ހަވާލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރެ، އެ ޕާޓީ ވާގިވެރިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައި އޭނާ ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އޭނާގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
ޖުމްހޫރީ ޕާޓީން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރަނިންމޭޓް އަމީން އިބްރާހިމެވެ. އެމްއެންޕީން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު އެވެ.
އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމް މުއިއްޒު ހުށަހެޅުއްވުން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު އަށް ރިޔާސީ ޓިކެޓް ދީފައި ވާއިރު ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.
އަމިއްލަގޮތުން ވާދަ ކުރައްވާ ފާރިސްގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވާފައި ވާއިރު އުމަރު ނަސީރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
މި އަހަރުގެ އިންތިހާބަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމަފިރިއަކު ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި އެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި މއ. މާވެޔޮވިލާ ހަސަން ޒަމީލާއި ރަނިންމޭޓު އަނބިކަނބަލުން މަރިޔަމް އަލީމް އެވެ.
އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ ހަސަން ޒަމީލް އޭނާގެ ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި. --ފޮޓޯ: ނިޝާން އަލީ | މިހާރު
ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައި ވަނީ ސެޕްޓެމްބަރު 30ގަ އެވެ.
އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ 58 ޕަސެންޓުގެ ވޯޓާ އެކު އެވެ. ޕީޕީއެމް އަށް އެފަހަރު ލިބުނީ 41 ޕަސެންޓުގެ ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެމަފިރި ފޯރ ޕުރެސިޑެންޓް
07 August 2023
މި ފަހަރު ވެރިކަމަށް އަންނާނީ ހަސަން ޒަމީލް އަދި އަނބިކަނބަލުން ނައިބުރައީސް އަދި ފަސްޓްލޭޑީ އަދި ފުރަތަމަ ނާއިބު ރައީސް އަކަށް ވެސް ވާނީ ހަސަން ޒަމީލް އަނބިމީހަ ހަސަން ޒަމީލް ވެރިކަމަށް އަންނާނީ ނާޒިމް އަދި ފާރިސްއާ ކޯލިޝަން ހަދައިގެން އެ ދެބޭފުޅުންގެ ފުރިހަމަ ތާއީދާ އެކު މުއިއްޒު ނުދާނެ ދެވަނަ ބުރަށް ވެސް
ހޯޙޯ
07 August 2023
ނަމާދުކުރުމަކީ ފަރުޟެއް. އެކަމަކު ދަރިން ގޮވައިގެން މިސްކިތަށްދިއުމަކީ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތެއްކަމަށް ޤާނޫނުގައި ލިޔެފައެއްނެތް.
ގޫގުލް
07 August 2023
ފުރަތަމަ ފޮޓޯއިން އެބަފެނޭ ރައީސް. ކޯޓުފަޓުލޫނާއިއެކު އެހުންނެވީ.
ރުންކުރު
07 August 2023
މިއީ އަޖުމަ ބެލުމުގެ ވަގުތެއް ނޫނެވެ. ޔާގީން ކަމާއެކު ރޭވުންތެރިކަމާއެކު މަސައްކަތްކޮށްދީފައިވާ ބައެއްގެ މަތިން ހަދާން ނައްތާލައިގެން ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ނުގެނެވޭނެއެވެ. އުމްރާނީ ތަރައްޤީއެވެ. އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ބުރަ މަސައްކަތެވެ. ދެއުޅިއެއްނުވާ ސިޔާސަތުތަކެއް ތަންފީޒުކޮށްގެން މިކަންކަން ހާސިލެއް ނުކުރެވޭނެއެވެ. އެމް.ޑީ.ޕީ ހިޔާރުކުރަންވީ މި ހުރިހާ ސަބަބުތައް މިހެން ހުރުމުންނެވެ.
އާރީ
07 August 2023
ސޯލިހު ނޫނީ ނެތް ކަމުދާ އެކަކުވެސް.
ހެޔޮ ނިޔަތުގައި
07 August 2023
ތިޔާގެ ތެރޭގައި މުއިއްޒު ނޫނީ ދަރިން ގޮވައިގެން މިސްކިތައް ނަމާދަށް ގޮސްއުޅޭ އެކަކުވެސް ނެތް،
އިސްމާލު2.0
07 August 2023
ހަރުދަނާ އޮޕޮޒިޝަނެއް ނެތީމައި ވާނެ ހައެތި މިއޮތީ ދެން މިހާރު ވެފައި.
ފާތުމަތު ކުރުސީ
07 August 2023
ސޯލިހަކީ އިންތިހާބު ތަށް ކާމިޔާބު ކުރުމުގެ ޓްރެކް ރެކޯޑެއްއޮތް ބޭފުޅެއް. އަސޭލާމެންވެސް ކޮސް ކޮއްލި ކެނޑިޑޭޓެއް. މި ވަގުތު ދުނިޔޭގައި ހުރި, އެންމެ ކާމިޔާބު ޕޮލިޓިކަލް ވިނަރ. މީ ސޯލިހް ދިމާ ކުރާ 13 ވަނަ އިންތިހާބް. ފާއިތުވި 12 އިންތިހާބް ކާމިޔާބު ކުރި. މިފަހަރުވެސް އޭނަ ނަގާނެ. ޝައްކެއް ނެތް.
ހިތާދޫ ފޮށާ
07 August 2023
ޔާމީނު ބޯބޮޑެއްނު. ރަންއިލޮށިން ޖަމީލަށް ކާންދީފާ އޭނާއަށް އެދިނީ ކެހި. ދެން ނޭންގެ ޖަމީލުވެސް ޔާމީނަށް އެންމެ އިސްވަކީލުގެ ހައިސިއްޔަތުން ކެހިނުދޭކަމެއް.
ތުއްޕުޅު
07 August 2023
އަހަންނަކަށް މުހިންމެއްނޫން ޕާޓީއެއް. އަހަންނަށް މުހިންމީ ތިތާތިޔަތިބި މީހުންގެ ތެރެއިން ކާކަށް ކޯޗެއްތޯ އެނގެނީ ބަލަން. ވީމާ ދިވެހިރާއްޖެގެ ޔުނިވާސިޓީ / ކޮލެޖްތަކުން ވީހާވެސް އަވަހަށް ޓެކްނިކަލް ޑިބޭޓްތަކެއް ބޭއްވުން އެދެން ޓީވީން ލައިވް ކުރާ ގޮތަށް. ޑިބޭޓް ޓޮޕިކް ތަކުގެ ތެރޭގަ އިކޮނޮމިކްސް، ސިއްހީދާއިރާ، ޖަސްޓިސް………