އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްތަކެއް: އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ފައިސާ ދައްކަން ޖެހުމާއި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވަކި އަދަދެއްގެ ސޮއި ހުށަހަޅަން ގާނޫނު ލާޒިމް ކުރޭ --- ފޮޓޯ/މިހާރު
09 އޯގަސްޓް 2023 - 08:00
ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބު ބޯމަތިވެއްޖެ އެވެ. އެންމެ ގިނަ އަމިއްލަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ކެންޑިޑެސީއާ ހިސާބުން ބައެއް މީހުން ފާހަގަ ކުރަން ފެށި އެއް މައްސަލައަކީ އަމިއްލަ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ކެންޑިޑޭޓުންނާ ދެމެދު ގާނޫނީ ގޮތުން ގެނެސްފައި އޮތް ތަފާތު ކުރުމާއި ގާނޫނުއަސާސީން ލިބިދޭ ހައްގެއް ބޭނުން ކުރުމަށްޓަކައި ދައުލަތަށް ދައްކަންޖެހޭ ފައިސާ އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާގޮތުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޓޭޓެއް ނަމަ އެ މީހަކަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އަމިއްލަ ކެންޑިޓޭޓަކު މަޖިލިސް އިންތިހާބަށް ކުރިމަތިލާނަމަ އެ ދާއިރާއެއް 50 މީހުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ. ނަމަވެސް މި ދެ އިންތިހާބުގައި ވެސް ސިޔާސީ ޕާޓީއަކުން ކުރިމަތިލާ ކެންޑިޑޭޓުންގެ މިކަންކަން ކުރާކަށް ނުޖެހެ އެވެ.
"ފައިސާ ނެތުމަކީ އިންތިހާބަކަށް ކުރިމަތިލުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ."
މީގެ އިތުރުން އިންތިހާބުގައި ބައިވެރިވުމަށް ހާއްސަ ފީއެއް ދައްކަން ޖެހެ އެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތިލާނަމަ އެއް ލައްކަ ރުފިޔާގެ ފީއެއް އަދި މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލާނަމަ 5،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް ގާނޫނުގައި އެގޮތަށް އޮތަސް، ގާނޫނު އަސާސީގައި ރައީސް ކަމުގެ ޝަރުތާއި މަޖިލިސް މެމްބަރުންގެ ޝަރުތު ބަޔާން ކުރާއިރު ވަކި އަދަދަކަށް ފައިސާ ދެއްކުމާއި ސޮއި ހަމަ ކުރުން ލާޒިމެއް ނޫނެވެ.
އިންތިހާބުތަކުގައި ވާދަކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް ވާއިރު، ގާނޫނު އަސާސީގައި ނެތް ޝަރުތެއް ގާނޫނަކުން ގެނެވޭނެތޯ މިއީ ބައެއް ބޭފުޅުން އުފައްދަވާ ސުވާލެކެވެ.
"ފައިސާ ނެތުމަކީ އިންތިހާބަކަށް ކުރިމަތިލުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ. ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ނެތް ކަމަކާ މަތިކުރެވިގެން ނުވާނެ." މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދާދިފަހުން ކުރެއްވި ޓްވީޓެއްގައިވެ އެވެ.
ވޯޓު ފޮށްޓެއް --- ފޮޓޯ/މިހާރު
އެކަމަކު އޭގެ އަނެއްކޮޅުން ވިސްނާއިރު، މިފަދަ ހުރަސްތަކެއް ގާނޫނަކުން ކުރިމަތިކޮށްފައި އެ އޮތީ އިންތިހާބަކީ ކުޅޭ ކުޅޭ އެއްޗަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ބެލެވިދާނެ އެވެ.
"ބައެއް ބޭފުޅުން ވިދާޅުވެދާނެ ސޮއި ހަމަ ކުރުމަކީ ހާދަ އުނދަގޫ ކަމެކޭ. އެކަމަކު ގައުމުގެ ރައީސް ކަމަށް ކުރިމަތިލާ ބޭފުޅެއް ވިއްޔާ ކޮންމެވެސް ސަޕޯޓެއް އެބަ އޮންނަންޖެހޭ ދެއްތޯ."
މިސާލަކަށް ރާއްޖެ ފަދައިން ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައި ވެސް، ވަކި އަދަދެއްގެ ސޮއި އަމިއްލަ ކެންޑިޑޭޓުން ހަމަކުރަންޖެހެ އެވެ. ނަމަވެސް އެމެރިކާއަކީ ފެޑެރަލް ދައުލަތަކަށް ވާތީ އެކި ސްޓޭޓްތަކުގައި އޮންނަ އުސޫލުތައް ތަފާތެވެ.
ނަމަވެސް ގިނަ ގައުމުތަކުގައި އިންތިހާބުތަކުގައި ކެންޑިޑޭޓުން އަތުން ނަގާ ފީއަކީ އިންތިހާބުގައި ވަކި އަދަދަކަށް ވޯޓު ލިބުމުން އަނބުރާ ލިބޭ އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި އޮންނަ ގޮތުން އިންތިހާބު ކާމިޔާބު ވިޔަސް އަދި ނުވިޔަސް އެ ފައިސާއެއް އަނބުރާ ނުލިބެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އޭނާގެ އަމިއްލަ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ގޮތުގައި ކެންޑިޑޭޓުން އަތުން ފީ ނެގުމާއި ސޮއި ހަމަކުރަން ލާޒިމް ކުރުމަކީ ކެންޑިޑޭޓުންގެ ގާބިލްކަން ކަށަވަރު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
"ބައެއް ބޭފުޅުން ވިދާޅުވެދާނެ ސޮއި ހަމަ ކުރުމަކީ ހާދަ އުނދަގޫ ކަމެކޭ. އެކަމަކު ގައުމުގެ ރައީސް ކަމަށް ކުރިމަތިލާ ބޭފުޅެއް ވިއްޔާ ކޮންމެވެސް ސަޕޯޓެއް އެބަ އޮންނަންޖެހޭ ދެއްތޯ. މިއީ ކުޅޭ ކުޅޭ ކަމެއް ނޫން. ސީރިއަސް ކަމެއް މިއީ. މިކަމުގެ ޒާތާއި ބާވަތާއި މީގެ ސީރިއަސް ކަމާއި މި ހުރިހާ ކަމަކަށް ބަލާއިރު އަޅުގަނޑަށް ފެނޭ މަދުވެގެން 2،000 މީހުންގެ ސޮއި ހަމަކުރުން ވެސް މުހިންމު ކަމަށް." ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި ކެންޑިޑޭޓުން އަތުން ނަގާ ފީއަކީ ވެސް އެ މީހަކީ އެފަދަ ޒިންމާއެއް އުފުލުމުގެ މާލީ ގާބިލްކަން ހުރި މީހެއްކަން ކަށަވަރު ކުރުމަށް މުހިންމު ކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ކަމަށް ކުރިމަތިލާއިރު މިހާރު ދައްކަންޖެހޭ އެއްލައްކަ ރުފިޔާ ވެސް އިތުރަށް ބޮޑުކުރަން ޖެހެ އެވެ.
"ރައީސް ކަމަށް ކުރިމަތިލަންޏާ އެބަ ހުންނަންޖެހޭ ދެއްތޯ ކޮލިޓީސްތަކެއް. އޭނާއަކީ އެފަދަ މަގާމެއް އަދާކުރެވޭ ފެންވަރުގެ މީހެއްކަން އެބަ ޖެހޭ ދެއްތޯ އެނގެން. އެހެން ނޫނީ ރައްޔިތުންނަށް އޭގެ ގެއްލުން ބޮޑުވާނެ." އޭނާ ވިދާޅުވި އެވެ.
އިންތިހާބެއްގައި ވޯޓު ގުނަނީ --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން ގާނޫނު އަސާސީގައި ބަޔާންކުރާ އިންތިހާބުގެ ޝަރުތުތަކުގެ ތެރޭގައި އެކަން ހިމެނިފައި ނެތުމަކީ އެ ހައްގު ގާނޫނަކުން ހަނި ނުކުރެވޭނެ ސަބަބެއް ނޫނެވެ. އެގޮތުން ބައެއް ހައްގުތަކުން ބާވަތުން އެ ހައްގުތައް ހަނި ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ދެ ލައްކަ ރައްޔިތުން އެއްފަހަރާ ކުރިމަތިލީމަ ދައުލަތުގެ އެތައް ރިސޯސްއެއް އަދި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ އެކަމަށް."
"ގާނޫނުއަސާސީން ލިބޭ ހައްގެއް އެއީ. އެކަމަކު ގާނޫނު އަސާސީގައި ވެސް އޮވޭ އަސާސީ ހައްގެއް ގާނޫނަކުން ހަނި ކުރެވިދާނެއޭ. ހައްގުތަކުގެ ތެރޭގައި ވެސް އެބަހުރޭ އެކި ކަހަލަ އެކި ބާވަތުގެ އަސާސީ ހައްގުތައް." ދުސްތޫރީ މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގައި އެފަދަ އިތުރު ޝަރުތުތަކެއް ކުރިމަތިކުރަނީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ނުދިނުމަށެވެ.
"ބޭނުން ކޮންމެ މީހަކު އިންތިހާބަށް ކުރިމަތިލާން ދޭންވީތޯ ފުރުސަތު. ދެ ލައްކަ ރައްޔިތުން އެއްފަހަރާ ކުރިމަތިލީމަ ދައުލަތުގެ އެތައް ރިސޯސްއެއް އަދި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ އެކަމަށް. އޭރުން ރައީސުލް ޖުމްހޫރިއްޔާއަކު ހޮވުމުގައި ސީރިއަސް ކަމެއް ނޯންނާނެ ދެއްތޯ." އޭނާ ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ވާދަކުރުމަކީ ކޮންމެ ރައްޔިތަކަށް އޮތް ހައްގެކެވެ. ނަމަވެސް ބަޔަކަށް ގެއްލުމެއް ދިނުމަށްޓަކައި އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ފުރުސަތު ވެސް ދެވިގެން ނުވާނެ އެވެ. އެހެންވެ، އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމަށްޓަކައި އޮންނަ ހުރަސްތަކަކީ އިތުރަށް ވިސްނަންޖެހޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮޓޮ
11 August 2023
ބޯހިޔާވަހިކަމިގެ ހައްގައްވުރެ ބޮޑެއްނުވެވޭނެ ތިޔަހައްގަކައް. ދިރިހުރުމުގެ ހައްގައްވުރެ ބޮޑެއްނުވެވޭނެ... މާލޭސަރަހައްދައް ބޯހޮޔާވަހިކަން ފަސޭހައިން ލިބޭ. ބޭންކުތަކުން ވެސް ލޯނުދޫކުރަނީ މާލެސަރަަހައްދުތަކައް.. ނުވަތަ ރިޓާން ކަށަވަރުވާ އިކޮނަމިކް ޒޯނަކައް. މަ ގޯތި ރާނާފަ ހިޔާނުކުރިވި ވާތާ ފަނަރަ އަހަރު. ދިރިއުޅެމުން އަންނަނީ މީހެއްގެ ގޯތީގަ. ސަރުރުތު ތަކާހުރެ ލޯނެއްލިބޭނެ ގޮތެއްނެތް ހައްގައް ހުރސްމިއެޅީ ތިބުނާކަހަލަ ގަވާދުތަކުން.
ބޮޑުރިޔާ
10 August 2023
މީ މުޅިއަކުން ރަނގަޅަކަށްނޫން މިއޮތީކީއެއް އިލެކްސަންކޮމިސަނުން ޕާޓީތަކަށް ފައިސާވެސްދެނީ އަނެއްކާ ޕާޓީއަކުން ކުރިމަތިލައިފިނަމަ މީހާގައިގާ ތިޔަބުނާ ކޮލިޓީއެއްހުރިތޯވެސްނުބަލަ ދެނަފައިސާތިޔަނަގަނީ އަމިއްލައަށްކުރިމަތިލާ މީހާއަތުން ކީއްވެތޯ ޕާޓީ މީހާއަތުން އެފައިސާނުނެގެންވީ މަހުޖަނުންތޯ އިންތިހާބައްކުރިމަތިލާޖެހެނީ ދެން އެހެވިއްޔާ ވޯލާކޮންމެމީހަކުވެސް 100 ރުފިޔާ ގެފީއެއްނުދައްކަންޏާ ވޯޓްނުލެވެ ގޮތްހަދަމާ އޭރުން ވޯޓް ބާތިލްވުން ކުޑަވާނެ
ސިކުލީވު
09 August 2023
އެއް ލައްކަ ރުފިޔާ މިގޮތަށް ޚަރަދުކޮށްލާ އިލެކްޝަނަށް ދައްކަންޖެހުމަކީ ކޮލިޓީއެއްކަމަށް ދެކޭ މީހާގެ ވިސްނުން ހުރި ހިސާބެއް އެބަޖެހޭ ރަނގަޅުކޮށްލަން....
އިބޫއ
09 August 2023
އެއް ލައްކަ ރުފިޔާ މިގޮތަށް ޚަރަދުކޮށްލާ އިލެކްޝަނަށް ދައްކަންޖެހުމަކީ ކޮލިޓީއެއްކަމަށް ދެކޭ މީހާގެ ވިސްނުމުގެ ކޮލިޓީ އެބަޖެހޭ ޓެސްޓު ކޮށްލަން.... ދޯ
މޮޅުމީހާ
09 August 2023
ޤާނޫން އަސާސީގަ ނެތްއެއްޗެއް ގާނިނުކުން ހަނިނުކުރޭވޭނެ،، މިސާލަކަށް "ކުރިމަތިލާމީހާ 200ރ ދައްނަޖެހޭނެއެވެ،" މިކަހަލަ ގޮތަކަށް އޮތްނަމަ 200ރ އަށްތުރެ ބޮޑު އަދަދެއް ގާނޫނޫން އިތުރު ކުރެވިދާނެ،، އެކަމް މުހާރު ގާނޫނުއަސާސީއާ ތި އެއްލައްކަ ހިތަށް އަރުވާލިޔަސް ބޮއިހަލާކުވަނީ
ވާހަކަބޭ
09 August 2023
ވޯޓްލައިގެން އިންތިޚާބު ކުރާ ހުރިހާ ބޭފުޅުން ކަންކުރަން ޖެހޭ ރަނގަޅު ގޮތް ޤާނޫނުގައި އެކަށަ އަޅާފައި ނެތުމުގެ ޒިންމާ އުފުލަން ޖެހެނީ ރމަޖިލީހުގެ ބޭފުޅުން. އެއީ ރައީސް މަޤާމާއި ޙަވާލުވެފާ އެ ދެއްވާ ސިޔާސީ މަޤާމުގެ ލިމިޓެއް ނެތުން, މުސާރަ ހަމަޖައްސާނޭ އުޞޫލެއް ނެތުން ފަދަ ކަންތައް ބޮއްސުންލާފައި ވާތީ. ޤާނޫނުގައި ނެތީމާ.
ސައި
09 August 2023
ސައި އަދިވެސް ގޮނަކޮށްފައި، ފައިސާގެ އަދަދު ދެބައިކުޅަ އެއްބަޔަށް ހެދީމަ ރަނގަޅުވާނެ. މިހާރު އޮތްގޮތުން ޙަޤީޤީ މާނައިގައި ރައީސްކަމަށް ކުރިމަތިލާން ވާދަކުރަން ހުރަހެއް އޮތް ކަމަށް ނުފެނެ. ތާއީދު ނެތްމީހަކު ކީއްކުރަން ކުރިމަތިލާންވީ. އެއްލައްކަ ރުފިޔާ ރެއިސް ނުކުރެވޭނަމަ ގައުމު ހިންގަން ފަންޑު ހޯދޭނެތޯ؟
އައްޓަމަސް
09 August 2023
ދެން ކީއްވެ ޕާރޓީއަކުން ކަކުންޏެއް ކުރިމަތިލިއަސް ސޮއި ހަމަކުރުން ފައިސާ ދެއްކުން ނެތީ! ޕާރޓީތަކަށް ދައުލަތުން ޚަރަދު ކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތެއްވެސް ނޫން, ސާބަސް ގާނޫނުތަކަށް
ހުސެންްް
09 August 2023
ދަރިފުޅާ އައްޓަމަހާ ގާނޫނުގަ ނެތޭ މައްސަލައެއް. އެއީ ބަރާބަރު ގާނޫނެއް. ޕާޓީއަކުންލާ ކަކުނީގެ ފަހަތުގަ އޮވެޔޭ ފަނަރަ ސަތޭކައަށްވުވެ ގިނަ ކަކުނި ރެގިސްޓުރީވެފަ. ދެންކޮން ފަނަރަސަތޭކައެއްތަ. އަމިއްލަގޮތުން ވާދަކުރަންޏާ 3000 ހަމަކުރަން ގާނޫނު ބަދަލުކުރަންވީ.
ކަކުނިމަސް
09 August 2023
ޕާޓީތަކަށް ދައުލަތުން ފައިސާ ދޭއިރު ޕާޓީގަ ފައިސާ ހުންނާނެކަން އެނގޭނެ
ހަމަހަމަކަން
09 August 2023
ހުރިހާ މީހުން އަތުން ލާރި ހޯދަން ޖެހޭނެ. މުއްސަދި ޕާޓީކެންޑިޑޭޓު އަތުން ނުހޯދާ އަމިއްލަ މިނިވަން ފަރުދުން އަތުން ހޯދަނީ ކީއްވެ؟ ހަމައެކަނި އެއްކަލަ ކެޕިޓަލިސްޓު މުއްސަދިންނަށް އޮތް ޑިމޮކުރޮސީދޯ! ވަރަށް ފަކުރު ގަނެއޭ!!
ވާނުވާާ
09 August 2023
ރުޅި މަޑުކޮށްލާފަ ވާނުވާ ރަނގަޅަށް ބަލާ! ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންވެސް ފައިސާ ދައްކަންޖެހޭނޭ.
ހުސެންް
09 August 2023
ގާނޫނު ފަކުރުވީކޭނޫނޭ. ތިސޮރުގެ ވިސްނުން ފަކުރުވީއޭ. އަމިއްލަ މިނިވަން ކިޔާތީއޭ ހޯދަންޖެހެނީ. ނޫންނަމަ ތިސޮރުވެސް ރައިސްކަމަށް ކުރިމަތިލިކަމުގެ ލަގަބުހޯދަންވެސް ރައީސްކަމަށް ފޫގަޅާނެއެއްނު.
ހާމިދު ޝާހިދު
09 August 2023
އަމުއްލަ މީހުން މިފަހަރު އެހާގިނައިން ބައިވެރި އެވަނީ ވޯޓު ބައިބައި ކޮށް 2 ވަނަ ބުރުގައި ވެރިކަނަލިބޭނެ ފަޅިއަކަށް އަރަން. އުމަރުމެން ސިޔާސީ ކަންކަމުގައި ޕާޓީއަކަށް ވަދެގެން ނޫޅެވިގެން ވެސް ވެރިކަން ބޭނުންވޭ. 5 ޕަސަންޓްވެސް، އުމަރު، ފާރިޝް، ޤާނޫނު ބަދަލުކޮށް އަމިއްލަ ކެންޑިޑޭޓުންނަށް މަގު ހަނި ކުރަންވީ
ހުސެންް
09 August 2023
ހާމިދު ޝާހިދު ތިބުނީ ރަނގަޅަށް. އަމިއްލަ ގޮތުން ކުރިމަތިލާމީހުންގެ އަތުން ފަސްލައްކަ ރުފިޔާ ނަގަން ޖެހޭނެ.
ގެޓުތަ
09 August 2023
އަސްލު މިއުޅެނީ 1500 ރުފިޔާ އާއި، ލައްކައެއް ދައްކަން ޖެހޭތީނއެއްނޫން. އެކަމަކު ޤާނޫނު އަސާސީން ލިބިދެވޭ ޙައްޤެއް ހަމަ ތާކުހުރި މީހަކަށް ހަންޏެއް ނުކުރެވޭނެ. އީސީން މިކަން ކުރަންޏާ ކުރެވޭނީ އަސްލު ޤާނޫނު އަސާސީ ތެރެއިން. އެނޫން ގޮތަކަށް ކުރަންޏާ އެއީ އަސްލު ގޯހެއް. ހަމަ ސޫ ކުރަންވީ ހަބީބުމެން!!
ނުވަކީލު
09 August 2023
ތިޔަ ޤާނޫނު އަސާސީގައި ހަމަ ލިޔެފައި އޮންނާނެ ޤާނޫނަކުން ޙައްޤުތައް ހަނިކުރެވިދާނެކަމާއި، ކުރެވިދާނެ ގޮތްވެސް.