ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މުއިއްޒު، ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔުމަށް ސަފު ހަދާލާފައި.-- ފޮޓޯ: ޕީޕީއެމް
12 އޯގަސްޓް 2023 - 19:55
އެމްޑީޕީގެ ބޮޑު ތާއީދެއް ފަހަކަށް އައިސް އޮންނަ ހދ. ކުޅުދުއްފުށިން، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް ދިގު ސަފެއް މިއަދު ދަމާލައިފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުގެ ފުރަތަމަ ދުވަހު ހދ. އަތޮޅުގެ ތިން ރަށަކަށް މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގަތެވެ.
އެންމެ ފުރަތަމަ ހަނިމާދުއަށެވެ. ދެ ވަނަ ރަށަކަށް ނޮޅިވަރަމް އަދި ދުވަހުގެ ފަހު މަންޒިލެއްގެ ގޮތުން، މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒާއި އޭނާގެ ކެމްޕެއިން ޓީމު އައީ ތިލަދުންމަތީގެ މައި ހަބު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކުޅުދުއްފުއްޓަށެވެ.
Overwhelming support from.Kulhudhufushi City 😍 Ready to welcome PPM PNC’s Presidential Candidate Dr.@MMuizzu Running mate @HucenSembe and party leadership
— Malsha (@malshasharyf) August 12, 2023
Can you see @AhmedMahloof ?Ehen rah rashun meehun nugenes mee. Vazeefa ge majubooru khameh nethi aissa thibi haa meehun… pic.twitter.com/mjkes5O4oH
މުއިއްޒާއި ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ކިޔަން ކުޅުދުއްފުށީގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުންގެ ދިގު ކިއޫއެއް ދަމާލައި އެ މީހުން ތާއީދު އޮތް ކަން އަންގައިދިނެވެ.
ކުޅުދުއްފުށިން ވާހަ ކަދެއްކި މީހަކު ބުނީ، މިއީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނަށް ތާއިދުކުރާ ބަޔަކު އުޅޭ ތަނެއް ކަމަށެވެ. ނަމަވެސް، އެމްޑީޕީ ދެ ބައިވުމާ އެކު، އެ ޕާޓީގެ އަސްލު މަންޒަރު ގެއްލި، ޕީޕީއެމަށް ތާއިދުކުރާ ގިނަ ބަޔަކު ފަހުން އަނެއްކާވެސް ފެންނަން ފެށީ ކަމަށް ބުންޏެވެ.
މުއިއްޒަށް މިއަދު ހަވީރު މި ރަށުން ކިޔާފައި ވަނީ، އޭނާ ބުނިގޮތުގައި، މެހެމާނަކަށް މި ފަހުން ކީ އެންމެ ފުރިހަމަ މަރުހަބާ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މުއިއްޒު، ކުޅުދުއްފުއްޓަށް ވަޑައިގެން ކުއްޖަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް
"މި ފަހުން ނެތް މަރުހަބާ ކިޔާކަށް މިހާ ގިނަ ބަޔަކު އެއްފަހަރާ ނުކުމެފައެއް،" އޭނާ ބުންޏެވެ.
މި ރަށުން ވާހަކަ ދެއްކި މީހާ ގަބޫލުކުރާ ގޮތުގައި، އިދިކޮޅު ކެންޑިޑޭޓަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނުކުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ ސްޕީޑް ލަސްވުމުން، އެކަމާ ހިތްހަމަނުޖެހިގެންނެވެ.
މަޝްރޫއުތަކަށް އެކަށީގެންވާ ސަމާލުކަން ނުދޭ ކަމަށް ބުނެ، މި ރަށު ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް ވަނީ ނަޝީދު އިސްވެ މި ފަހުން އުފެއްދި ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފަ އެވެ. އަދި މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ވެސް ތަމްސީލު ކުރައްވަނީ އެމްޑީޕީ އެވެ.
ނަމަވެސް ކުޅުދުއްފުށިން މިއަދު މުއިއްޒަށާއި ޕީޕީއެމް ކޯލިޝަނަށް ދައްކައިދިނީ އެހެން މަންޒަރެކެވެ. އިދިކޮޅުގެ ބާރު އަދި ސަޕޯޓަރުންގެ އަޑު ވެސް މަޑު ނޫން ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
13 August 2023
ސަފިތަކުގައި ގިނައީ އެމްޑީޕީ ގެ ސަޕޯޓަރުން މީވަރަށްހިތާމަހުރި ކަމެއް! ކުޅުދުއްފުށީ ރައްޔިތުން ދެއްކީ ވަކިވެގަތުމުން ފެންނާނެ ނަތީޖާ!
ބޮޑުރިޔާ
13 August 2023
ކުޅު ދުއްފުށީ މީހުން ރުޅި އަންނާނެ އެމީހުންނޫންބަޔަކަށް ކަމެއްކޮއްދެންޏާމުން އެމީހުންގަބޫލްކުރާގޮތުގައި އެހެންމީހުންނަށްލިބެންޖެހޭނީ އެމީހުންބޭނުންނެތިގެންއެއްލާލާ އެއްޗެތި އިބޫ ވަކިރަށެއްތަފާތު ނުުކޮށް ރައްތަށް ތަރައްގީ ކުރާތީ އެމީހުންތިބެނީ ތުންދަމާފަ އެންމެ ބޮޑު ރުޅިއަކީ ހަނިމާދޫ ހޯދާ ކާމިޔާބީ އެކަން ހަޖަމުނުވަނީ މިއީ އަސްލަކީ
ބްރޯސް
13 August 2023
އެއަރޕޯޓް ހުޅުވިދުވަހު ޔާމީނަށްވެސް މަރުހަބާ ކިއި ދޯ؟ އެކަމަކު ކުޅުދުއްފުށިން ވީ ބަލި.
ސައްތާރުބެ
13 August 2023
ވަރަށް މޮޅުތަކެއްވާނެ، މަ ހީކުރީ ކުޅުދުއްފުށީ މީހުންނަކީ ވަރަށް ވިސްނޭ ބައެއްކަމަށް ބަލަން މިހިރީ.
ހަސަން ކުރު ސީލާ
13 August 2023
ތީ ތިކަން މުޅިމިގައުމުގައި ވެސް އޮތްގޮތް. މުއިޒު ވިދާޅުވީ ރަގަޅުވާހަކައެއް ދައުލަތުގެ ބައިތުލްމާލް އިން 40މިލިއަން ހަރަދު ކޮށްގެން ދެވަނަ ބުރަކަށް ދިއުމުގެ އެއްވެސް ބޭނުމެއް. އެންމެން ނިކުމެ މުއީޒް އަވަހަށް ހޮވަންވީ.
ރަށުމީހާ
12 August 2023
ކުޅުދުންފުށި ހަލާކުވީ އެރަށުމީހުން ނުބައި ކައުންސިލަކާއި މެންބަރުން ތަކެއް ހޮވާފަ ތިބީމަ. ނަސީދުގެ އަވާގަ ޖެހި އެމީހުން ގެންދިޔައީ ރަށުގެ ކުރިއެރުމަށް އެއްވެސް ކަމެއް ނުކޮށްދެވޭތޯ ބަލަމުން. މީ ހަގީގަތް. ބޭނުމަކީ ސަރުކާރަށް ފުރެސަރ ކުރުން.. ކަމެއް ނުކުރާކަން ދެށްކުން. އެކަމް މި ދަައުރުގަ ކޮށްފަ ހުރި ކަންތަން މަދެއް ނޫން. ހަމަ 100 . އިބޫއަށް ދެވަނަ ދައުރެއް ހައްގު. ހޮވެން ވެސް ހޮވޭނެ. މިރަށުން ވެސް މެޖޯރިޓީ ނަގާނެ އެކަމާ އެއްވެސް ސަންކެއް ނެތް.
ހޯރަބޭ
12 August 2023
މުޅި ބޮނޑްތިލަދުން މަތިން މީހުން ގެން ގޮސް ގެން ލަދު ކޮބާ?
ލަދުގަތީދޯ
13 August 2023
ލަދުން ބޯ ހަލާކުވީކަމަށް ވާނީ ތިޔަ ހޯރަބޭ
ކަރުބުޑު
12 August 2023
މަހީކުރީ , ކުޅުދުއްފުށީ މީހުންނަކީ ލާނެއްބަޔަކަށް މިހާ ތަންދޮރު ނުދަންނަ ބައެއްނޫންކަމަށް. މުއިއްޒަކީ ކުރިއަށް ޑރ. ކިޔަސް , ޔާމީނަށްވެސް , ޕާޓީއަށްވެސް އޮޅުވާލާފަހުރި ފަރާތެއް. މުއިއްޒު ނެގި ރަނިންގު މޭޓަކީވެސް މީހުންދަންނަ މީހެއްވެސްނޫން. ޅައެއްޗެއް ތިއަޅަނީ. ތިޔަސިޓީ އޮންނާނީ ދެން އަންނަ ދައުރެއްގަ ފުލުގަ.
ާސެމްބެ ފޭން
13 August 2023
ސޯލިހު ނޫން ކޮންމެ ގޮތެއްވެސް އޯކޭ
ވަރަބިންދާލި
12 August 2023
މިހާރުވެސް ދައްކަމުން ދާޖަލްސާގަ މީހުން އެބައޮތް މުއިއްޒު ދެއްވި އުއްމީދު ތައް ވަރަށް ފޮނި . ފުރުސަތު އިންޝާﷲ ލިބިވަޑާގެންފި ނަމަ ތަފާތު ދައްކަވާނެ ކަމަށް ޘައްކެއް ނުކުރަން ދެރައީ އެހެން މީހުން ބޭކާރު ވާހަކަ ދައްކާތީ . މުއިއްޒުގެ ވާހަކަ ތަކަށް ފުސް އަރާނެތީ .
ނުދޭނަން
12 August 2023
ޢިބުރާހިމު ވަކި ބައިގަނޑަކަށް ހިލޭ ދެނީ ދައުލަތައް އެތައް މިލިއަން ރުފިޔާއަކަށް ވިއްކާލެވޭނެ އަދި ބައިވަރުމީހުނަށް ފްލެޓު އެޅޭނެ ބިންތަކަކަށްވާތީ އަދި މުއިއްޒު އެކަމަށް ތާއީދު ކުރާތީ މުއިއްޒަކަށްވެސް ވޯޓެއް ނުދޭނަން. މި ތާއީދު އަނބުރާ ނުގެންދަނީސް މަގޭ ވޯޓް ދޭނީ މިފަދަ ނާ އިންސާފާ ދެކޮޅަށް މަސައްކަތް ކުރެވޭނެ މީހަކަށް
ރިޒްވީ
13 August 2023
މުއިއްޒު ވަރަށް ދެރަވާނެ ކަލޭކަހަލަ ކެނަޔެއް ވޯޓް ނުދިނިއްޔަ. ބަލަންހުރޭ ބޮޑުތަނުން ނަގާނަން.
ރުޒުވީ
13 August 2023
ރިޒުލީ ކެނައެއް ބެނައެއް ކިޔާނެ ކަމެއްނެތް. ކެނަޔަކަސް ކަލެޔަކަސް ހަމަ ދެވޭނީ އެއް ވޯޓު. ކަލޭ ޙިތުން އަނެއްމީހާ ދެރަކޮއްލަން ކެނައެކޭ ތިޔަބުނީ ކަލެޔައް ވަކި ކޮންގިނަ ވޯޓުތަކެއް އެޅޭނެތީ. ޚަލޭއައްވެސް ލެވޭނީ ހަމަ އެއްމެ ވޯޓެއް. ކަލޭ ކަހަލަ މީހުން ލައިގެން ގައުމު ވާނީ ހަލާކު.