ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނު ހަދަނީ: މި އަހަރު އޯލެވެލް އިމްތިހާނުގައި 6،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި.-- ފޮޓޯ: މިހާރު
16 އޯގަސްޓް 2023 - 10:55
މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފި އެވެ.
އެ ޑިޕާޓްމަންޓުން ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހެނދުނު 9:00 ގައި އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރުތަކަށް ފޮނުވާނެ ކަމަށެވެ.
ސްކޫލުތަކުން އިމްތިހާނު ހެދި ދަރިވަރުންނަށް މިހާރު ނަތީޖާ ދޫކުރަމުންދާނެ ކަމަށާއި އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންނަށް މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.
އިމްތިހާނުގެ ނަތީޖާ ރީޗެކްކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޯލެވެލް އިމްތިހާނުގައި މި އަހަރު 6،106 ދަރިވަރުން ބައިވެރިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
16 August 2023
ކިޔެވުން ނިންމިއަސް ސިވިލް ސާވިސް ގަ ވަޒީފާ އެއް ނެތެވެ. ސަރުކާރު ހިއްސާ ވާ ކުންފުނިތަކަށް ނަގަނީ ތައުލީމް ނެތް ޕާޓީ މީހުންނެވެ. ފިހާރަ ހޮޓާ ގޮޅި ރެސްޓޯރަންޓް ތަކުގެ ކޮންޓްރޯލް އޮތީ ބިދޭސިން އަތުގަ އެވެ. ކިޔެވިއަސް ފައިދާ އެއްނެތެވެ. ވަޒީފާ އިތުރު ކުރަން ސަރުކާރުގެ ހަރުދަނާ ސިޔާ ސަތެއް ނެތެވެ. އެންމެ ފަސޭހައިން ވަޒީފާ ލިބެނީ ގަވާއިދާ ހިލާފައް އުޅޭ ބިދޭސީންނަށެވެ.