މިއަދުގެ އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވަނީ: ހަނު ހުރުމުގެ ހައްގު ބޭނުން ކުރެއްވީ ފުލުހުންގެ ފުރައްސާރައާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި
16 އޯގަސްޓް 2023 - 22:44
ވ. އާރަށް މައްސަލާގެ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު އިހްތިޔާރު ކުރެއްވީ ފުލުހުންގެ ފުރައްސާރައާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، އެމަނިކުފާނާ ދެކޮޅަށް ދަށު ކޯޓުން ފާހަގަކުރި އެއް ކަމަކީ އެއީ ޔާމީން ތަހުގީގުގައި ހަނު ހުންނެވުމެވެ.
އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އާރަށް މައްސަލާގައި ފުލުހުން އެމަނިކުފާނާ ސުވާލުކުރީ ގއ. ވޮޑަމުލާގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި ފުރަތަމަ ބަޔާން ދެއްވަމުން ގެންދެވި ކަމަށާއި އެކަމަކު ބަޔާންތައް އެތައް ފަހަރަކު ފުލުހުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެން ކަންކަން ކުރަން ފެށުމުން ހަނު ހުރުމުގެ ހައްގު އިހްތިޔާރު ކުރައްވަން ނިންމެވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް ފުލުހުން މަގު ނުދެއްކެވީމަ، ޕްރެސް ކުރީމަ އަޅުގަނޑު ބުނެފިން ހަނު ހުރުން ބޭނުންވާ ކަމަށް ވަންޏާ މިހާރު މި ހަނު ހުންނަނީއޭ." ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެހާ ދަތިވެގެން ދިޔަ. މި ދެންނެވީ ހަމަ ކަނޑައެޅިގެން ހެރޭސް ކުރެއްވީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފުލުހުން އޭރު އަމަލުކުރި ގޮތުން އެމަނިކުފާނުގެ ހުރިހާ ވަކީލުން ތަހުގީގު މަރުހަލާގައި އެ މައްސަލަ ދޫކޮށްލި ކަމަށެވެ. އެހެންވެ، ދެން ޖަވާބުދާރީވެ ވަޑައިގަންނަވާނީ ޝަރީއަތުގައި ކަމަށް ވިދާޅުވެފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަސް ހަ ފަހަރު އެއް ބަޔާނެއް ތަފާތުކޮށްފައި ގެނައިމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައިން ތި ކުރައްވަނީ ހެރޭސްއޭ. ފުލުހުންގެ ހުރިހާ ލޮގްތަކެއްގައި ހުންނާނެ މި ވާހަކަތައް. ދެން އިތުރަށް ކުރައްވާ ސުވާލެއް އާރަށާ ގުޅޭގޮތުން ވެސް އަޅުގަނޑު ދެންނެވިން ތި ކުރައްވާ ސުވާލުގެ ޖަވާބު އަޅުގަނޑުގެ ދިފާއު ދޭނީ ޝަރީއަތުގައޭ." ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ހަނު ހުރުމަކީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ގާނޫނުގައި އޮތީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގައި އެގޮތަށް މާނަ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުންތަކެއް އަދިވެސް ކުރިއަށް ގެންދާނެ އެވެ.
އެ މައްސަލާގެ ހުކުމް ދެމިއޮތުމުން ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު...
17 August 2023
އަޅެއަހާލަބަލަ ހަގީގަތުގައިވެސް ނުކުރާކަމެއްހޭ؟ ދޮގުހަދަން ކެރޭ އިންސާނެއް ސްޕްރިންކޯޓުގައިވެސް ހެދީ ދޮގު...
ދޯރި
17 August 2023
ބަޔާނުގައި އޮންނަންޖެހޭނީ ދިމާއަށް ފެންނަން ހުންނަކަންކަމުގައިވެސް މީނާ ބޭނުންވާގޮތް. އިހަށްދުވަހުއެއް ނޫންތަ ބުނީ މީރާގެ ލިޔުމެއް ތިމަންނައަށް ނުލިބެއޭ ރަގަޅަށް ބަލާލިއިރު މި އޮތީ ފިންގަޕްރިންޓްޖަހާ ސޮއިކޮށްފަ. ދެން ބުނޭ ތިމަންނައަށް ބިރުދައްކާ ހެރޭސްކޮށްގެން ކޮށްފައެއް ކަމެކޭ. މީނާއަށް ޑޮލަރު މާރުކުރަންވެސް ދެވެނީ ރަށެއް ފަޅެއް ވިއްކަލާފަ އެމީހާ ކައިރިއަށް. އެހެޔޮ ބޭރުފައިސާ ލިބޭ މަސައްކަތެއް ނުކުރާ މީހަކަށްވިޔަސް.
ބަޑިތަކުރު
17 August 2023
މީނާ ބޭނުންވާގޮތަށް ބަޔާންތައް ނަގައި މީނާ ސަލާމަތްވާނޭހާގޮތަކަށް ކަންކަން ފުލުހުން ނުކުރީމާ ހަނުހުރެފައި މިބުނައީ ފުލުހުންކުރީ ފުރައްސާރަކަމަށް. ބޭނުންވަނީ ޗެކްގެ އަކުރުތައް އޮޅުވާލިހެން ފުލުހުންވެސް ހުރިހާކަމެއް މީނާއަށް ރެކެވޭގޮތަށް ކޮށްދޭން. މިވަރުގެ ބޮޑު ކުށްވެރިޔަކަށް ފަހިވާގޮތަށް ތަހުގީގުގައި ހުރިހާކަމެއް ކޮށްދޭކަށް ނުޖެހޭނެ. އެއީ ފުރައްސާރައެއްނޫން. ފުރައްސާރަ ތިޔަކުރަނީ ޗެކް ނަންބަރު އޮޅުވައިގެންނާއި ހެކި އުފައްދައިގެން މުޅި ދައުލަތަށް.
ފޮސްކަލޯބެ
17 August 2023
ބޭފުޅާ މިޔަފުޅުވީތޯ. އެމީހަކު ދޭ ބަޔާނެއް ދޭނީ އެމީހަކު ބޭނުން ގޮތަކަށް. ބަޔާނުގައި ސޮއިކުރާނީ ބަޔާން ދިންމީހާ. އެމީހާ ބޭނުން ގޮތަކަށް ބަޔާން އިންނަން ވާނީ.
އަފްރާސިޔާބު
17 August 2023
ދެން ތިބުނަނީ ހެކިފެންނަން ހުންނަ އިރުވެސް އޭނާ ބޭނުން ގޮތަކަށޭތަ ބަޔާން ދޭނީ؟ 53 އޮންނަ ތަނުގައި އޭނާ ބުނެފިނަމަ 35 ކަމަށްތަ ޖަހާނީ؟ އޭނާ ބުނެފިއްޔާ އެގޮތަށޯ ޖަހަންޖެހޭނީ؟ ކަލޭ 53 އެކޭ އޮތްކަމުގައިވިއަސް މަގޭ ބަޔާނުގައި ލިޔަން ވާނީ މަބުނާ ގޮތަކަށޭ؟ އެހެންވީމާތާ އެފަހަރު ވެސް ސަލާމަތްވެގެން އެހުރީ؟ ހޭޖެނުހޭ މޮޔަ ވާހަކަ ކޮންމެމީހަކު ދެއްކިއަސް ތި ދެއްކެނީ އެހެންވެ؟އާނ އެހެންތާ ވާނީ އައުވައްތަރެއްގެ ޑިމޮކްރަސީއެއް އައިސް ތަހްގީގު ބަޔާންނަގާދުވަސްމީ
ލަދަކީ
17 August 2023
ހަޔާތް ކުޑަކަން.
ތެފައާސާ.
17 August 2023
މަނިކުފާނު، ހެރާސް ކުރީމާ ހަނުހުރުން އޯކޭ އޭ. އޯކޭ ނުވެގެން މިއުޅެނީ ޑޮލަރުގެ މުއާމަލާތަކަށް ތިކަންވެ ކިތާބީ ހެކި އުފަންވެ މި ހުރިހާކަމެއް ވީ ތަހުގީގު މަރުހަލާ ނިމި ޝަރީއަތް ފެށުނުފަހުންކަމަށްވީމައޭ!!
ގައުމުން
17 August 2023
ފުރައްސާރަ ވެސް ކުރާނެތާ، މީނާގެ ވެރިކަމުގައި ޕޮލިހުންނަށް ހާދަ ބުރައެއް ޖެއްސި އޭ. މީނާ ދެކެ ލޯބިވާނީ މީނަގެ ހައްތިން އުޅެބޮޑުވާ މަދު މީސްކޮޅެއް. އަހަރެމެންވާނެތިން ހަމްދަރުދީ ވާކަށް.
އަންދަލޫސިޔާ
16 August 2023
ކުށް ނުކުރާ މީހުން ހަނު ހުރުމުގެ ޙައްޤު ބޭނުންކުރާކަށެއް ނުޖެހޭނެ.
އަފްރާސިޔާބު
17 August 2023
100%ގެ ވާހަކައެއް.