ކޮވިޑްގައި މަރުވެފައިވާ މީހުން ވަޅުލާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އޯގަސްޓް 2023 - 11:03
ނޫސްވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި، އައިޝަތު އާނިޔާ ކެންސަރު ބަލީގައި މިއަދު ނިޔާވެއްޖެ އެވެ.
މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނު އާނިޔާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އޭނާ ނިޔާވިއިރު ދިޔައީ ކެންސަރުގެ އެންމެ ފަހުގެ ސްޓޭޖަށް ފަރުވާ ހޯދަމުންނެވެ.
ސިޔާސީ މަސްރަހު އެންމެ ހޫނުވި ދުވަސްވަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައްގުތައް ހޯދުމަށް ބޭއްވި އެއްވުންތަކުގައި ވެސް އާނިޔާ ހައްޔަރުކުރި އެވެ.
އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފަ އެވެ. އޭގެ ފަހުން، އެ ޕާޓީގެ އެތެރޭގެ ބައެއް އިންތިހާބުގައި ވާދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
20 August 2023
އާނިޔާގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި އާމީން. މިނިވަން ރޭޑިއޯ އަދި ފަހުން ކްލަބް ހައުސް އަޑު އެއްސެވި ފަރާތްތަކަށް އާނިޔާގެ ކެރޭކަމާ ޖެހިލުން ކުޑަކަން އެގިވަޑައިގަންނަވާނެ. އެއީ ކެރޭ ބޭކަބަލެއް ކޮންމެ ފަދަ ވާހަކައެއްވެސް ބުނުއްވާކަށް ޖެހިލުމެއް ނުވާނެ.
އިބްރ
20 August 2023
މަރްޙޫމްގެ ފުރާނައަށް މާތްﷲ ހެޔޮގޮތް މިންވަރުކުރައްވާށި. އާމީން.
ހަމް77
20 August 2023
ހިޔާލު ތަފާތު ވިޔަސް ވަރަށް މޮޅު ބޭފުޅެެއްކަން ފާހަގަ ކޮއްލެވޭ. ފޮތް ވިދާޅުވާ ހިޔާލުތަނަވަސް ހުނަރުވެރި ބޭކަނބަލެއް. މާތްﷲ މައްޔިތާގެ ފާފަފުއްސަވާ ކެންސަރުބަލީގައި ތިއްބެވި އެންމެ ބޭފުޅުންނައް އަވަސް ޝިފާ މިންވަރު ކުރައްވާށި!
ރާހޭ ހުދާ
20 August 2023
މާތް ﷲ މައްޔިތާއަށް ހެޔޮ ރަޙުމަތް ލައްވަވާ، އޭނާގެ ޤަބުރުގާ ނޫރު ލައްވަވާ، ކުރިއަށް ހުރި މަގުތައް ފަސޭހަ ކުރައްވާ ޖަންނަތުލް ފިރުދައުސް ނަސީބު ކުރައްވާށި. އާމީން.
ފޮނިޓައްޕު ހަސަނު
20 August 2023
ކިތަންމެ މީހާ މޮޅަސް، ފައިސާވެރި ވިޔަސް، އެމީހަކު މިދުނިޔެ އިން ވަކިވެގެން ދާއިރު ގެންދެވޭނެ ދެ އެއްޗަކީ އެމީހާ ކުރި ހެޔޮ އަމަލާއި ނުބައި އަމަލު. މާތްﷲ އާނިޔާގެ ފުރާނަ އަށް ހެޔޮ ޖަޒާ ދެއްވާށި އާމީން.
ފެންސު
20 August 2023
انا لله وانا اليه راجعو.
ޢަހުރަމް
20 August 2023
އާނިޔާ އަށް ރަހުމަތް ލައްވާށި. މިހާރު ތިޔަވަނީ އެންމެ އަދުލުވެރި ހާކިމްގެ ނިޔާއަށް ހުށައެޅިފަ.
ވިކިލީކްސް
20 August 2023
انا لله وانا اليه راجعون
އަލީމް
20 August 2023
މިއީ ޓެކްސް ގާނޫނުގެ ކަންތައްތަކުގައި އޭރު ރައީސް އޮފީހުގައި އިސްކޮށް އުޅުއްވި ބޭކަނބަލެއް. މާތް ﷲ މަރުހޫމާގެ ފާފަފުއްސަވައި ހެޔޮރަހްމަތް ލައްވައިފާށި. އާމީން
މަރުމޯލުރާޖާ
20 August 2023
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވައިދެއްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި.