ރާއްޖޭގެ ރަށްތަކެއް. އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހަދަން ވަނީ ހުޅުވާލައިފައި--
21 އޯގަސްޓް 2023 - 22:52
އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ ރިސޯޓު ހަދަން ހުޅުވާލީ، ހއ. މެދަފުއްޓާއި ށ. ނަލަންދޫ އެވެ. އެ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ 21 ގެ ނިޔަލަށް ވަނީ ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ހއ. މެދަފުއްޓަކީ 11 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 875،000 ޑޮލަރު (13.4 މިލިއަން ރުފިޔާ) އެވެ. އަދި 64 ހެކްޓަރުގެ ނަލަންދޫއަށް ހުށަހަޅާފައިވަނީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މެދަފުއްޓަށް ބިޑް ހުށަހަޅާ ފަރާތުގެ މާލީ ފެންވަރު ނުވަތަ ފައިނޭންޝަލް ކެޕޭސިޓީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އަށް ވުރެ މަތިވާން ޖެހޭނެ އެވެ. އަދި ނަލަންދޫއަށް ބިޑް ހުށަހަޅާ ފަރާތްތަކުގެ މާލީ ފެންވަރު 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އަށް ވުރެ މަތި ވާން ޖެހޭނެ އެވެ.
- ހއ. މެދަފުށި: 120 އެނދު ތަރައްގީ ކުރެވޭނެ
- ށ. މަލަންދޫ: 200 އެނދު ތަރައްގީ ކުރެވޭނެ
މި ދެ ރަށުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު (771،000ރ.) ހުށަހަޅަން ޖެހެ އެވެ. ބިޑްގެ 90 ޕަސެންޓް ޕޮއިންޓް ލިބޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.
ޓޫރިސްޓު ރިސޯޓު ހަދަން ދެ ރަށަކަށް އަލުން ބިޑް ހުށަހަޅަން ހުޅުވާލި އިރު، މިދިޔަ ޖެނުއަރީ މަހު ވަނީ 14 ރަށެއް ބިޑަށް ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބުނީ ދެ ރަށަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަްއްޗީށު
22 August 2023
ތި ދެރަށުގަ ދަނޑު ހައްދާފަ އަތޮޅު ރައްޔިތުންނަށް ކާންދިނަސް މާ ރަނގަޅުވާނެ. އެހެން ނޫނީ ރަށްވެސް ގެއްލުނީ. ޑޮލަރުވެސް ވަންނާނީ ބޭރު ބެނކު އެކައުންޓުތަކަށް!
އިސްމާލި
22 August 2023
މިއީ ބޮޑު ޖަރީމާއެއް. ރާއްޖޭގެ އަގުބޮޑު ރަށްތައް އެންމެ 13 މިލިއަން 31 މިލިއަން ރުފިޔާއަށް ވިއްކާލުމަކީ ހިލޭ ދިނުން. ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުން މިއީ ރަން ވަޅުތަކެއް. މިހާރުވެސް ތިއިން ރިސޯޓަކަށް ދިވެހިން ނަގަނީކީ ނޫން. ކޮންޓްރެކްޓް ނަމުގައި ބިދޭސީން ނަގަނީ.
ބާޣީ ގެ ދަނބިދަރި
22 August 2023
މި ނުވޭ ދޯ ވޯޓަށް ނުފޫޒު ފޯރުވުމަކަށް
ދޮހޮއްތު
21 August 2023
ތަންކޮޅެއް އަވަސް ..