ޚަބަރު / ރ. ދުވާފަރު

ދުވާފަރަށް ސިޔާސީ އީދެއް

ދުވާފަރުގައި ރައީސަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފައި

ރ. ދުވާފަރުން،  އާސިމާ ނިޒާރު، މިހާރު

23 އޯގަސްޓް 2023 - 23:00

7 comments

މި ރަށަށް އަރައިގެން ހިނގާފައި ދާއިރު، މަގުގެ އެއް ފަރާތުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ކޮށްދެއްވި ކަންތައްތަކެވެ. މަރުހަބާ ކިޔަން ހަދާފައި ހުރި ގިޑިގެއާ ޖެހިގެން އޮތީ ރައީސަށް މަރުހަބާ ކިޔަން ސަފު ދަމާލާފަ އެވެ. ދަމާލާފައި އޮތް ދިގު ކިއު ލޮލުކޮޅަށް ނުފެނެ އެވެ.

ރައީސް މީހުންނާ ސަލާމްކުރައްވަމުން ގެންދަވާއިރު، ފަހަތުގައި ތިބި މީހުން ބޮޑުބެރުޖަހައި ނަށަނީ އެވެ. މި ރަށު މީހަކު ބުނި ގޮތުގައި، ސުނާމީގައި މީހުން އަލުން އާބާދުކުރި މި ދުވާފަރަށް މިއައީ ކުޑަ އީދެކެވެ. ރަށުގެ ކުޑަބޮޑު ގިނަ ބަޔަކު، އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެ ތިބީ ގިނަ ކަންތައްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބައެއް މީހުން ބުންޏެވެ.

ރައީސަށް މަރުހަބާ ކިޔަން ނުކުމެ ހުރި އެކަކަކީ އާމިނަތު މުހައްމަދުފުޅު، 53، އެވެ. ސުނާމީގައި ރ. ކަނދޮޅުދުއަށް ލިބުނު ގެއްލުމަށްފަހު މީހުން އަލުން އާބާދުކުރި މި ދުވާފަރަށް ކަމެއް ކޮށްދިނީ، އޭނާ ބުނާ ގޮތުން މި ސަރުކާރުންނެވެ. މި ރަށަށް ކޮށްދިނީ ކޮން ކަމެއްހޭ އަހާލުމުން، ކައިރީގައި ހުރި އެހެން އަންހެނަކު ވެސް ކޮށްލީ ސުވާލެކެވެ.

"ދަރިފުޅާ، ދޫންޏާ، މި ރަށަށް ނުކޮށްދެނީ ކޮން ކަމެއް؟ މިއޮތް ޗަކަ މަގުތަކުގައި މި އޮތީ ތާރުއަޅާ ރީތިކޮށްދީފި. ސްކޫލަށް ބަލާލަބަލަ. ހިތުގެ އެންމެ ފުންމިނުން މިކަން ގަބޫލުކުރަން." އޭނާ ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ތިބި މީހުންނާ ސަލާމްކުރައްވަނީ.- ފޮޓޯ: އެމްޑީޕީ

އާމިނަތު ބުނީ އަލުން އާބާދުކޮށްގެން އުޅެން ފެށި މި ރަށް، ރަށެއްގެ ގޮތުގައި ހަދައިދިނީ މި ސަރުކާރުން ކަމަށެވެ. މި ރަށަށް ދެން ވެސް ކަމެއް ވާނީ ރައީސް ދެ ވަނަ ބުރަކަށް ހޮވައިގެން ކަމަށް އޭނާ ބުންޏެވެ.

"ކޮވިޑު އައިސްގެން ވެސް އަހަރެމެންނަށް ކޮން ކަމެއް އުނިވީ. އެ ނޫން މީހަކު ބޭނޫމެެއް ނޫން އަހަރެމެން." އާމިނަތު ބުންޏެވެ.

މަރިޔަމް ހަސަން ބުނި ގޮތުގައި 5،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަކީ މީގެ ކުރިން ޕީޕީއެމްގެ ވަރުގަދަ ރަށެކެވެ. ނަމަވެސް، ރައީސަށް މަރުހަބާ ކިޔަން އެހާ ގިނަ ބަޔަކު ނުކުތީ މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

މި ސަރުކާރުން މި ރަށަށް އެކަނި ވެސް 235 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން، ރައީސް މި ރަށަށް ކޮށްދެއްވި ކަންތައްތަކުގެ އަންގައިދޭ ބޯޑެއް ބަހައްޓާފައި.- ފޮޓޯ: އެމްޑީޕީ

ދުވާފަރު ކައުންސިލް މެމްބަރު އަބްދުﷲ ނަޒީމް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ރަށުގައި، މީހުން އާބާދުކުރަން ކުރި މަސައްކަތުގެ އިތުރަށް ދެން ކޮށްފައިވަނީ އޭޓީއެމް މެޝިން ބެހެއްޓުމުގެ މަސައްކަތް އެކަންޏެވެ.

ނަމަވެސް މި ފަސް އަހަރުގެ ތެރޭގައި ދިރިއުޅެން ރަނގަޅު ރަށަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުން އަރައިގެން، ކުޑަކުޑަ ސިންގަޕޫރެއް ފަދައިން ހިނގާފައި މި ދެވެނީ،" ނަޒީމް، ދުވާފަރު ސިފަކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީގެ އިތުރުން، ސިއްހީ ދާއިރާ ހަރުދަނާކުރަން ވެސް މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އާބާދީ ބޮޑު ނަމަވެސް މި ސަރުކާރާ ހަމައަށް މި ރަށުގައި ހުންނަ ސިއްހީ މަރުކަޒުން ރަނގަޅު ފަރުވާއެއް ނުލިބޭ ކަމަށް ފާހަގަކުރައްވަމުން ނަޒީމް ވިދާޅުވީ، އެ މަރުކަޒުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ދެ ޑޮކްޓަރުން އެބަތިބި ކަމަށެވެ.

"އިތުރު އެއް ދައުރަށް ހޮވައިފި ނަމަ މި ރަށަށް އިންގިލާބީ ބަދަލެއް އަންނާނެ،" އޭނާ ބުންޏެވެ.

7 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޔޮ މީހާ

24 August 2023

އިބޫ ދޮގު ހެދިޔަސް އެރަށު މީހުނަށާ އެރަށައް 2019 ކުރިން ދިޔަ މީހުނަށް އިނގޭނެ ހަގީގަތް ސޮރީ އިބޫ

The name is already taken The name is available. Register?

ހދތލ

24 August 2023

ތަރައްގީ އޯކޭ ގޯތި އޯކޭ. އޯކޭ ނޫނީ ލާދީނީއާ އަޅުވެތިވުން އަދި ރިޝްވަތު

The name is already taken The name is available. Register?

އަލިމަނިކުބެ

24 August 2023

ތިޔަރަށަށް ނިސްބަތްވާ އަހަރުމެން ވަރަށް ފަހުރުވެރިވާ ދަރިއަކު އުޅުނު. އޭނަޔަށް ކިޔާކަމަށް ބުނަނީ ދަންޑެހެލު.

The name is already taken The name is available. Register?

ލުގުމާނު

23 August 2023

ބުހުތާނު ދޮގު ރޔ ތިރަށުގަ ތާރު އަޅަންފެށީވެސް ފެންބަނދުކުރަން ފެށީވެސް.. އަހަރެން ތިޔަރަށުގަ 2018 ނޮވެމްބަރުގެ ކުރިން ތާރުމަތީ ހިނގިން

The name is already taken The name is available. Register?

މީރާން ބުރޯ

24 August 2023

ލުގުމާނު 2018 ގެ ކުރިން ކޮންތާކު އޮތް ތާރު މަގަކުން ހިނގުނީތޯ ރ. ދުވާފަރު ބޮޑު މަގުގެ މަގު 2 ބައިކުރާ ރޮނގު 3 ގޭ ގިރާ ނުކުރެވުން ، ރޮނގުގެ އަނެއް ފަރާތް 14 ގޭ ގިރާކުރެވުނީ ރިޔާސީ އިންތިޚާބަށް ފަހު ކެފޭ ގަލިޔާނޯއާ ހަމައައް ތާރު އެޅުނީ އެކަމަކު އޭ ،ބީ ،ސީ ނާޅަ ލޮނުފަސް ސިމެންތިން މިކްސް ކޮއްފަ އެޅީ އާހިރު ނަތީޖާ ވަރަށް ވެސް ހިތި، ދުވަސް ކޮޅެއްގެ ތެރޭ ތާރުގަ ރެނދުލާ ތަންތައް ފަޅާގެން ހިނގައްގެ ޕީޕީއެމް ކައުންސިލުން އެދިގެން އެފީ ތާރު އެއްކޮށް ނަގާފި

The name is already taken The name is available. Register?

1828

23 August 2023

ސިޔާސީ މީހުންގެ ކަމަކީ ރައްޔިތުން ގުނބޯ ހެއްދުން. ތިޔަ ދިދަފަތިތައް ނުދެމިޔަސް އަދި ތިޔަ ޖަލްސާތަކަށް ނުދިޔަސް 2022 ސެޕްޓެމްބަރ 09 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ބޭނުން ކެންޑިޑޭޓަކަށް ވޯޓް ލެވޭނެ. ތިކަންކަމަށް ބޭކާރު ތިކޮށްލެވެނީ ވަގުތާއި ހަކަތަ.

The name is already taken The name is available. Register?

މީރާން ބުރޯ

24 August 2023

2023 ސެޕްޓެމްބަރ 09 ވަނަ ދުވަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454