އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނު ދަތުރުފުޅުގައި ކޮލަމާފުށީގައި: އެމްއެންޔޫއިން އިންތިޒާމު ކުރާ ރިޔާސީ ބަހުސްގައި މި އަހަރު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ޓީމުން މިއަދު ވަނީ ބުނެފައި. --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
27 އޯގަސްޓް 2023 - 12:49
ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަ ކޮށްގެން ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި، އޭރު ޕީއެސްއެމަށް ނުފޫޒު ފޯރާފައި އޮތް ކަމަށް ވިދާޅުވެ، ކެމްޕޭން ޓީމުން ނިންމީ ރައީސް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށެވެ. މި އަހަރު ވެސް ބައެއް އަމިއްލަ މީޑިއާތަކުން ބާއްވާ ބަހުސްތަކުގައި، ދަތުރު ޝެޑިއުލް ހުރި ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަންނަވާނެ ކަން ވަނީ އަންގައިފަ އެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
"އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިސްތިހާރުވުމަށް ޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ މިއަދު ވެސް ވިދާޅުވީ މީޑިއާތަކުގެ ވަކިވަކި ބަހުސަކަށް އެރުމަށް ވުރެ، ރައީސަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.
ބަހުސްގައި ބައިވެރިވާނެތޯ މީގެ ކުރިން ސުވާލުކުރުމުން ވެސް މާރިޔާ ވިދާޅުވެފައިވަނީ ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ވަގުތެއް ލިބިއްޖެނަމަ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 އިން 11:00 އަށެވެ. އެ ބަހުސް ދައްކާނީ ޓީވީއެމުންނެވެ.
ބަހުސްގައި، ކެންޑިޑޭޓުންގެ ތަސައްވަރާއި މެނިފެސްޓޯއާ ގުޅޭގޮތުން ސުވާލުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
28 August 2023
ފޭފަރު ނުލިބުނީމަ ޓެސްޓު ނެހެދީ. ދޯ ފާސް ނުވެދާނެތީ!
ބޮޑުމީހާ
27 August 2023
ކުރިން ސުވާލާއި ޖަވާބާއި ފޮނުވާފައި އޮންނާނީ. މީޑިއާތަކަށް އިހްތިރާމް ނުކުރި މީހަކު ވެރިކަމަށް ގެންނަން ހެޔޮނުވާނެ. ގާބިލު ނޫން މީހުން ގޭގަ މަޑުކޮށްލުން ރަގަޅުވާނީ
ބޮސް ގެ ބޮސް
27 August 2023
ބައިވެރިވާނެ...ކުރާ ސުވާލަށް ދޭނެ ޖަވާބަކީ "ނޯ ކޮމެންޓްސް" ބަހުސް ނިމުނީ..ވައް ސަލާމް..
އަލީރާޖާ
27 August 2023
ރަނގަޅު ނިންމުމެއް. އަމިއްލަ މީޑިއާގެ ނަމުގައި އެތިބޭ ދޮގު ހަދާ ސިޔާސީ ގްރޫޕްތަކުން އަރާރުންވާން ބާއްވާ އެއްޗެއްގައި ބައިވެރިވުމުގެ ބޭނުމެއް ނެތް.
ރަކިސް
27 August 2023
ބިޒީ އެއް ނުވިތާ!
ފޮނުވާ
27 August 2023
ބަދަލުގާ ރައީސް ނަޝީދު ފޮނުވޭނެ ގޮތެއް ނުވާނެ ތަ؟ އެ ބޭފުޅާ އޮތީ މިދުވަސް ކޮޅު ގޭ ގަ ކަމެއް ނެތިފަ.
އަލްމުދިޝް
27 August 2023
ސިޔާސީ ވާހަކަ ހުސްކޮށްލީ މާ ވައިވާނެވަރު ވިސްނަވާށެވެ.!
އާނޯޑު
27 August 2023
އަނެކުންގެ ކުށް ހޯދާ، އަނެކުންގެ އަގެއް ނެތްކަމަށް ދައްކަން މަސައްކަތް ކުރާނަމަ، އެ މަސައްކަތްކުރާ މީހާގެ ނަޒަރުގައި "އަނެކާ" އެވަނީ މާ ކުރީގައެވެ. ރައީސް ސޯލިހު އަކީ ކެތްތެރި، ހިތްތިރި، ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ރައީސެއް! އިންތިހާބު ގާތްވާ ވަރަކަށް މިކަން ވިސްނޭ މީހުން ގިނަވާނެ!
ގުރެޖުއޭޓް
27 August 2023
ލޮލް. އެއީ ކުރިން ސުވާލުތައް ފޮނުވާތީ އެހެންވެ.
ގުލުމީ
27 August 2023
ސުކުރިއްޔާ ޑޮކުޓަރ އިބޫ
ސަސި.
27 August 2023
ކީއްކުރަން ދުއްވާލާ ބޭކާރު ވަގުތުތަކެއް. އެއްބުރުން ކާމިޔަަބު ވާނެކަމުގެ ޔަގީންކަން އޮތްއިރު.
ކަލަކުވޭ
27 August 2023
ކަލަކުވޭ ބިރުވެތިވޭ އިރާދައާ ނުލާ ގަދަބަސް ތިބުނަނީ ބޭފުޅާ