މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މީގެ ބޭއްވި ރަސްމިއްޔާތުގައި ބައެއް ކެންޑިޑޭޓުންނާއި ބައެއް އިންތިހާބީ އެޖެންޓުން ތަރުތީބު ނަމްބަރާ ދައްކަވައި، ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
18 އޯގަސްޓް 2023 - 19:49
ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ޕީއެސްއެމް އިން ބާއްވާ "ރިޔާސީ ބަހުސް"، އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 އިން 11:00 އަށް ކަމަށެވެ.
އެ ބަހުސް އަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ދައުވަތު ދީފަ އެވެ. އަދި އެކަމަށް ހުރިހާ ބޭފުޅުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން ބާއްވާ ބަހުސްގައި، ކެންޑިޑޭޓުންގެ ތަސައްވަރާއި މެނިފެސްޓޯއާ ގުޅޭގޮތުން ސުވާލުކުރާނެ އެވެ.
ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ބަހުސެއް ބާއްވާއިރު، އެ ބޭފުޅުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން ވެސް މި މަހުގެ ތެރޭގައި ޓޯކް ޝޯއެއް އޮންނާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްމީރު
20 August 2023
ބޮޑުމީހާގެ ކޮމަންޓްއަށް ވ ބޮޑަށް ތާޢީދުކުރަން. މިފަހަރު ވޯޓްދޭންޖެހޭ އެއްވެސް ސަބަބެއްނެތް. ދެކޮޅުޖެހޭ އެއްވެސް ކަމެއް ކޮއްފަކާނެތް.
ރޭސް
18 August 2023
މިދުވަހު އަޅުގަނޑު ވޯޓުލާ ކެންޑިޑޭޓު ފައިނަލްކުރާނީ.
ބޮޑުމީހާ
18 August 2023
އިބޫއަރާ ކީކޭބާ ކިޔާނީ؟ ޑޮކްޓަރުންނާއި، މާސްޓަރ ލެވެލްގެ މީހުންނާއި ޗެލެންޖްކުރުމުގެ ހިތްވަރެއް އިބޫގަ ނުހުންނާނެ. އިތުރުގޮތެއް ނެތިގެން 2018 ގައި އިބޫއަށް ވޯޓް ދިނަސް މިފަހަރު އިބޫއަށް ވޯޓް ދޭންޖެހޭ ސަބަބުތަކަށްވުރެ ވޯޓް ދޭންނުޖެހޭ ސަބަބުތައް މާގިނަ.
ގެދާށޯމޮސް
18 August 2023
އިބޫގެ 3 ވަނަ ދައުރުގެ ވާހަކައެއް ނޫންތޯޢެވެ!
މޫސާކުއްދާ
19 August 2023
ކުރީ ފަހަރު ވޯޓު ދިނީއްޔާ މިފަހަރުވެސް ދޭންވާނެ. އެއިރާ މިފަހަރުގެ ތަފާތަކީ ކުރިމަތިލާފަ ތިބި ކެންޑިޑޭޓުންގެ އަދަދު މިފަހަރު ގިނަކަން. މިފަހަރު ހަމަ އެ އިބޫވެސް ކުރިމަތިލާފަ އޮތީ!
ކުޑަމީހާ
20 August 2023
5 އަހަރު ތެރޭ ޕްރެކްޓިސް ލިބިފަ ހުންނާނީ. ނާރައިފިއްޔާ ލިބެން އޮތް ވޯޓްކޮޅުވެސް ކަޓާނެ.
އޮނަރަބްލް އަފީފު ދީދީ
18 August 2023
ވެރިކަން ލިބޭތޯ އެންމެބޮޑަށް މަސައްކަތް ކުރާ މީހާއާއި އެމީހާގެ ރަނިންމޭޓް ތިޔަ ބަޙުސަށް ހާޒިރު ނުވާނެކަން ޝައްކެއްނެތް މިންވަރަށް އަހަރުމެނަށް އިގޭ. # މިދެންނެވި 2 މީހުންނަކީ ޒުވާނުންގެ ޕާޓީ The Democrats ކެންޑިޑޭޓާއި ރަނިންމޭޓް އާއި ކުރިމަތިލާ ބަޙްސެއްކުރާން ކެރޭވަރަށް ވުރެން ނިކަމެތި ބަލިކަށި ބައެއް. އަދި އެމީހުނަށް ޕީޕީއެމް، ޖޭޕީ، ނާޒިމް އާއި އުމަރާއި ކުރިމަތިލާކަށްވެސް ނުކެރޭނެތީ އެމީހުން ތިޔަ ބަޙްސަކަށް ހާޒިރު ނުވާނެ. އެއީ ކަނބިލި ތަކެއް.
ގެދާށޯމޮސް
18 August 2023
ރައްޔިތުންގެ ކުރިމަތީގައި ވަޢުދުވެ ބަސްބުނާއިރު ތިމާމެން ބުނާބަސް އެއީ ތިމާމެންގެ ކަރުގަ އޮޅިފަވާ ކެސެޓްރިކޯޑިންގް ޓޭޕެއްފަ ކަމެއްކަން ވިސްނަން ޖެހެއެވެ. ޤިވާމަތް ދުވަހުން އެރީޑްކުރެވޭނެ ކަން ހަނދުމަކޮށްދެމެވެ.
ދަމުސް
18 August 2023
ކޮންބަޔަކާތޯބަހުސްކުރާނީ ތިތާކުނެއް ބަހުސްއަކަށްދާނެއެއްވެސްމީހެއް އެންމެންގެވަގުތު ތިބަހުސްއަށްވުރެރައްރަށުކޭމްޕޭނަށްމާމުހިއްމު ރިއާސީއިންތިޚާބުގެފަހުންބަހުސްކުރާނީ ފިތުނަފަސާދަކުރަންރާވާއިގެންބާއްވާކަމެއްތީ