ގދ. މަޑަވެލިން މުއިއްޒަށް މަރުހަބާ ކިޔަނީ: އެ ރަށުގެ ބިން ބޮޑުކުރުމަށް ވައުދުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
27 އޯގަސްޓް 2023 - 15:21
ގދ. މަޑަވެއްޔަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫއެއް ވެރިކަން ލިބިއްޖެ ނަަމަ ހިންގަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މަޑަވެއްޔަށް އެންމެ ބޭނުންވެފައިވަނީ ބިން ބޮޑުކޮށް، ގެދޮރުވެރިކަމުގެ މަޝްރޫއެއް ކަމަށް ރައްޔިތުން ބުނާ ކަމަށާއި އެހެންވެ، އެކަން އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާ ވެސް އެކުގައި ކަމަށެވެ. ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ، ފެންވަރު ރަނގަޅު ބަނދަރެއް ހައްދަވާނެ ކަަމށް ވެސް ވިދާޅުވި އެވެ. އެއާ އެކު ރަށުން ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަަށް އަންދާޒާ ކުރެއްވޭކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޑަވެލީގެ ސްކޫލްގެ ޖާގަ އިތުރުކުރުމާއި ސިއްހީ މަރުކަޒުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ފަދަ ކޮންމެހެން ހިންގަން ޖެހޭ ހުރިހާ މަޝްރޫއެއް ވެސް ހިންގަވާނެ ކަމަށް ޕީއެންސީގެ ސަރުކާރެއްގައި ހިންގަވާނެ އެވެ. ވިދާޅުވީ، އޭނާއާ ވެރިކަން ހަވާލުކޮށްފި ނަމަ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވާނެ ކަމަށެވެ.
މާލޭގެ މެމްބަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، މިދިޔަ ފަސް އަހަރު މަޑަވެއްޔަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި އެހެންކަމުން، އަނެއްކާވެސް އެފަދަ އަހަރުތަކެއް ހޭދަނުކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ އަށް ވާސިލްވެވޭނެ ބަޔަކު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
"މި ގޮތުގައި އަނެއްކާވެސް ފަސް އަހަރު ހޭދަކުރާނީތޯ ނުވަތަ ދިވެހިންގެ ރާއްޖެ ގެންނާނީތޯ އެއީ ރައްޔިތުން ނިންމަވާނީ. ނަތީޖާ ނެރެދޭނަން އެކަން އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.
"ހަމަ ޔަގީނުން ވެސް ތަފާތު ކުރުމެއް ނެތި މި ރަށަށް ވެސް ކަންކަން ހާސިލްވާނެ."
ގދ. ނަޑެއްލާއިން މުއިއްޒަށް މަރުހަބާ ކިޔަނީ: އެ ރަށުގެ ބިން ބޮޑުކުރުމަށް ވައުދުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
މުއިއްޒު މިއަދު ވަނީ ގދ. ނަޑެއްލާ އަށް ވެސް ވަޑައިގެންފަ އެވެ. އާބާދީގައި 500 އެއްހާ މީހުން ތިބި އެ ރަށަށް ވެސް މުއިއްޒު ވައުދުތަކެއްވެޑައިގެންނެވި އެވެ. އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި އިއުލާން ކުރެއްވީ ބަނދަރު ބޮޑުކޮށް، ބޮޑުހިލަ ޖަހައި ރަށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.
ސްކޫލާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.
ނަޑެއްލާ އާއި މުޅި އަތޮޅަށް ފައިދާވާ ގޮތަށް ކައިރީގައިވާ ފަޅު ރަށްރަށުގައި ރިސޯޓް ތަރައްގީކޮށް، އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ގދ. އަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި ހޯނޑެއްދު އާއި ތިނަދު އަށް މިއަދު ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޤީބު.
27 August 2023
ހުވަދު އަތޮޅާއި ގަމާއި ދޭތެރޭ ސީޕްލޭން ދަތުރު ކުރެވޭގޮތް ހަދާދީ ވެރިކަމުގެ ފުރަތަމަ ހަފުތާގައި ދަތުރު ފައްޓޏް ވައުދުވެބަލަ.
މަންދި.
27 August 2023
ރައީސް ސޯލިޙްގެ ސަރުކާރުން ތިކަމަށް އޮތީ ތައްޔާރުވެފައި. ހުދަވޫ އަތޮޅުން މިހާރު ދޫކޮށްފައިވާ ރަށްތައް ހުޅުވެންވާއިރަށް ގަމުން ސީޕްލޭން ދަތުރު ފައްޓަން ވަނީ ތައްޔާރު ވެފައި.
ތަސްމީން
27 August 2023
އިންޝާﷲ މަޑަވެލިން ބޮޑު ތަފާތުން މުއިޒް ނަގާނެ
މޫސާ ފަތުހީ
27 August 2023
ރައްޔިތުން މިފަހަރު ހޮވަން ވީ މުއިޒް. ޔަގީން ރައްޔިތުންގެ އުދާސްތަކަށް ހައްލުގެނެސްދޭނެ/
ސަމްދާ
27 August 2023
ޝުކުރިއްޔާ މޭޔަރު މީ ހަމަ އެއްވަނަ
ތޫބާ ނާޒިމް
27 August 2023
މުއިޒް ވަރެއް ނެތް. މިއީ އަހަރުމެން އަށު މީހުން އެއްމެ ބޭނުންވި ކަންތައް.
އަހްމަދު ނަސީމް
27 August 2023
މުއިޒްގެ ވެރިކަމެއްގައި ގެދޮރުވެރިކަން ހުރިހާ ރައްޔިތުންނަށް ލިބޭނެކަން މަށަަށް ޔަގީން
އިމްރާން އަބްދުﷲ
27 August 2023
މިފަހަރު ރަށްރަށް ތަރައްގީކޮށް ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނީ ސީދާ މުއިޒް.
އިޒްހާ.
27 August 2023
މަޑަވެއްޔަށް އުފާވެރިކަން ތިގެނެސްދިނީ ޑރ. މުއިޒް.