ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފްގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ހަމަޖައްސައިފި އެވެ.
ޕީޕީއެމުން ކުރި ޓުވީޓެއްގައި ބުނީ ތޮލާލާއި ހުސައިން މުހައްމަދު ލަތީފުގެ ތަރުޖަމާނަކަށް ތޮލާލް ހަމަޖައްސާފައިވާ ކަމަށެވެ.
ތޮލާލަކީ ޕްރޮގްރެސިވް ކޯލިޝަންގެ އިދާރީ ކަންތައްތަކުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އެ ޕާޓީން ވަނީ ޕާޓީގެ ކެންޑިޑޭޓެއްގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާފަ އެވެ.
މާލޭގެ މޭޔަރު މުއިއްޒު ކުރިން ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އޭނާ އެ މަގާމާއި ޕާޓީ ދޫކޮށްލައްވައި ޕީއެންސީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ޓިކެޓް ހޯއްދެވުމަށެވެ.
ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް، ބެކަޕެއްގެ ގޮތުގައި ބެހެއްޓުމަކީ ޔާމީން "ޕްލޭން ސީ"ގެ ގޮތުގައި ގެންގުޅުއްވި ވިސްނުމެކެވެ.
މާލޭގައި ޖަގަހައެއް ހުޅުވައި މުއިއްޒުގެ ކެމްޕެއިން މިހާރު ވަނީ ރަސްމީކޮށް ފަށާފަ އެވެ. މިއަދު ޕާޓީގެ ޓީމްތައް މި ހަފުތާ ބަންދުގައި އެކިއެކި ރަށްރަށަށް ކެމްޕެއިން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.