ރައީސާއި އުއްތަމަ ފަނޑިޔާރާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ރަސްމިއްޔާތެއްގައި: މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ވަނީ ބޮޑުކޮށްފައި --- ފޮޓޯ/މިހާރު
28 އޯގަސްޓް 2023 - 16:35
މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ހަތް އަހަރު ފަހުން ބޮޑުކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް މިމަހުން ފެށިގެން ދޭން ފަށާނެ ކަމަށެވެ. މިއީ ހަތް އަހަރު ފަހުން އިނާޔަތްތަކަށް ބަދަލު ގެނައި ފުރަތަމަ ފަހަރު ކަމަށް ޑީޖޭއޭއިން ބުންޏެވެ.
ޑީޖޭއޭއިން ބުނިގޮތުގައި މީގެކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ދިނީ އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 11 ކޯޓެއްގެ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް މި ބަދަލާއެކު 800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.
ޑީޖޭއޭއިން ބުނިގޮތުގައި ޖުޑީޝަލް އެލަވަންސް ބޮޑުކުރީ ހަމަހަމަ އުސޫލަކުން ޖުޑީޝަލް އެލަވަންސް ދިނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުދުޓޭރީ
29 August 2023
12000ރ ލިބޭމުވައްޒަފަކަށް %35ގެ ގޮތުގައި 4200ރ އިތުރުވާނެ. އޭގެ %8 ޖީއެސްޓިގެ ގޮތުގައި 336ރ ކޮންމެމަހަކު ސަރުކާރަށް. އަަހަރަކު 4032ރ، މި 800 މުވައްޒަފުން ސަރުކާރަށް 3.2 މިލިޔަން އަހަރަކު ސަރުކާރަށް ދޭންޖެހޭނެ، އެއީ 5 އަހަރުގެ ދައުރަކަށް ބަލާއިރު 16 މިލިޔަން. ސަރުކާރުން ކަމެއްކޮށްދިނުމަކީ ޓެކްސް ބޮޑުނުކޮށް، ގައުމީ މެގަ ޕޮރޮޖެކްޓްތަށް ހިންގައިގެން ، ރައްޔިތުންގެ ޖީބަށް އަތްނުބާނަ ކަމެއްކުރުން.
ހަސަން މުހައްމަދު
29 August 2023
ވަރުގަދަ އެއްޗެއް ތިޔަ ބޮޑު ކުރީ، މިތާ ކޮމެންޓް ކުރާ ފަރާތްތަކަށް ނޭނގެނީ، ކޯޓުތަކުގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ބުނަން، ނަމަކަށް ބޮޑު ކުރި އެއްޗެއް އެއީ، ހެޑިން އަޅާލަން، މުވައްޒަފުނަށް ބޮޑުވެފައި ވަނީ 500ރ، 600ރ ވަރު
ނަޢީމް
29 August 2023
އަދިވެސް ޖުޑީޝަލް އެވަންސްތޯ ބޮޑުކުރަންވީ. މިހާރުވެސް ތިދާއިރާގައި އުޅޭ އެންމެ ދަށު ފަންތީގެ މުވައްޒަފުންނަށް 10000ރ އަށްވުރެ ބޮޑުކޮށްލިބޭ. ސިވިލްސަރވިސްގެ ބުރަ މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެންމެ 7000ރ މީދެން އިންސާފުތަ. 20 ، 30 އަހަރު އުޅޭއިރު ރިޓަރ ކޮށް ނިންމާލާއިރު 10000ރ މުސާރައަށް ނިލިބޭ މީހުން އެބަތިބި. ކޮބާ ހަމަހަމަކަމާ އިންސާފަކީ
ކޯޓު އަހުމަދު
29 August 2023
މަށަށް ބޮޑުވީ 200ރ ވަރު، އަނެއްކާ މި ބޮޑު ކުރާއިރަށް ތަކެތީގެ އަގު ބޮޑުވާނެ
ގޮވާ
29 August 2023
ސުރުޚީއެއް އަޅާލުމުގެ ބޭނުމެއްގައި ކޮށްގެން އުޅޭ ކަމެއް. ސަރުކާރުގެ އެހެން އިދާރާތައް ބާރު ސްޕީޑުގައި ކުރިއަރައިގެންދާއިރު ޑީޖޭއޭ ނިދާފައި
ނަސްރު241
29 August 2023
ތިހުރިހާ ތަނެއްގެ މުސާރަ ބޮޑުކުރާއިރު އެސް.ޓީއޯ. ޚަހަލަ ސަރުކާރަށް ފައިދާ ހޯދާދޭ ކުންފުނީގެެ މުސާރަ ބޮޑުނުކުރަނީތޯ. ހަމަ އަހާޅެވުނީ
މިތުރާ 555
28 August 2023
ކޮން އިރަކުހޭ ޖުޑިޝަރީ މުވައްޒަފުންގެ މުސާރަ އޮނިގަނޑު އިސްލާޙް ކުރަނީ؟ ޖެނުއަރީ އޭ ބުންޏަސް ގަބޫލް ނުކުރެވޭ. ދެން ބުނާނީ ޖުލައި ގަ އޭ. މިހާރު 15 އަހަރު ވެއްޖެ ތި އަރަތެއް ކިޔާތާ! ސްޓެޕް އެލަވަންސް ވެސް ކަނޑާލީ. ފްލެޓް ވެސް ދެނީ. ލޮލަށް ނުފެނޭ އަދި.
އަކުރި
28 August 2023
ޖުޑިޝަރީ އެލަވަންސް %35 ބޮޑުކުރީތޯ ނުވަތަ ބޭއިންސާފުން ދެމުންއައި އެލަވަންސް ހަމަމަގަށް އެޅުވީތޯއެވެ. މިހާރުގެ ޖުޑީޝަރީއަކީ ވަކިބަޔަކި މޮޑޭ ފުއްގަޑެކެވެ. ޑީޖޭއޭގެ ޑިރެކްޓަރ ޖެނަރަލް ކަރެޕްޝަން ފޮރުވުމަށްޓަކައި އެތަނުގެ އިސްވެރީން އެދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ރިޒް ޕާޓު
28 August 2023
މީ ދެން ބޮޑު ޖޯކެއް. ރާއްޖެ ތެރޭ ކޯޓް ތަކުގައި މިއީ ވަރަށް ހެއްވާ ކަމަކަށް ވާނެ. އެއީ ބައެއް ރަށް ރަށުގަ ހުންނަ ކޯޓުތަކަކީ ކުރާނެ ކަމެއް ނެތިގެން މަކުނުވާ އަޅާފަ ހުރި ކޯޓުތައް. ވީމާ އަހަރަކު 10 މައްސަލަ ހުށަހެޅޭ ކޯޓަކާ 200 ގާތްކުރާ އަދަދަކަށް މައްސަލަ ހުށަހެޅޭ ކޯޓުގަ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް މިއީ. ޖުޑިޝަރީގެ މުސާރައަށް ރަނގަޅު ބަދަލެއް އަންނާނީ ޑޖއޭ ގެ އިސްކޮށް ތިބި ބައެއް ދުވަސްވީ މީހުން ބޭރުވެގެން.
ރިޔާޒު ރަށީދު
28 August 2023
ސަހަލު އެއް ގޮތް ވެސް އެބަ އޮވޭ ކަލޭމެނަށް.
ރިހާކުރު
28 August 2023
ޖުޑީޝަލް އެލަވަންސް އަކީ އެންމެންނަށް ހަމަހަމަކޮށް ލިބެންޖެހޭ އެއްޗެއް. ޖުޑީޝަލް އެލަވަންސް ކިޔަސް މިއީ އެހެން ވަޒީފާއެއް އަދާކުރުންމަނާވުމުން، ވަކި އިޤުރާރެއްގައި ސޮއިކުރުމުން ޖުޑިޝަރީގައި ދޭ އެއްޗެއް.
ހުސސެނ
28 August 2023
ޕުރައިވެޓު ސެކިޓަރ ހަަލާކު ވާނެ މިފަހަރު