މަޖިލީހުގެ ރިޔާސަތުގައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދު.-- ފޮޓޯ: ރައީސް އޮފީސް
28 އޯގަސްޓް 2023 - 20:21
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށް ފުލުހުން މިއަދު އަންގައިފި އެވެ.
ފުލުހުން "މިހާރު" އަށް ބުނީ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ފޮނުވި ސިޓީގައި މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތު ކޮށްފައި ވިޔަސް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައިނެތް ކަމަށެވެ. އެހެންވެ، ޖިނާއީ މައްސަލައެއް ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް، ސިޓީއަކުން މަޖިލީހަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"... އަދި އެފަދަ މައުލޫމާތު ހުރި ނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ ހާއްސަ އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ދެކޭ ވާހަކަ ދަންނަވާފައިވާނެ،" ފުލުހުން ބުންޏެވެ.
އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދެފި ނަމަ، އެކަން ކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ މަޖިލީހަށް އަންގައިފަ އެވެ.
މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި، މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކުރުން ފިޔަވައި އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އަދި އެކަމަށް ބާރު ލިބޭ އެއްވެސް މައުލޫމާތެއް ވެސް ހުށަހަޅައިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ފެށި ދަނޑިވަޅެއްގަ އެވެ.
މަޖިލީހުގެ 14 މެމްބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރި ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެތަނުން އެންމެ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު މިހާރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފަ އެެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ޔާސިރާ އެކު އޭރު ޑިމޮކްރަޓްސް އަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް މަޖިލިސް މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލާގައި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް އަދި އޭރު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހައްޔަރު ވެސް ކުރި އެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެ ފަހަރު ފުލުހުންނަށް އެ މައްސަލާގައި ބަޔާން ދިން ކަމަށް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯސް
29 August 2023
މަނިކުފާނު ހަލާކުވެދަނީ ދުލުގެސަބަބުން ދެވަނަ އެހެން ކަމެއްގައިނޫން ދޫ ރައްކާތެރިނުކުރެވި އަގައިން އެތައްއެތައް ވިޔާނުދާ ބަސްތަކެއް ބުނެވި ރައްޔިތުން މަނިކުފާނުގެ މަތިން ފޫހިވާޒާތުގެ އެތައް އެތައްވާހަކައެއްވެސް ދެކެވިފައި އެބަހުރި! މަނިކުފާނަށްއެންމެ ރަގަޅުގޮތަކަށްދެންވާނީ ސައިލެންޓްކޮށް މަޑުންހުރުން މިނޫންގޮތެއް މިހާރަކު ފެންނާކަށްނެތް!
އެސް ޒެޑް
29 August 2023
އެމްޑީޕީ ގެ މެމްބަރުންގެ ބުރަމަސައްކަތުން އެތައް ޤުރުބާނީއެއްވެގެން ހޮވާފައިވާ މަޖިލީސް މެމްބަރުންތަކަކަށް ރިޝްވަތުދީގެން މަޖިލީހުގެ ރައީސްކަމުގެ މަޤާމްގައި ގަދަކަމުން ބައްދައިގެން ތިއުޅޭ މީހާ ހަދައިގެންއުޅޭ ޕާރޓީއަށް ގެންދިއަ މައްސަލަ އެއްމެފުރަތަ ބަލަންވީނުން، ކޮންމެ މީހަކަށްވެސް ހީވާނީ ތިމާއުޅޭހެން ވިއްޔާ އެހެންމީހުންވެސް އުޅޭނީ
އެނދިމަރިޔަނބު
29 August 2023
ގާނޫނު ހަދާމީހުންނަށް ގާނޫނު ނޭނގޭ. ނަސީބެއް ތިމައްސަލަ ފިޝަރީޒް މިނިސްޓްރީއަށް ހުށަނޭޅިކަން.
ޢަލިފުތު
29 August 2023
މަގުމަތިން ގޮވާ ހާ ކާލަކަށް ނުބެލޭނެ. ޢެހެންނުނަށް ނަސީދަކީ 4 އަގައިން ވާހަކަ ދައްކާ ބޭފުޅެއް
ރިޝްވަތު
29 August 2023
ރިޝްވަތު ދޭ މީހާ އެއްބަސް ނުވާނެ ދޭ ކަމަށް އެހެންވެ ބާރު އޮތީމަ ބާރުގެ ބޭނުން ކުރަނީ
ކޮލޮނީ
29 August 2023
އެ ވާ ގޮތަކީ ބާކީ ތިބި މެންބަރުންނަށް ބިރު ދައްކަނީ
ވިކިލީކްސް
29 August 2023
ޕޮލިހަށް ހުށަހެޅިއިރު ނޭނގެނީތަ މައްސަލަ ހުށަހަޅަންޖެހޭ ތަނަކީ ކޮބައިކަމެއް؟ ބަލަ މޮޔައެއްތަ؟ ގަމާރެއްތަ؟
އަލިހަންދްރޯ
28 August 2023
މަޖިލިހުގެ ނަމުގަ ތަންތަނަށް ސިޓީ ފޮނުވުމުގެ ހައިސިއްޔަތެއް މިހާރު ނަޝީދަކަށް ނޯންނާނެ. އަޢުލަބިއްޔަތަށް އިތުބާރު ގެއްލިފައި ހުރި މީހެއް.
އަލީރާޖާ
28 August 2023
ތިއީ ގަދަބާރުން ރިޔާސަތުގައި އިންނަވާ ބޭފުޅާގެ ޑްރާމާ
ފޮލިސީ
28 August 2023
ރާއްޖެ ޕޮލިހަށް ށާއި ކޯޓު ތަކަށް ހަމައެކަނި ފެންނާނީ ކަންމަތީ ފިހާރައިން ޝޭންޕުފުޅި ނަގާ މީހުން.