ޕީއެސްއެމްގެ ސްޓޫޑިއޯގައި ނޫސްވެރިންތަކެއް މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
29 އޯގަސްޓް 2023 - 18:12
ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޕީއެސްއެމުން ބާއްވަން ތައްޔާރުވި ރިޔާސީ ބަހުސް ކެންސަލްކޮށްފި އެވެ.
އަންނަ ހުކުރު ދުވަހުގެ ރެ އަށް ތާވަލްކުރި، ބަހުސް ފަހު ވަގުތު މި ކެންސަލްކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ބަހުސްގައި ބައިވެރިވެވަޑައިނުގަނެވޭތީ އެހެން ދުވަހަކަށް ފަސްކޮށްދޭން އެދިފައި ވަނިކޮށެވެ.
ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތް ކަމަށެވެ. އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެ ބަހުސް ބާއްވާ ތާރީހު ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބުންޏެވެ.
އެހެންވެ، ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވާތީ، އެފަދަ ބަހުސެއް ރާވާފައިވާ ފަރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ސަންގު ޓީވީން ވެސް އަންނަނީ ރިޔާސީ ބަހުސެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ބަހުސަށް ކެންޑިޑޭޓުންނަށް ދައުވަތު ދެއްވާފައިވެ އެވެ.
"ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމް އިން ޕާޓްނާ ވެގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ ޕީއެސްއެމްގެ ބަހުގައި ރައީސް ބައިވެރިވެވަޑައިނުގަނެވެނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާތީ ކަމަށެވެ. އެ ޖަލްސާ އޮތީ މާ ކުރިން ތާވަލުކޮށްފައި ކަމަށާއި ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް، ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އޭގައި އެހެންވެ އަޅުގަނޑުމެން އަބަދުވެސް އެދެނީ ކުރިއާލާ ތާރީހުތައް ދެއްވުމަށް،" މާރިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްލި މައުޟޫ
30 August 2023
ބަހުސް ކެންސަލެއް ނޫން ވީކީ. ދެ ބަހުސް އެއްބަހުސަކަށް ބަދަލުކޮށްލާ ޕީއެސްއެމާ ސަންގުޓީ އެއްވީ. ކޮންމެ ރެޔަކު ބަހުސް ކުރަން މާލޭގަ މަޑުކުރާވަރަށްވުރެ ރައީސް މާ ބިޒީ.
ސައްޙާފް
29 August 2023
ދެރަ ލަދުވެތި ދުވަހެއް. ޤައުމުގެ ރިޔާސީ އިންތިޚާބުގެ ބަހުސް އިނަތިޒާމުކުރަން ޤައުމީ ޔުނިވާރސިޓީހާ، އެބަހުސް ދައްކަން ޤައުމީ ޓީވީހާ މުނާސަބު އަދި ހައްސިއްޔަތު އޮތް އެހެންބަޔަކު ނުތިބޭނެ.
ކޮރަލް
29 August 2023
ޕީ އެސްއެމް އުވާލަން ވީ ތަނެކެވެ. ކޮރަޕްޝަން އެހާ ބޮޑެވެ. އަހަރަކު އެތައް ސަތޭކަ މިލިއަން ސަރުކާރުން އެބަ ހަރަދު ކުރެ އެވެ. ތަނައް އެއްވެސް ފައިދާ އެއް ނުވެ އެވެ. ހަމަ އެކަނި ކުރާ ކަމަކީ އެއިރަކު އޮންނަ ސަރުކާރެއް ޕްރޮމޯޓް ކުރުމެވެ. ފައިދާ އެއްވާ ކަހަލަ ޕްރޮގްރާމް ތައް ނުހެދެ އެވެ.
ލޭމައްޗައްދޭ
29 August 2023
ޜައީސް ކުރައްވާނީ ކަންތަކޭ.. ބޭކާރު ހުސް ޢަނގަ ތަޅާ ބަލަންތިބޭ މީހުން ލޭ މައްޗަށް ދުއްވާކައް ބޭނުން ފުޅެއް ނުވޭ..މިހާރުވެސް އެއްބަޔަކު ތިޔާ ތިބީ ބައިވެރި ނުވެގެންވެސް ލޭ މައްޗައް ގޮސްފަ ވިއްޔަަ.
ދޮން
29 August 2023
ވަރަށް ދެރަކަމެއް. ޕީ އެސް އެމް ހައިބަތު ގެއްލި އާދައިގެ އޮންލައިިން ނޫހަކަށް ވުރެ ދަށަށް ގޮސްފި
ބަހުސްބޮނޑި
29 August 2023
ތިބަހުސް 7 މީހުން ވެގެން ކޮއްލާ. އިބޫގެ ފޯކަސް ގެއްލުވައެއްނުލެވޭނެ.
ހުނިނަަ
29 August 2023
7 މީހުން ވެގެން ކުރެވޭކައްވެސް ނެތެއްނުން. ކެންސަލޭ އެކުރީ . ބޮޓު
ބޮސް ގެ ބޮސް
29 August 2023
އިބޫގެ ފޯކަސް އެއް އެބަ އޮއްތަ؟
ގެދާނޯމޮސް
29 August 2023
ޖަލްސާ މާކުރިން ތާވަލު ކޮށްފަ އޮވެގެން ހުރެ ރައީސްބައިވެރި ވާނެކަމުގެ ޔަގީންކަން ނޫސްތަކަށް ދެއްވުމުން ތާރުޖަމާކަމުގެ އިތުބާރުވެސް ގެއްލިއްޖެއެެވެ. މީ ރައީސް ކަމަނާމެންގެ މަގާމުގެ ދިފާއުގަ އެހާބުރަކޮށް އެކުރައްވާ ކަންކަން ފޫނެތް ފަޔަކަށް ފެންފުރުން ފަދަކަމަކަށް ވެދާނެ ނޫންތޯޢެވެ.
ނަރު
29 August 2023
ބިރުފުޅު ގަތީދޯ..މަހީހީ ހަލާކު!
އަލްމުދިޝް
29 August 2023
ސާބަހޭ ކަމަނާ ! އަމިއްލަ ފުޅަށް ނޫންތޯ އެއްބަސް ވެވެވަޑައިގަތީ ރައީސް ބައިވެރި ވާނެކަމުގަ އަދި އެފަދަ ބަހުސްތަށް އެދަނީ ރާއްޖެތޭގައި ކުރަމުން ކަމަށްވެސް ކިޔަމެން ނޫންތޯއެވެ. މާކުރިން ބަހުސްގެ ޑޭޓް ހަމަޖެހިފަވާ ކަން އެނގިހުރެ ޖަލްސާ ތިހަމަ ޖެއްސީ އެއްބުރުން ބަލިގަބޫލުކުރެވިގެންނެވެ. ހީފުޅުތިވަނީ ޖަލްސާގައި ބޯގިނަކޮށްގެން އިދިކޮޅު ބަލިކޮށްލެވި ދާނެކަމަށް ތޯއެވެ.! ނުވާނެ ! ނުވާނެޔޭ! ބަހުސް އެކޭ ތިޔަޖަލްސާ އެކޭ ބޭޒާރުވާނީ ހަމަ ލައިވްކޮށެވެ . ހެ ހޭ!
ބުރަނޫރޭ
29 August 2023
ވަރަށްދެރަ. ރައީސް ސޯލިހަށް މިފަދަ ބަހުސްތަކުގާ ގައުމީ ލެވެލްގައި އެހެން ކެންޑިޑޭޓުންނެކޭ އެއްފަދައިން ވާދަކޮށްލަން ނުކެރުމަކީ ވަރަށްބޮޑު ފޭލްވުމެއް...އެހެން ކެންޑިޑޭޓުންނަށް ފުރުސަތު ޔަގީންވީވެސް ވަރަށް ފަހުން..ނަމަވެސް އެބޭފުޅުންގެ ކެރުމާ ހިތްވަރު އެބަހުރި...މިފަދަ ހިތްވަރެއްނެތް ވެރިޔަކަށް ނޫނެކޭ ބުނަންޖެހޭ
ގެދާނޯމޮސް
29 August 2023
ބުރަނޫރޭ ދެރަފުޅުނުވޭ ! ރައީސްސޯލިހަކީ ހިތްޕުޅު އަލި ނުބަލާސްޕީޗް ދެއްވާ ބޭފުޅެކެވެ، ނަމަވެސް އެހަތް ބޭފުޅުން ރައީސްއަށް ކުރައްވާނެ ސިޔާސީ ސުވާލުތަށް މާކުރިން މިނިސްޓަރަށް އެނގިވަޑައިގެންނެވީމާ ކުރިން ބުނިއެތިވެސް ކެންސަލް ! ބަހުސްވެސް ކެންސަލް !