ދުނިޔެ / އޮސްޓްރޭލިއާ

އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު މަޖިލީހަށް

އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލިސް.

30 އޯގަސްޓް 2023 - 13:36

3 comments

އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާ މެދު، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޮކްޓޫބަރު މަހު ނަގަން އޮސްޓްރޭލިޔާ ސަރުކާރުން ނިންމައިފި އެވެ.

"ވޮއިސް ޓު ޕާލަމެންޓް"ގެ ނަމުން މަޝްހޫރުވެފައިވާ މި ހުށަހެޅުމާ މެދު އާންމު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ސަރުކާރުން ނިންމީ، އަސްލު ވަޒަންވެރިންގެ ބައިވެރިވުމާ އެކު، އޮސްޓްރޭލިޔާގެ ސިޔާސީ ކުރިމަގު ބައްޓަންކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެ ހުށަހެޅުމުގައި ވަނީ، އެބޮރިޖިނަލް ދަރިކޮޅުގެ މީހުންނާއި، އޮސްޓްރޭލިޔާ އާއި ޕަޕުއާ ނިއު ގިނީއާ ދެމެދު އޮންނަ ޓޮރެސް ކަނޑުއޮޅީގައި ހިމެނޭ އޮސްޓްރޭލިޔާގެ ޖަޒީރާތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަޑު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްވޭނެ ގޮތެއް ހެދުމަށެވެ.

އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި އެކަމަށް ތާއީދު ލިބިއްޖެ ނަމަ، އެބޮރިޖިނަލް ދަރިކޮޅުގެ މީހުންނާއި ޓޮރެސް ޖަޒީރާތަކުގެ މީހުންނަކީ ވެސް އޮސްޓްރޭލިޔާގެ ރައްޔިތުން ކަމުގައި ކަނޑައެޅިގެންދާނެ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރާނެ އެވެ. އެއަށް ފަހު، އޮސްޓްރޭލިޔާ ބައްރުގެ އަސްލު ވަޒަންވެރިންގެ ހުރިހާ ދަރިކޮޅުތަކެއް ބައިވެރިވާ އިސްތިޝާރީ މަޖިލީހެއް، އެ ގައުމުގެ މައި ސަރުކާރުގެ ގުނަވަނެއްގެ ގޮތުގައި އުފައްދާނެ އެވެ.

އޮސްޓްރޭލިޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން އެބޯރިޖިނަލް ދަރިކޮޅުގެ މީހުންނާއި ޓޮރެސް ޖަޒީރާތަކުގެ ރައްޔިތުންނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމުގެ ހަރުދަނާ މަސައްކަތްތަކެއް ފެށިފައިވަނީ މީގެ 19 އަހަރު ކުރިންނެވެ. އަދި އެ ދަރިކޮޅުތަކުގެ މީހުންގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރުމުގެ ހޭލުންތެރިކަން އުފެއްދުމަށް ވެސް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"މިއީ އަހަރެމެންގެ ގައުމުގެ އެންމެން އެއްކޮށް، މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށްޓަކައި، ޖީލަކުން އެއް ފަހަރު ލިބޭނެ ފުރުސަތެއް. ރައްޔިތުންގެ ފަރާތުން މިއެދެނީ ވިސްނުމަކަށް އާނއެކޭ ބުނެ ވޯޓު ދިނުމަށް. އެ ވިސްނުން ހަގީގަތަކަށް ހެދުމުގެ ވަގުތު މިއޮތީ ޖެހިފައި،" އޮސްޓްރޭލިޔާގެ ދެކުނު ސަހަރެއް ކަމަށްވާ އަޑެލައިޑްގައި އާންމުންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާ ބެހޭ ގޮތުން އާންމުންގެ މެދުގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓުތައް ކާމިޔާބުވުމުގެ ފުރުސަތު މީގެ ކުރިން އޮތީ ވަރަށް ކުޑަކޮށެވެ. އެ ގޮތުން 1901 ވަނަ އަހަރާއި 1919 ވަނަ އަހަރާ ދެމެދު، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އެކި ފަހަރުމަތިން 44 އިސްލާހަކާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތައް ނެގި އެވެ. ނަމަވެސް އެ 44 ހުށަހެޅުމުގެ ތެރެއިން ފާސްވެފައިވަނީ އެންމެ އަށް ހުށަހެޅުމެވެ.

އޮސްޓްރޭލިޔާގައި ބާއްވާ ބޯހިމެނުންތަކުގައި އެ ބައްރުގެ އަސްލު ވަޒަންވެރިން ވެސް ގުނުމަށް، 1967 ވަނަ އަހަރު ބޭއްވި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި 90 ޕަސެންޓުގެ ބޮޑު ތާއީދެއް އެކަމަށް ލިބުނެވެ.

ނަމަވެސް ގައުމުގެ ސިޔާސީ ކަންކަން ކަނޑައެޅުމުގެ ފަންތީގައި އަސްލު ވަޒަންވެރިން ބައިވެރިކުރުމުގެ ފުރުސަތު ލިބިދޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް މީގެ ކުރިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމަށް މީގެ ކުރިން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުނެގި އޮތީ، އެކަމާ ބެހޭ ގޮތުން އާންމުންގެ މެދުގައި ނުބައި މައުލޫމާތު ފެތުރި، އެ އިސްލާހު ގެނައުމުން އަސްލު ވަޒަންވެރިންނަށް މާ ވަރުގަދަ ބާރުތަކެއް ލިބިދާނެ ކަމަށް ހީވެފައި އޮތުމުންނެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސްލީބޭބެ

07 September 2023

ނުކިޔަވައި ތިބި ތަނެއް ދޮރެއް ނުދަންނަ މީހުން މަޖިލީހަށް ހޮވައިގެން ތިޔަ ބާވަތުގެ އެއްވެސް ގަވާއިދެއް ނެހެދޭނެ. އޮސްޓްރޭލިއާ މަޖިލީހުގައި ގިނައީ ލޯޔަރުން. އެމޫހުނަށް އެނގޭ ގާނޫނުގައި ހުންނަ ރަގަޅު ކަންކަމާއި އުނި ކަންކަން. މަޖިލިސް އިންތިޚާބު އޮތީ ވަރަށް ކައިރީގައި. ވޯޓް ވިއްކާ ނުލައި ތަންދޮރު ދަންނަ ކިޔަވައިގެން ތިބި މީހުންނަށް ޖާގަ ދޭންވީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 August 2023

ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި މިވަގުތު އެމީހުންގެ ޤާނޫނީ ޙައްޤުގެއްލި "ތަނެއްގައި ލައްވާނުލާ މަގުމަތިވެފައިތިބި" ކ.އަތޮޅު މާލޭ ދަފުތަރުގައި ތިބި ދިވެހި ރައްޔިތުންނަށްވެސް މިފަދަ ފުރުސަތެއްދީ ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ނަމަވެސް މަޖިލީހުގައި "މާލޭ ދަފުތަރު ދާއިރާ" އުފައްދަން ޖެހޭ. # މިހާރު މިވާގޮތަކީ މާލޭގެ މަޖިލިސް މެންބަރުންނާއި، މޭޔަރާއި ކައުންސިލްހޮވާން "މާލޭގެފޮށިތަކަށް ވޯޓްލާން ފުރުސަތުލިބުނަސް" އެއީ މާލޭމީހުންކަމަކަށް ނުވޭ.

The name is already taken The name is available. Register?

ރޮންދާ

31 August 2023

އަފީފް ދީދީ ތިޔަވިދާޅުވެ ލައްވަނީ ވަރަށް ބޮޑު ތެދެއް ތިކަމަކީ މިޤަމުގެ ސިޔާސީމީހުން ހަންދާން ނައްތާލާފަ ތިބޭ ބައެއް، އަދި ސަރިކާރުތަކުންވެސް ހަންދާން ނައްތާލާފަ ތިބިބައެއް، ހަމަ އެކަނި ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލު ވާއިރު ކޮންމެވެސް ވަރަކަށް ދަފްތާރުގެ ވާހަކަ ދައްކާލާނެ، ވެރިކަށް އައުމަށް ފަހު ނުވަތަ މިޖިލީހަށް ހޮވުމަށް ފަހު، އެމީހުންގެ ހައްޤުގެ ވާހަކަ ދައްކާނެ ފަރާތެއް އަޑުއަހާނެ ކަންފަތެއް ދާނެ ތަނެއް ނޯވެ! މި ވާހަކަ ދައްކަން ޖެހޭ އޑއފލން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454