ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީ ރާމާ ރާއޯ ޖޫނިއާ.
02 ސެޕްޓެމްބަރ 2023 - 06:21
ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީ ރާމާ ރާއޯ ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2" ސިނަމާތަކުގައި އަޅުވާނީ 2025 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔަޝް ރާޖު ފިލްމްސް އިން ޕްރޮޑިއުސްކުރާ "ވޯ 2" އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. އެ ފިލްމު ޑައިރެކްޓުކުރަނީ މިދިޔަ އަހަރު ނުކުތް "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމު ނެރޭނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް 2025 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. ކޮންމެ އަހަރެއްގެ އެ ދުވަސްވަރަކީ ފިލްމުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރު ކަމަށް ފެންނާތީ ދިނީ އެވެ.
ރިތިކްގެ ކުރިއަށް އޮތް ފިލްމު "ފައިޓާ" ވެސް އަންނަ އަހަރުގެ ޖެނުއަރީގައި ސިނަމާތަކުގައި އަޅުވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށެވެ.
މި ފިލްމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި މި އަހަރު ފަހުކޮޅު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ،.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy