ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 ސެޕްޓެމްބަރ 2023 - 14:01
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި، ވޯޓް ލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަޖިސްޓަރީ ނުކުރައްވާކަން ހާމަވެއްޖެ އެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގަ އެވެ. ޖަލުގައި ތިބޭ މީހުން ވޯޓު ލުމަށް ހާއްސަ ފޮއްޓެއް ބަހައްޓައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ޔާމީން ވޯޓަށް ރަޖިސްޓްރީއެއް ނުކުރައްވަ އެވެ.
ގައިދީން ވޯޓުލާން ހަތަރު ޖަލެއްގައި ފަސް ވޯޓް ފޮށި އިލެކްޝަން ކޮމިޝަނުން ވަނީ ބަހައްޓައިފަ އެވެ. މާފުށީ ޖަލުގައި ދެ ވޯޓް ފޮއްޓެއް ހުރެ އެވެ.
ޖަލުގައި ބަހައްޓާ ފޮއްޓަށް ޔާމީން ރަޖިސްޓަރީ ނުކުރައްވާތީ އިލެކްޝަން ކޮމިޝަނުގެ ވޯޓާސް ލިސްޓްގައި އެ މަނިކުފާނިގެ ނަންފުޅު އޮތީ މައްޗަންގޮޅި އުތުރު ދާއިރާގެ ދެވަނަ ވޯޓް ފޮށީގެ ލިސްޓުގަ އެވެ.
މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ޔާމީންގެ ފޯމް ހުށަހެޅުއްވިޔަސް ޖަލު ހުކުމާ ހެދި ކެންޑިޑެސީ ބާތިލްވީ އެވެ. އިލެކްޝަންސްގެ އެ ނިންމުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވެސް އީސީގެ ނިންމުމަށް ތާއީދުކުރުމުން ޔާމީނަށް ފުރުސަތު ބަންދުވީ އެވެ.
އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ފަރާތުން ނުކުންނެވީ އޭގެ ފަހުންނެވެ.
މާޗް 2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވޯޓުލާން ޔާމީން ރަޖިސްޓްރީއެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯސް
24 September 2023
ޔާމީނުގެ ތާއީދު މުއިއްޒަށް ނެތްކަން ފުރތަމަ ދުވަހުވެސް އިނގޭ... މުއިއްޒަށް ދޭ ވޯޓަކީ ޔާމީނާ ދެކޮޅަށް ދެވޭވޯޓެއް. އެކަން އިނގިހުރެ ވޯޓުލާ
ބޮއިކޮޓް ކޮށްފަ
20 September 2023
ބޮޑާބެ. އެހުންނެވީ އަމިއްލަ ކެންޑިޑޭޓްވެސް ބޮއިކޮޓް ކޮށްފަ. އެންމެންނަށްވެސް އިނގޭ އަސްލު ނޭދޭކަން އެހެން މީހަކު ވެރިކަމަށް އަންނާކަށް- އަމިއްލަ ޕާރޓީން ވިއަސް. މިއީ އަމިއްލަ އެދުމާ ބޮޑާކަމުގެ އެންމެ މަތީ ހަރުފަތް. ވ.ސަލާމް
އޭނާގެ ހާލު
14 September 2023
އެއީ، ވެރިކަމުގައި ވެސް އެހައި ހަރަކާތް ތެރި މީހެއް ނޫނޭއްނު؟ އެކަމަކު ގަޓޫ ކިޔަނީ
ސާހިބު
11 September 2023
އެކަމަކު ބުރަމަސައްކަތުން، ހޮވުނީމާ ހުރިހާ މޮޅެއް އޭނަޔަށް ދޯ؟
ދަ ޑިމޮކްރެޓްސް.
09 September 2023
ޔާމީނުވެސް ބޮޑާ ހާކާނެކަމެއްނެތް. މިކަން މިހެންދާންޖެހުނީ ޚުދް ޔާމީނާހެދި. މިއަދު ޔާމީނުގެ ބާރެއްނެތް. މުއިއްޒު ހުވާކުރުމާއެކު ޔާމީނުވެސް ޖެހޭނީ ހިމޭނުން ހުންނަން. ލިބުނު ކާމިޔާބީއަށް މުއިއްޒުވެސް ބޮޑާ ނުވުމަށް ގޮވާލަން. މަރުޙަބާ މުޢިއްޒު އެންޑް ޙުސައިން
ސިނާޑު
09 September 2023
މީނަޔާ ޖަމީލު ބާއްވަންވީ އެއްގޮޅީގަ
އިބޫބެސްޓް
09 September 2023
ހުރިހާ ޝުކުރެއް އޮތީ އިބޫ 'އަތްނުބާނާ' ކަމަށް ބުނާ ޖުޑީޝަލް ސިސްޓަމްއަށް.. ސަރުކާރުން ބޭނުންވާ ބަޔަކަށް ކޯޓުތަކުންނާ އަދަބުތަކުން ލުއިދީފަ ޔާމީން އެކަނި ޖަލުގަ ބޭއްވުން އެއީ އިބޫއަށް އެޅުނު އެންމެ ޅައެތި. އެކަމުން ވޯޓް ހައްތަހާވީ އިތުރު.
މީނަ ދޯ
11 September 2023
ޔާމީނު އެޅި ދިވެހި ހުރިހައި ރުކެއްގެ ހުރި ޅަ އެއްޗެއްސެއްނު.
ޢަރުތަ
19 September 2023
ކޮންމެ ގޮތެއް ވިޔަސް ޔާމީނުގެ ނަން ވޯޓު ކަރުދާހުގަ ނެތުން އެއީ ބަޔަކަށް ލިބުނު ވަރަށް ބޮޑު ނަސީބެއް.
ތެޔޮނާށި ކާޅު ޖަހައިގަތީ
09 September 2023
ރައީސް ޔާމީން ޖަލުގައި އޮންނެވުމުގެ އެންމެ ބޮޑު ފައިދާއެއް ނެގީ މުޢިއްޒެވެ. ފުރުޞަތުގެ ބޭނުން ހިފައި ރ. ޔާމީންގެ ފޮޓޯ އަކާއި ހުސްގޮނޑިއެއް ދައްކައިގެން ޕޕމ ކުދިން ގުނބޯ ހައްދައިގެން މުޢިއްޒު ހުރިހާ ފައިދާއެއް ނަގައިފި އެވެ.
ތެޔޮ ނާއްޓާ
09 September 2023
ހުސްގޮނޑިއެއީ ހަމަ ހަގީގަތެއް. ގުނބޯ ހައްދަންޖެހޭވަރަށްވުރެ ހުރިހާ ކަމެއްވެސް މާ ސާފުކޮށް ފެންނަން އޮތީ. ފިތުނައިގެ އޮއިވަރެއްގަ ހިތަށް އެރިހާ ކޮމެންޓެއް ކޮށްކޮށްފަ ޕާޓީ ބައިބައިކުރެވޭތޯ ތިއުޅެނީ ކަމާ ނުވެސް ބެހޭ ބަޔަކު. މުއިއްޒުއެކޭ ޔާމީނެކޭ ޕީޕީއަށްވާނީ އެއްވަރު. ގެޓްނުވެގެން ތި އުޅެނީ އަދިވެސް.
މިކޮއި
09 September 2023
އެކޮއި ޖޭ ނުވޭ. މީ ޔާމީނުވެސް ކަންތައް ކުރެއްވި ގޮތް. ތާރީޚުގެ ޞަފްޙާތަކަށް ބައްލަވާލައްވާ.
ހެހެހެހެހ
09 September 2023
އެންޑޯޒް ކުރުމުން ވެސް ވައްކަން އަދި ނުފެށި މިއުޅެނީ.
ނޯވޯޓް
09 September 2023
އަހަރެން މިއީ ޔާމީނުނަމަވެސް ވޯޓެއް ނުލާނަން. ޖަލުގަ އޮވެ ކޮން ވޯޓެއްތަ ލާންވީ؟
މީނަ ދޯ
11 September 2023
ހިތްވަރެއް ނުހުރެޔޭ، ގޮތް ދެއްކިޔަސް
ހޮ ޅި
09 September 2023
ބަލަން މިތިބީ ފައިޓާ ޖެޓްތަކާ މަނަވަރުތަކާ ސަބްމެރިންތަށް ރުކުރުވާލާތަން. މިނިވަންކަން ހޯދަން. މީނަގެ އަމިއްލަ ދުނިޔެ އެއްވިއްޔަ.