11 ސެޕްޓެމްބަރ 2023 - 09:32
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަގާމުން ވަކިކުރަން އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ބާތިލުވާ އަދަދަށް މެމްބަރުންގެ ނަން އަނބުރާ ނުގެންދާތީ އެ ގަރާރު ކުރިއަށް ގެންދަންޖެހޭ ކަމަށް ރިޔާސަތުން މިއަދު އިއުލާނުކޮށްފި އެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ރޭ ވަނީ ނިންމައިފަ އެވެ.
އެކަމަކު މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވަކިކުރުމުގެ މައްސަލާގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ އަދަދު އަދިވެސް ހަމަވާތީ، އެ ކަމާ މެދު ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަދި މަދު ވެގެން 8 ބޭފުޅަކު ސޮއި އަނބުރާ ގެންދަވަންޖެހޭ. އެހެންވީމާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަނީ،" މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ރިޔާސަތު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ހަވާލުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ ކުރިއަށް ގެންދަން އަފީފް ފެއްޓެވުމާ އެކު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށާއި އެކަން މަޖިލީހުގެ އިދާރާ އަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.
އެހެންކަމުން، ބާކީ ތިބި މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާ އަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
އެކަމަކު، އެކަމާ ދެކޮޅަށް ނަޝީދާ އެކު ޑިމޮކްރެޓްސްގެ މެމްބަރުން ފުރުސަތު ހޯއްދަވައިގެން އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މަޖިލީހަކީ "ކުޅޭކުޅޭ" ތަނަކަށް އެމްޑީޕީން ހަދާފައިވާ ކަމަށާއި ސިޔާސީ ގޮތުން ބޭނުމެއް ޖެހުނީމާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ބޭނުންވީ ކަމަށެވެ.
އެ ވާހަކަތަކަށް ރިއާއަތް ކުރައްވައި، ރިޔާސަތުން އަފީފް ވަނީ މިކަން އިދާރީ ގޮތުން ހައްލުކުރަން ފުރުސަތު ދިނުމަށް ކުޑަވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
11 September 2023
މީނަ ބާލާ މަގާމުން، މުޅީ ޕާޓީ ހަލާކު
ސާބަސްް
11 September 2023
ތިތާކު ނެތެއްނު އުރަތްޕެއް ހުރި އެއްވެސް ބަޔަކު. ކުޅޭކުޅޭ ބައެއް ތި އެންމެންވެސް ތިއީ.
ކިނބުލޭ
11 September 2023
މީނަ އެބަޖެހޭ ބޭރުކުރަން.
ކިރު ސައި
11 September 2023
އެންމެ 7% ލިބުނީމާ މީހުންގެ ފޯކަސް އެހެން ދިމާލަކަށް ބަދަލުކުރަން ޖަހާ ސްޓަންޓް.
ހުސްނުހީނާ
11 September 2023
ރައްޔިތުން ލޮލުގަ އަޅުވަން ރޭވި ނަޝީދުގެ ވަރަށްމޮޅު ސްޓަންޓެއް!
ހިތާމަ ހުރިކަމެއް
11 September 2023
ގާނޫނީ ނިޒާމަޢް ވެސް ހަދަނީ ބޭނުން ގޮތެއް އެއްވެސް ކަހަލަ ހަރުދަނާ އުސޫލެއް ނެތް. އަމިއްލަ އެދުމަށް ހުރިހާ ކަމެއްވެސް އަންނި ޢާއި އެމްޑީޕީން ވެސް ކުރަނި . ހީވަނީ މިމީހުންގެ ތަރިކަ މުދާގަޑެއްހެން. ރަތްއިތުންނަން ފައިދާ ހުރިކަމެއް ނުކުރޭ.
ރޫޅާލާރޫޅާލާ
11 September 2023
އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ އަންނި އަދި ޕީޕީއެމް ކުރިއަށް އެމްޑީޕީ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ
ޒިންދާބާދު
11 September 2023
އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު އެމްޑީޕީ ބަރުބާދު އަންނި ޒިންދާބާދު ޑިމޮކްރެޓޭ ޒިންދާބާދު
މިއައު
11 September 2023
ކޮޕީ ޕޭސްޓު ކުރަން ދަސްކުރެއްވީތީ އުފާކުރަން. މަރުހަބާ
ދެރަކަމެކޭ ދޯ
11 September 2023
މީނަގެ ކިބައިން ސަލާމަތެއް ނުވި.