އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ.
އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މަޖިލީހުގެ އަމީންއާންމުގެ ނިންމެވުން ގޯސްކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ވަނީ އެދިފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 އޮކްޓޯބަރ 2023 - 16:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް މާނަކޮށްދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެފި އެވެ.
ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް، ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.
މައްސަލާގެ ތަފްސީލް ދެއްވުމަށް އެމްޑީޕީގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް އަމީންއާންމު ނިންމެވީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ، އެކަމުގައި ރަނގަޅު މާނަ ކުރުމެއް ކޯޓުން ކަނޑައަޅަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ.
އަފީފް ފާހަގަ ކުރައްވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.
އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މަޖިލީހުގެ އަމީންއާންމުގެ ނިންމެވުން ގޯސްކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ވަނީ އެދިފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓޭ ފަދަ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ހާލަތެއްގައި މަޖިލިސް ހުއްޓޭނެ ގޮތަށް އޮތުމަކީ ތަސައްވުރު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ގައުމެއްގައި ވެސް މަޖިލިސް ހުއްޓުވޭނެ ހާލަތެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް އަފީފް ވިދާޅުވި އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.
އެހެންވެ، އަފީފް ވިދާޅުވީ މިހާރު އޮތް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނުނިންމާ ދެން އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވިއިރު އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން އަންނަނީ ތައްޔާރުވަމުންނެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމާ، އިންތިހާބީ ރައީސްގެ ހުވާ ކުރުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަކަށް އެމްޑީޕީގެ ގާނޫނީ ޓީމުން ނުދެކެ އެވެ. އަފީފް ވިދާޅުވީ އުއްމީދު ކުރަނީ އޭގެ ކުރިން ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއްގައި ނިންމައި، ހުރިހާ ކަމަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
އަފީފް ވިދާޅުވީ މަޖިލީހުގެ ކަމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެއީ އެއް ބާރު، އަނެއް ބާރުގެ ތެރެއަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މައްސަލަ ހުށަހެޅީ މަޖިލީހުގެ ނިންމުމަކާ ގުޅޭ ގޮތުން ނޫން ކަމަށާއި މަޖިލީހުގެ އިދާރީ ބޭފުޅަކު ނިންމެވި ނިންމުމަކާ ގުޅޭ ގޮތުންކަން އޭނާ ފާހަގަކުރެއްވި އެވެ.
މައްސަލަ ހުށަހަޅަން ޖެހުނީ މިހާރު ކަންކަން ކުރިއަށްދާ ގޮތުން ގައުމު، ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ފުރުސަތު އޮތުމުން، އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަލްދީބުން
30 October 2023
އަމީނުޢާއްމު ނިންމެވުން ގޯހެއް ނުވާނެ
މެންގްރޫވް
30 October 2023
ސާފު ސީދާ މެޖޯރިޓީން ރައްޔިތުން ވަނީ ތިޔަ ފިކުރަށް ނޫނެކޭ ބުނެފަ! އައު ރައީސަކު ހޮވީ ރައްޔިތުން ވޯޓު ލައިގެން، ކަލޭމެން މަޖިލިސް ބައިގަނޑު އެކަނި ވޯޓު ލައިގެން ނޫން. މުޢިއްޒު ހުވާ ކުރުމާ އަންނި މަޖިލިސް ރިޔާސަތުގަ އިނުމާ ކޮން ކަމެއް! ރައްޔިތުންނަށް ދުއްތުރާ ކުރުން ހުއްޓުވުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލަ ވައްދަންވީ.
ލާމަސީލު
29 October 2023
އިޒްރޭލުން ފަލަސްތީނު ހިސާރުކުރިގޮތަށް މިދެބެއިންވެގެން މަޖިލިސް ހިސާރުކޮށްގެން ޑުމޮކްރަސީއޯ. އެކަމަކު މަޖިލިހުގައި ގާނޫނު މާނަކުރާ ކަނބުލޭގެ އެހުރީ ދެބަންދިހާރަ ވެފަތަ؟ އަޅެ ގައިމު ދިވެހިން ލިޔެފަ އޮތް ގާނޫނުތައް ވިއްޔާއެހުރީ ދިމާލަށް ފެންނަން.
އަހުމަދުއާ
29 October 2023
ސުޕުރީމް ކޯޓުން ކަނޑައަޅަންވީ އާ މަޖްލިސްއެއް އުފައްދަން.މެޖޯރިޓީ އޮތަކަސް ގަވައިދުގެ ތެރެއިން ނިކަން ސްމާރޓްކޮށް ކުރަން ދަސްކުރޭ
ރައްޒާގު
30 October 2023
ދައުލަތެއް ހުއްޓޭގޮތައް ގަވަދެއް، އަދި ގާނޫނެއްވެސް އޮވެގެންނުވާނެ ނޫންތޯ. މަޖިލީހުގެ ގަވައިދު މިހާރު އޮތްގޮތުންވެސް މަޖުލިސް ހުއްޓިގެންނުވާނެ. އަދި އެ ގަވައިދު މާނަކުރުމުގަ މައްސަލައެއް އުޅުނަސް އެކަން ހައްލުކުރެވެން ޖެހޭނެ. މަޖިލިސް މަރުތަޅު އެޅިގެންނުވާނެ.
ޑރ. ރާމީ ޙަސަން ޕީ.ޕީ.އެމް
29 October 2023
"ނަކުލީ އެމް.ޑީ.ޕީ" މީހުން ކިތައްމެ ވަރަކަށް އައްދޯއި ގޮވިޔަސް ނަޝީދު އެ ގޮނޑިން ބޭލުވޭ ކަށްނެތް. އެއީ ޑީލް ހަދާފަ އޮތީމަ. އެކަން ވާނީ 2 ވަނަ ބުރުގައި މުޢިއްޒަށް ސަޕޯޓު ނު-ކުރުމުގެ ސަބަބުން ދަ ޑިމޮކްރަޓްސް އަށް ލިބުނު ބޮޑު ގެއްލުމަށް ބަދަލު ދީފަ. ޑީލް އުވާނުލެވޭނެ ކަން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން-ނަށް އެނގޭނެ! މިއީ "އަސްލީ" އެމް.ޑީ.ޕީ އެއް ނޫން!
ދުމަށި
29 October 2023
އެމެރިކާގެ މަޖިލީހުގެ ރައީސް މެކާތީ މަގާމުން އަޒުލުކޮށްފި https://mihaaru.com/politics/126497 މިރާއްޖޭގަ ހަމަ ގަދަފައި ވިއްދާފަ މަގާމުން ނުފައިބަން. މަޖިލީހަކީ ވޯޓުން ކަންކަން ނިންމާތަނެއް. އެކަމަކު ނަޝީދު މި އުޅެނީ ވޯޓަކަށް އަހާލަންވެސް ނުކެރިގެން. ފުއާދު ތައުފީގަށް ހެދިގޮތަށް ސުމޯޓޯއެއްގަ ޖައްސާފަ ނަޝީދު ބޭރުކުރުމަކީ ސްޕްރީމްކޯޓުން ކުރަންވެއްޖެ ކަމެއްނޫންތަ. ޖާހަތާއި އިއްޒަތަށްޓަކައި ގޮނޑިން ނުފައިބައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ނުކުރޭ
މަސަލަސް
29 October 2023
މަޖިލިސް ހުއްޓޭގޮތަށް ޤާނޫނީ ލަފައެއް ދިނުމަކީ ޤާނޫނު މާނަކުރުމުގައި ގެނެސްގެން ވާނެ ކަމެއްނޫން. އެއްމަގު ނެތީވިއްޔާ އަނެމަގުހޯދައި ދެވޭނެ ލަފާއެއް އެރުވެންވާނެ.
ނިންދަވާ
29 October 2023
ތިއުޅެނީ ބާރުގެ ބޭނުންކުރަން. ސްޕްރީމް ކޯޓަށް ހުށަހަޅާބަލަ އަދި އެއް ދައުރު އިބޫ އަށް ދޭން ކަނޑައަޅައިދިނުމަށް.
އާދަނު123
29 October 2023
ދައުރެއް ނިމުނުއިރު މަޖިލީހަާް ކޮން މަސަކަތެއް ކުރެވުނީ، މަޖިލީހަށް އަހަރުމެން ރައްޔިތުން ކުރި އިޚްތިރާމާ ގަދަރު ގެއްލިއްޖެ ރައްޔިތުން ބޭނުންވަނީ ތި މަޖިލީސް އުވާލަން.
ފިސާރު
29 October 2023
ޑިމަކުރަސީގެ ބައްޕާފުޅައް މަޖުލީސް ރައީސްކަން ފީސާރި ކަނބަލަކައް ނައިބުރައީސްކަން ދެވުނީމަ އުޅުނީ ރައްޔިތަކައް ކަމެއް ކޮށްދިނުމުގެ ބަދަލުގާ ބޮޑުވަޒީރު ކަމައްއައުމައް ބަރުލަމާނީއައް ސަރުކާރާ ރައިސް އެއްބަސް މަޖުލީސް ތެރެއިން ކުރުވަން ކުރެވުނުހާ ޖެއްސުމަކާ އުދަގުލުގަ ކުރުމުގަ
ދެކުޅިމުގާބެ
29 October 2023
ކުރެވުނު ކަމަކީ މެމްބަރުން މައްސަލައަށް ވަކާލާތު ކުރީމާ، އެ މެމްބަރަކު ދެއްވިވާހަކަ މަޖިލިސްގެ ރައީސް އެބަސްތައް އަލުން ތަފްސީރު ކޮށްދެއްވާ މެމްބަރުންގެ ނުކުޅެދުން ތެރިކަން ދެއްކުން. ހަޤީޤަތުގައި މިކުރި ކަމަކީ ރައީސް މީހާ ޔަޢުނީ އަންނިއަށް އެކަމެއް ބާއްވަން ބޭނުމްވާގޮތް މަޖިލީހަށް އިއްވުން. މުގާބޭ
އ އަހްމަދު
29 October 2023
ބަލަމި އަފީފު ރައީސްއޮފީހުންބޭރުކުރީ ހިސާމާނާއެކުގައޭބުނާތީ އަޑުއިވޭ އެކަމަކު މިހާރުލީގަލް ބޮޑުމީހާ މީހަމަ މިކަންއޮންނަގޮތްބާ؟
ކަލޭގެ މަންމަ
29 October 2023
ބަލަގަ މިހަރަ މީހާ، އެހެންނަމަ އޭނާ އޮތްނާނީ ޖަލުގައި އެއްނު
އަފީދު
30 October 2023
ރައީސް އޮފީހުން ވަކިކުރީ ނަމެއްގަ. ފައްޔާޒުގެ ބެސްޓް ބަޑީ އަދި ބިޒްނަސް ޕާޓްނަރ. ރައީސް އޮފީހުގެ ވަޒީފާގައި ހުއްޓަސް ނެތަސް، ރައީސްގެ ލީގަލް އެޑްވައިޒަރު.