09 ނޮވެމްބަރ 2023 - 23:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅިޔަސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވުމާ ހަމައަށް ގަރާރު ކުރިއަށް ގެންދިޔުމަށް ހުރަސްއަޅަން އުޅޭކަމުގެ ތުހުމަތު ނަޝީދަށް އަމާޒުކޮށްފި އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
އެ މައްސަލަ ހުށަހެޅުމާ އެކު، އީވާ ވަނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނަށް ވެސް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމުގެ އިތުރުން އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ އެދިފަ އެވެ.
ނަމަވެސް، ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކުރަންޖެހޭނެ ކަމަށް ހުކުމްގައި ވެ އެވެ.
އޭ ކަންކަމުގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރެއްވުމާއި، އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރުމުގެ މަސައްކަތްތައް އެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
Hukun ivveema anekkaaves magaamuga bahdhaigen onnan Nasheed visnanee. 7 dhuvas vandhen mikan vevuna nudhee hifahattan majlis whatsapp group ga irushaadhu midhenee.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) November 9, 2023
Adhi fandiyaarunnakee liyan kiyan neygey baehkamah bune malaamaai kuree. #Filiraees #IthubaaruneiRaees pic.twitter.com/CoorSK09rb
އެ ހުކުމާ އެކު، މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި އޮތީ ހުވާ ކުރާ ޖަލްސާއަށް ބާކީ އޮތް ހަތް ދުވަސް ވަންދެން ގަރާރު ކުރިއަށް ގެންދިޔަ ނުދީ "ހިފަހައްޓަން" ކަމަށެވެ.
"ވަރަށް ފަސޭހަ ވާނެ. އެމްޑީޕީން ވެސް މި ކަމުގައި އުޅެނީ ގިނަވެގެން އަށް މެމްބަރުން،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވި އެވެ.
އެ މެސެޖުތަކުގެ ސްކްރީންޝޮޓުތައް ސޯޝަލް މީޑިޔާގައި އާންމުކުރައްވައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ހުކުމް އިއްވުމުން އަނެއްކާ ވެސް "މަގާމުގައި ބައްދައިގެން އޮންނަން" ހުވާ ކުރުމަށް ބާކީ އޮތް ހަތް ދުވަހު ގަރާރު ކުރިއަށް ގެންދިޔަ ނުދޭން ނަޝީދު އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ.
އެކަމާ ގުޅިގެން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް "މިހާރު" އަށް ވިދާޅުވީ ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް މެމްބަރުން އެ ގަރާރަށް ހުރަސްއަޅަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު މިރޭ ވެސް ޖަލްސާއެއް ބާއްވައިގެން ނަޝީދު ވަކި ކުރަން އެމްޑީޕީން ބޭނުންވި ކަމަށާއި ނަމަވެސް، ޖަލްސާއަށް ބާއްވާ ކަމަށް މެމްބަރުންނަށް ދޭން ޖެހޭ ވަގުތު ނެތީ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި ފަހުން، މަޖިލީހުގެ އިދާރާއިން ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށް ޖަލްސާއެއް ތާވަލުކޮށް، ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އެޖެންޑާކޮށްފަ އެވެ.
‼️🚨 Breaking News
— Hassan Kurusee (@HKurusee) November 9, 2023
Just received news president @MohamedNasheed is sick & might not be able to attend next week’s Majlis sessions.
This is really sad. Because he now won’t be able to use that 3 hours to answer.
We must move ahead with other items in the agenda such as budget. pic.twitter.com/fpWDRBrLZ8
ނަމަވެސް، ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ އަންނަ ހަފްތާގައި މަޖިލީހަށް ވަޑައިނުގަންނަވަން ނިންމަވާފައިވާ އަޑުތަކެއް ދަނީ އިވެމުންނެވެ.
އަދި ނަޝީދު ވަޑައިނުގަނެ، ޑިމޮކްރެޓްސް އިން ރާވަމުންދަނީ ގަރާރު ކުރިއަށް ގެންދިޔަ ނުދީ، ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ޖާގަ ދީފައިވާ ގޮތަށް މުއިއްޒު ހުވާ ކުރެއްވުމާ ހަމައަށް ހަމައެކަނި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުދުފޮށާ
11 November 2023
ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ޑިމޮކްރެޓްސް ހުރަސްއަޅައިފިނަމަ ސްޕްރީމް ކޯޓްގެ ހުކުމުގައި ކޮންމެ އެއްޗެކޭއޮތަސް، އެމްޑީޕީ އަށްވެސް އެއްވެސް ޖަލްސާތައް ( ހުވާކުރުމުގެ ޖަލްސާވެސް) ކުރިޔަށް ދިޔަނުދީ ހިފެހެއްޓޭނެ. ފިސާރި ހަރުތަނެއްގަ ޖެހެންދެން މިފަހަރު ވާނެ ހިފާއްޓާލަން.
ތުހުމަތޭ
10 November 2023
ކީއްވެބާ ތުހުމަތޭ ކިޔަނީ. މާރީތިވާނެ ނަޝީދު ވައްތަރު ޖަހާ މީހަކު މަޖްލިހުގެ ރައީސްކަން ކުރާކަމަށް ލަފާ ކުރެވޭ ކަމަށް ލިޔުނީމަ.
ހިއްވަރާއެކު ވެރިކަމަށް
10 November 2023
ސާބަހޭ ރނަޝީދު ކުޑަހިއްވަރެކޮއްލާ....17ނިމެންދެން ހިފަހައްޓާތި އޭގެފަހުން މުއިއްޒުގެ ހުވަޔަކީ ގާނޫނާ އެއްގޮތަށް ދިޔަ ހުވަޔަކަށް ނުވީމަ އަލުން ވޯޓުލާން ފުރުސަތެއްިބިދާނެތޯއްޗެ...އެހެން ފުރުސަތު ލިބިއްޖެއްޔާ މިފަހަރު ކުރިމަތިލާނީ ރނަޝީދު ޑިމޮކްރެޓިކްޕާޓީއާ މޑޕ ކޯލިޝަނަކުން އޭރުން ތިމައްސްލަހްއްލުވީ ވެރިކަންލިބުމުގެ ފުރުސަތުބޮޑުއޭރުން މިގޮތް މޑޕއަށްވެސް ފައިދާއޮތީ..ވެރިކަން ގެއްލުމުން މޑޕއަށްވެސް ލިބޭނެގެއްލުންބޮޑު.
ކެރެއްލާ
10 November 2023
ޤައުމަށް ހެޔޮއެދޭ ޤައުމުދެކެ ހެޔޮހިތުން ލޯބިވާ ރައްޔިތުންނޭ. ރައްޔިތުންގެ މަޖިލީހުގެ ކުރިޔަށް އޮތް އިންތިޚާބަށް މެންބަރުން ހޮވާއިރު، ގެރިޒުވާބުކުރާ، އަނގަހަޑި، ލަދެއްހަޔާތެއް ނެތް މީހުންނަށް ނޫނެކޭ ބުނަންވީ. ބަސްމަގު ރީތި، އަޚްލާޤު ރަނގަޅު، އަބުރުވެރި، ޢިލްމީ މީހުންނަށް އާއެކޭބުނަންވީ
ބޯގޮވި
10 November 2023
ވެރިކަމައިގެން ހޭބަލިވިޔަސް ބޮޑުވަރު ދެން މަނަމަ ލަދުންވެސް ނުކެރޭނެ. ގޮތެއްނެތަސް އިންސާނުންގެ ސިފަ ގެންގުޅެން ވެއްޖެ އެވަރުންވެސް މީނަވަރުގެ މީހަކު ހަމަ ނެތް
ތުނޑުހަސަނު
10 November 2023
ނަޝީދާއި ނަޝީދުގެ ވިސްނުމުގައި މިތިބެނީ ހާދަހާ ޙަޔާތްކުޑަ ބައިގަނޑެކޭދޯ. ޑިމޮކްރެޓްސްއޭ ކިޔައިގެން މުގާބެ ވެސް ނޫޅޭހާ ޚުދުމުޚުތާރުކޮށް މިއުޅެނީ. މަސީހު ވަކިކުރަން އުޅުނުުއިރު އަންނި ދެއްކި ވާހަކަތައް އޭނާގެ އަނގަޔަށް ވަދެފަ މިއޮތީ. ގައުމަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް.
ރެޓޭ
10 November 2023
އިބޫގެ މޮޅުކަމަކީ މަޖިލީހުގަ ބޮޑުތަނުން މެޖޯރިޓީ އޮވެފަ އުޅެންޖެހިފަވާ ހާލު! 4 އަހަރާ 6 މަސް ދުވަސް ނެގި ނަޝީދު ވަކިކުރާނީތޯ؟ ނުވަތަ ބަހައްޓާނީތޯ؟ މިހާބޮޑަށް މިހާގިނަ ދުވަހު ވިސްނާ ވެރިއެއް އަދި ދުނިޔެ ދެކިފައި ނުވޭ!
އިވައްޓޭ
10 November 2023
ތާރީޚްގަ ފެންނާނެ ފޮޓޯތަކުންނާ ވީޑިއޯތަކުން މުއިއްޒު ހުވާކުރާ ޖަލްސާގަ ހުރީ އިތުބާރުނެތް ރައީސެއް ގަދަބާރުން ކަން
އޮނަރަބްލް އަފީފު ދީދީ
10 November 2023
އިންތިޙާބީ ރައީސަކާއި ނައިބް ރައީސެއްނެތް ސިޔާސީ ޕާޓީއެއްގެ ފަރާތުން "އެޕާޓީގެ މެންބަރުން އެގޮތް ބޭނުންވާކަމަށް ބުނެ" ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ރައީސް މަޤާމުން ދުރުކުރަން ކުރާ މަސައްކަތަކީ ސިޔާސީ ގޮތުން "ރައްޔިތުން ނުވަތަ ޤައުމުގެ މަސްލަހަތަށް ވުރެން ބޮޑަށް" މިދެންނެވި ޕާޓީ ނުވަތަ "ކުރީގެ އެމްޑީޕީ" ގެ މައްޗަށް ހީލަތް ތެރި މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން ގަދަވެގެންތިބި ބަޔަކު ހިންގާން އުޅޭ ކަމެއްކަން އެޕާޓީގެ އާންމު ރައްޔިތުނަށްވެސް އިގޭ.
ޒިހާނިއޯ
10 November 2023
ތިދެން ކާކުތަ ރައްޔިތުން ބޭނުންވާގޮތޭ ކިޔަން. އިތުބާރު ނެތީމަ ދުރަށް ވަޑައިގަތީމަ ނިމުނީ. މަގާމާ ހެދި މޮޔަވީ ހަމަ.
ބުއްފުޅި ދީދީ
11 November 2023
އަފީފްދީދީ، ކޮމެންޓްކުރުން ހުއްޓާލާފަ މަހަށް ވަޑައިގަންނަވަންވީ ނޫންތޯ. ބޮލާނުހޮރުއްޕާން ތިކުރާ ދެކޮޅުނުޖެހޭ ކޮމެންޓްތަކުން. މީވެސް ލަދެއްގަންނަ މީހެއްނަމަ މީނަކުރާ ކޮމެންޓައް މީހުން އެވަރަށް ޑިސްލައިކްދޭތީ ލަދުގަންނާނެ.
ސޭކުސްތާން
10 November 2023
މީނަ ފަހަތުން ދުވާ ބަޔަކުވެސް އެބަ އުޅޭ