އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އުފާވެރި މާލެ" ޖަލްސާ: ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ކިޔަނީ ބަލިވާނެކަން ޔަގީން ވީމަ ކަމަށް އެމްޑީޕީން ބުނޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ސެޕްޓެމްބަރ 2023 - 14:07
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތުކުރަނީ އިންތިހާބުގައި ބަލިވާނެ ކަން ޔަގީންވުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް އެ ޕާޓީން ނުފޫޒު ފޯރުވާ ކަމަށް އަޑުފަތުރަނީ ރިޔާސީ އިންތިހާބުން އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެ ކަން ޔަގީންވުމުން، އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
އިންތިހާބަށް ނުފޫޒު ފޯރުވަން އެމްޑީޕީން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.
އެ ބަޔާނުގައި އެމްޑީޕީން ބުނީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރުމަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޓީމުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އިތުރު ޖޯޝަކާ އެކު އެ މަސައްކަތް މިއަދު ހަވީރު 4:00 ޖަހަން ދެން ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ހަމަވަނީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ.
އެމްޑީޕީން ބުނި ގޮތުގައި، އިންތިހާބަށް ނުފޫޒު ފޯރުވަނީ އިދިކޮޅުންނެވެ. އިދިކޮޅުން އާންމުންނަށް އޮޅުވާލައި، އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މީހުން ދުރު ތަންތަނަށް ރީ-ރަޖިސްޓާކުރަމުން ދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރި އެވެ. އެހެންވެ، ވޯޓު ލާން ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ތަނަށްތޯ ޗެކުކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.
ވޯޓު ލާން ރަޖިސްޓްރީވެފައިވާ ތަން އޮންލައިންކޮށް ޗެކު ކުރެވޭނީ https://pprvr.elections.gov.mv/statuscheck/vr އަށް ވަދެގެންނެވެ. އަދި VR ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްފައި އައިޑީކާޑު ނަންބަރު ޖެހުމަށް ފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ވޯޓު ލާން ރަޖިސްޓްރީވެފައިވާ ތަން ބެލޭނެ އެވެ.
މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާން ދެ ދުވަސް ތެރޭގައި 25،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅުމުން އިދިކޮޅުން ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެއީ ފޭކު ފޯމުތަކެއް ހުށަހަޅައިގެން މި ސަރުކާރުން ރިޔާސީ އިންތިހާބު "ވަގަށް" ނެގުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯރުވާ
17 September 2023
ނުފޫޒް ފޯރުވައޭ ކިޔަނީ ހަމަ ފޯރުވާތީ!
ޖކޖކ
17 September 2023
މާ އަނގަ ގަދަނުކޮށް ނިކަން ރސއްޔިޔުންކައިރީ ބުނެބަލަ، އެރިތްރިއާއިން ހިފރހެއްޓު 2 މަސްބޯޓަށްވީގޮތެއް؟ އެދެބޯޓުވެސް ވިއްކާލުމާ ވައްތަރީ.
އަސްލު ހަގީގަތް
17 September 2023
ބޭނުންވަނީ މިނިވަންކަން މިހާރު ގެ ހާލަތައް ބަލާއިރު ރައްޔިތުންގެ އުޅުން ދިޔައީ ދަށައް ޖީއެސްޓީ ބޮޑުކުރުމާއި އެކު އެއްޗެހީގެ އަގު ދިޔައީ މައްޗައް ލޯނުތައް ނެގިނެގީނުން ޑޮލަރުގެ އަގު ދިޔައީ މައްޗައް އަދި ކޭސްކާޑު ތަކުން ކުރެވޭ ބޭރުގެ މުއާމަލާތް މަހަކައް 250 ޑޮލަރައް ލިމިޓް ކުރީ
ހައްގު މަގު
17 September 2023
ހަގީގަތުގަ ޕީޕީއެމްއައް ވޯޓްލާ މީހުން ގިނަވާނެތީވެ ޕީޕީއެމް މީހުންގެ ވަގު ފޯމު ލައިގެން އެޅުވާލަނީ އެއީ އިބޫ އެބުނާ އެޓޭކް މޯޑަކީ މިހާރުވެސް ބަލިވީ 15000 ވޯޓް ތަފާތުން އެހެންވެ
ޗެކްކުރަންވީނު
17 September 2023
އަހަރެން ޗެކުކޮށްފިން. އަހަރެންގެ ވޯޓުލާތަނެއް ބަދަލެއް ނުވޭ. އެންމެންވެސް ޗެކްކޮށްލާ. އޭރުން އެއްވެސް މައްސަލައެއް ނުޖެހޭނެ. ބޮޑު ޗުއްޓީއެއް ލިބޭއިރު ރަށްރަށަށް ދާންބޭނުންވާ މީހުން ރެޖިސްޓްރީކުރާނެ. އޭގެސަބަބުންވެސް ރެޖިސްޓްރީކުރާ މީހުން އިތުރުވެދާނެ. ހުކުރު ހުޠުބާގައި ބުނިހެން އެނގިތިބެ ދޮގުހަދައި ފިތުނަފަސާދަ ނުއުފައްދާ. އެއީ ބޮޑުވެގެންވާ ފާފައެއް.
ދަންނައޭ
17 September 2023
ވަރަށް ގިނަ ރައްޓެހިންނާ އެކުވެރިން ލައްވައި ޗެކުވެސް ކޮށްފިން، ރަނގަޅަށް ހުރީ. މައްސަލައެއް ނޫޅޭ. އިދުކޮޅު މީހުން މިބާވަތުގެ ވާގަކަ ދައްކާތީ ހަމަ ވަރަށް ކަމުނުދޭ. މުއިއްޒުއަށް ވޯޓެން ދޭންކަމަށް މިވިސްނަނީ، ރަނގަޅު ކެމްޕޭނެއް ކުރާތީ އަދި ބަދަލެއް ދެކިލަން ބޭނުންވާތީ. އެކަމު މި ޖައްސަނީ ހަމަ ކުރިން ޖެެއްސިކަހަލަ ފިތުނަވެރި ކަންތައްތައް. ތިބުނާ ގޮތަށް ވޯޓަށް ނުފޫޒު ފޯރުވޭނަމަ އެއްބުރުން އިބޫ ހުންނާނީ ނަގާފައެއްނު؟ ނުވިސްނޭތަ؟ މުއިއްޒު ރަނގަޅުކުރޭ!
ސަސި.
17 September 2023
ކުރިއަށް ވާން ހުރިކަމެއް މަށަކަށް ނޭންގެ. ވޯޓު ގުނީމަ އެނގޭނީ.
ހެކިވެރިޔާ
17 September 2023
ރީ-ރެޖިސްޓްރީ ވާ މީހުން ގިނަކަމުން ޕީ.ޕީ.އެމް މިހާ ކަންބޮޑުވަނީ ކީއްވެބާ ؟ ހަގީގަތުގައިވެސް ، އެމް.ޑީ.ޕީ އަށް ވޯޓްލާ މީހުން ގިނަވާނެކަމަށް ފެންނާތީ ބިރުހީވަނީބާ ؟
ޖކޖކޖހ
17 September 2023
ޥޯޓެއް ގިނައެއް ނުވާނެ. 85 ހާސް ލިބޭނެކަމަށް ބެލެނީ.
ޔަހޫހާ
17 September 2023
އެޓޭކް މޯޑަކީ ވޯޓްލާތަން އޮޅުވާލުމާއި ވަގު އައިޑީ ކާޑު ހެދުން އަދިކިރިޔާ ގެޓް މިވީ
ހައިލަމް
17 September 2023
ވަރަށް އަނގަފަޅައިފި. މޮޅު ޗައްކަރެއް ޖައްސަން މިއުޅެނީ. 40 ހާސް މީހުންނަށް ވޯޓު ނުލެވޭގޮތް ހެދުމޯލަ މިވެރިންގެ ޓާގެޓަކީ. އައިޑީކާޑް ގަނެގެނާ ރީރެޖިސްޓްރޭޝަނުން ވާނެކަމަށް މިވެރިން މިބަލަނީ. ދެން ކުރަންޖެހޭނެ ކަމަކީ އިތުރަށް ވަގު ވޯޓުކޮޅެއް އަޅާލުން ކަމަށް ބުނަނީ.