ފަސްޓް ލޭޑީ ފަޒްނާ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ކެމްޕއިން ކުރައްވަނީ.
17 ސެޕްޓެމްބަރ 2023 - 20:15
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަަށް މިއަދު ވަޑައިގަތުމުން، އިދިކޮޅު ބަޔަކު އެ ކަމަނާ އަށް ފުރައްސާރަ ކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ފަޒްނާ ވަޑައިގަތީ މިއަދު ހަވީރެވެ.
ފަޒްނާ އެ ސަރަހައްދަށް ވަޑައިގަތުމުން އެ ކަމަނާއާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، އަޑު އުފުލި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުގައި ފަޒްނާ އަށް ނިސްބަތްވާ ގޮތަށް ވަރަށް ހަޑިހުތުރުކޮށް ފުރައްސާރަ ކުރާ އަޑު އިވެ އެވެ. ހުޅުމާލެ 2 އަށް ފަޒްނާ އަށް އަރާވަޑައިނުގެންނެވޭނެ ކަމަށް ވެސް އެ މުޒާހަރާގައި ބައިވެރިވި މީހުން ގޮވަމުން ދިޔަ އެވެ.
ހިޔާ ޝަހަރުން ފަޒުނާއަށް ކީ މަރުހަބާ pic.twitter.com/Vsw1o5w40e
— Midhuam Saud(米渡)🇲🇻 (@midh_am) September 17, 2023
ފަޒްނާއާ ދެކޮޅަށް އަޑު އުފުލި މީހަކު ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރި ތަން ވެސް ވީޑިއޯއަކުން ފެނެ އެވެ.
ފުލުހުގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ތުހުމަތުގައި ކަމަށެވެ. އެކަމަކު، އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ އަށް ފުރައްސާރަކޮށް، ހުތުރު ބަހުން މުހާތަބު ކުރިޔަސް އެ ކަމަނާ ވަނީ ބައެއް ފްލެޓްތަކަށް ވަޑައިގެން ފިރިކަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރައްވައިފަ އެވެ.
ހިޔާ ސަރަހައްދަށް ފަސްޓް ލޭޑީ ވަޑައިގަތުމުން އިދިކޮޅުގެ ބަޔަކު ކަންތައް ކުރި ގޮތުން އެމްޑީޕީގެ މެމްބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކަށް މިނިވަންކަމާ އެކު ކެމްޕެއިން ކުރެވޭނެ ކަމަށެވެ. ފަސްޓް ލޭޑީ އަށް ހުރަސް އަޅައި ހަމަލާދޭން އުޅުނު ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
ހިޔާ ފްލެޓު ސަރަހައްދަކީ ވަކި ބައެއްގެ ބާރުހިނގާ ސަރަހައްދެއްނޫން. ކޮންމެ ރައްޔިތަކަށް މިނިވަންކަމާއިއެކު ކެމްޕޭނު ކުރެވޭނެ.
— Ahmed Mahloof (@AhmedMahloof) September 17, 2023
ފަސްޓް ލޭޑީ ފަޒްނާ އަށް ހުރަސް އަޅާ އަދި ހަމަލާދޭން މިއަދު ހިންގީ ވަރަށް ފިނޑިއަމަލެއް. މެޑަމް ފަޒްނާގެ ހިތްވަރަށް ސާބަސް.
އަޅުގަނޑުމެން މިތިބީ… pic.twitter.com/ZTSFGxrlSB
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަތަމަ ބުރުގައި މަދުން ވޯޓު ލިބިވަޑައިގަތުމުން ވަނީ އޭގެ ސަބަބުން ދަނެގަނެ ކެމްޕެއިން ވަރުގަދަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
19 September 2023
އެއީ ރާއްޖެއަށް ތައާރަފް ވެފައިވާ ޑިމޮކްރެސީގެ ސަބަބުން ހިނގާ ހުތުރު ކަންކަމެވެ. ފަސްޓް ލޭޑީ ގެ ބައްޕަ ކުރިކަމެއްގެ ރައްދުގައި އެކަމަނާއާ ދިމާއަށް އެއްޗިހި ކިއުމަކީ ރަނގަޅުކަމެއްނޫނެވެ. ފަސްޓް ލޭޑީ އާދިމާކުރި މީހާއާ އެއްކޮޅަށްތިބި ފަރާތްތަކުން، އެބައިމީހުންގެ މައިންބަފައިން ކޮށްފައިވާ ގޯސް ކަންކަމުގެ ބަދުނާމު އެބައިމީހުންގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލުން ރަނގަޅެވެ.
ބސ877
18 September 2023
ވަރަށް ދަށުދަރަޖައިގެ އަހުލާގުދަށް ބައެއް ޕީޕީއެމްތީ ފެނިފަ ދެކިފަ ހުރިކަންކަންތީ، ހަމައެއްލަމައެއްއޮންނަބައެއްނޫން ތީކީ، ކަމުދާބައެއްނޫން އެއްގޮތަކަށްވެސް
ފުރައްސާރަ
18 September 2023
ފުރައްސާރައަކީ މީގެ 15 ވަރަކަށް އަހަރު ކުރިން އެމްޑީޕީން ފެށި ކަމެއް. އަދި 2012 ގައި ސިފައިންނާ ފުލުހުންނަށް ފުރައްސާރަ ކުރުން އޮތީ ހައްދުން ނެއްޓިފައި. ފުލުހުންނާ ސިފައިން ފަހަތުން މަނީ މަނީ ސަރ، ބާޣީ ބާޣީ ގޮވަމުން ދުވީ. އަދި މިހާރު އެއީ ވަކި ޕާޓީއަކަށް ވަކި ޖަމާޢަތަށް ވަކި ފަރުދަކަށްވެސް އޮތް ކަމެއް ނޫން. މުޖުތަމަޢުގެ ގިނަ މީހުން ތިބީ ފުރައްސާރަކުރުމުގައި ހައްދުން ނެއްޓިފައި. އެއީ މިހާރު ބައެއް މީހުން އުފާވާ އެމީހުންގެ ފެޝަން.
މަސިހް
18 September 2023
ބަގާވާތް ކުރުމާ ފުރައްސާރަ ކުރުމަކީ ދެކަމެއް. އޮޅުވާލަން ނޫޅޭ. ފެބުރުއަރީ 7 އަދި ނުދެ ދިވެހިންގެ ހަދާނަކުން
ޖަހަމް
18 September 2023
ޕީ÷ީއެމްގެ އަސްލު ސޫރަ.
ޔާހޫ
18 September 2023
ވާހަކައެއް ދައްކާނެ ކަމެއް ނެތް. އަޅުގަނޑު އުޅެނީ ހުޅުމާލެ ފޭސް 2 ގައި. ތިޔަކުރި ކަމަކުން ލަދުގަނެ ތިޔަމީހުންގެ ފެންވަރު ފެނިއްޖެ. ސޮރީ.... ދެން އަޅުގަނޑު ވޯޓު ދޭނީ އިބޫ އަށް.
އިނގުރޭ
18 September 2023
ކޮބާހޭ މިއަދު އެއުޅޭ އަކުރަމު ނެރެވޭތޯ އުޅޭ ދާއީމީ ފުލެޓު ލިސްޓު. ތިޔަދެން އަވަސްކުރާށޭ ވޯޓު ބޭނުންވަންޔާ. މިއަދު ނުވިއްޔަކާ ކަލޭމެނއނަކަށް ދެން ތިކަމެއް ނުވާނޭ.
ޢަދަރ ނިއުސް
18 September 2023
‘ވާދަވެރިންނަށް ރައްދު ދިނުމުގެ ގޮތުން ދަށު ދަރަޖަ އަށް ނުވެއްޓެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ’ ޙެހެހެ
ލަޔާނު
18 September 2023
ފުރަތަމަ ބުރުގަ ރައްރަށުން ޕޕ ކުދިން ދެމިބެނަާ ތައްވެސް ޕޮލިސް ފޮނުވާ ގެން ނެގީ
ބިސްބުރި
18 September 2023
ސިޔާސީ ކަންކަމަށް ނިކުންނަ އިރު ފުރައްސާރަޔަށް ރެޑީވެގެން ނިކުންނަން ޖެހޭނީ. ރާއްޖޭގެ މާހައުލު އޮތީ އަދި އެހެން. އެއީ އެމްޑީޕީއެއް ޕީޕީއެމެއް ތަފާތު އޮތް ކަމެއް ނޫން.
ވިޔާނުދާ ވިސްނުމެއް
18 September 2023
ތި އުސޫލުން ވިސްނަންޏާ ގެއިން ބޭރަށް ނުކުންނަންވާނީ ވެސް ގޭންގު މީހަކު ވަޅި ޖަހައިފާނޭކަމަށް ރެޑީވެގެން. ނިދަން ވާނީ ހޭލަން ރެޑީވެގެން. މިކަހަލަ ދެއުޅި އެއްނުވާ ވާހަކަ ތިޔައީ. އެއްވެސް ބަޔަކަށް ފުރައްސާރަކުރާކަށްނުޖެހޭނެ. ތަހުޒީބުކޮށް ކެމްޕޭން ކުރެވެންވާނެ. ކޮންމެ ބަޔަކަސް
ރޯޒަސް
18 September 2023
ފުރައްސާރަކުރުމާ ލަދުހަޔާތްކުޑަކޮށް މުޖުތަމަޢުއަށް އެކަށީގެންނުވާ ހުތުރު ބަހުރުވައިން ހަވަރަށް ދިނުމަކީ ދެކަމެއް. ދެން މުއިއްޒު އަންހެނުންނަށް ވީތީ އޭނަ މަގުމަތިން ދާއިރު މީހުން ހުތުރުބަހުން ފުރައްސާރުކޮށްލީމައި ކޮންތާކުތޯ ޖެހޭނީ؟
ޙަޤީޤަތް2023
18 September 2023
ޕީޕީއެމް މީހުންގެ އަޚްލާގެއް ނެތީ. މާހައުލޭކިޔާނެ ކަމެއްނެތް. މުއިޒުވެސް އިހަކަށް ދުވަހު އަލަށް އެދިޔައީ ހިޔާ ސަރަހަށް ދަށް ސަލާންޖަހަން. އެމް.ޑީ.ޕީ މީހުން ނުދޭ ފަހަތުން ހަޅޭލަވާކަށް. ވަރަށް ދަށު ދަރަޖައިގެ އަމަލެއް އެކުރީ ކުޑަކުދިންވެސް ކުޅެން ޕާކުގަ ތިއްބަ ކުޑަ ކުދިން ނާ ނުގުޅޭ ހުތުރުބަހުން ހަޅޭލަވަމުން ދިއުމަކީ. ފްލެޓް އެއީ ޕީޕީއެމް މީހުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން އެޅިތަނެއް ނޫން.
ޔަސީރު
18 September 2023
ފުރައްސަރަކޮއް ގަޔަށް ބޮލަށް އެރިގެން ނުވާނެ ޕޮލިޓިކަސް. ނާތަހުޒީބު ގައުމެއް ނޫން މިއީ.
ބޮޑުރިޔާ
18 September 2023
އެއީ ވަކިބަޔަކުތަނެއްނޫން އިއީ ދިވެހިރައްޔިތުންގެ ތަނެއް އަހަރެމެން އެމްޑީޕީ މީހުންލޭކައްކުވަންނޫލޭ އަހަމެންނުކުންނަށް ނުކެރި މަޑުންމިތިބެނީ ނުކެރިގެންނެއްނޫން ތިޔަގޮތަށް ދިމާ ކުރަންވެއްޖެއްޔާ އަހަރެމެން މާ ހަޔާތްކުޑަވެފާ ކިޔާނެއްޗެހި ވެސް ގިނަވާނެކަން ހަނދާންކުރާތި ތިޔަ ހިޔާފުލެޓްގަޑު ލިބުނީވެސް މިސަރުކާރުން ވަކިއަތަކަށް ނުޖެހި ދިނީތީ އެކަމަށްވެސް ތިވަނީ ހަރާމްކޯރު ފާތުމަ ލިސްޓަށް ދިންނަމަ މިހާރު ތިތާއުޅޭ ގިނަމީހުންތިބޭނީ އަދިވެސް ބޮޑުކުލީގަ
ކުޑަރިޔާ
18 September 2023
ބަލަ މިސަރުކާރުންނެއްނޫންތަ އެތަނުން ބޮޑުކުލި ނަގަންފެށީ؟ 5600އިން 8500އަށް ބޮޑުކުރީކޮންބައެއްބާ؟