މާލެ- 27 މެއި 2019: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމާއެކު: ޑިމޮކްރެޓުން ހުށަހަޅާފައިވާ ބަރުލަމާނީ ގަރާރު އަވަސްކުރަން އެމްޑީޕީ ޕީޖީން އެއްބަސްވެފައިވާ ކަމަށް ނަޝީދު ވިދާޅުވޭ --.ފޮޓޯ:ނިޝާން އަލީ/މިހާރު
18 ސެޕްޓެމްބަރ 2023 - 12:39
ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރަން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ ބައެއް މެމްބަރުން ހާޒިރު ނުވާތީ ޖަލްސާ ނުބޭއްވޭ ހާލަތުގައި ވަނިކޮށް، ނަޝީދު ވިދާޅުވީ މަޖިލީހުގައި ގިނަ މުހިންމު މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބަރުލަމާނީ ގަރާރުގެ ވާހަކަ ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ އެ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މެޖޯރިޓީ ލީޑަރު [އަސްލަމް] ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެގޮތަށް އެއްބަސްވެވަޑައިގަތުމުން، ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރަށް މާދަމާ ބަހުސް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު މި އަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސް އިން ވަނީ، މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަށް ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
20 September 2023
މިދެން ކިހާ ދެރަކަމެއް. ބަރުލަމާނީ ގެންނާކަށްނުޖެހޭ
ޢެމެރިކާ
18 September 2023
ކޮރަޕްޓު ނިޒާމެއް
ސަލާމީ
18 September 2023
ކިހާބޮޑުކަމެއްތަ. ރައްޔިތުން ތި ބަރުލަމާނީ ބޭނުން ނޫންކަމަށް އާ ގާނޫނު އަސާސީ އެކުލަވާލިއިރުވެސް ރައްޔިތުންގެ ވޯޓުން ބުނި. އަނެއްކާވެސް މިއައްނި މިއުޅޭގޮތުން ރައްޔިތުން މީނަދެކެ ފޫހިވުން ނޫންކަމެއް ނުހިގާ.
ނޭދެމޭ
18 September 2023
ތިޔަވޯތެއް ނަގަން ރައްޔިތުނއނެއް ބޭނުމެއް ނޫނެވެ. ނަޝީދު ބޭނުންހާކަމެއް މިޤައުމުގައި ކުރާކަށް ނުޖެހެއެވެ.
ބޮޑުމީހާ
18 September 2023
މައްސަލަތައް އުޅެނީ ނިޒާމަކު ނޫން. ކުރަންޖެހޭ ކަަމަކީ ގާނޫނު ތަންފީޒުކުރުން. އެމެރިކާގައި ވެސް ނެތްހާ ގިނަ މުއައްސަސާތަކާއި ގާނޫނުތައް މިގައުމުގައި އެބަހުރި. އެތަންތަން މޮނިޓަރކޮށް މަސައްކަތްކުރޭތޯ ބެލުމަކީ މަޖްލިސްގެ ޒިންމާއެއް. ނިޒާމަށްވުރެ ބޮޑަށް ތި މަޖްލީހަށް ކިޔަވައިގެން ތިބި ތަންދޮރު ދަންނަ ބަޔަކު ވައްދައިގެން މެނުވީ ހައްލެއް ނެތް
ހައްސާނާ
18 September 2023
ބަރުލަމާނީ ވޯޓުނަގަން އެމްޑީޕީން އެއްވަސްވެއްޖެނަމަ ހަމަ ޔަގީނުންވެސް އަހަރެންގެ ވޯޓް 2 ވަނަ ބުރުގައި އިބޫ ސޯލިހުއަކަށް ނުލިބޭނެ!
ނޯމޯރޯ
18 September 2023
މިހާރު ތިޖެހުނީ މިކުޅޭ ކުޅިގަނޑަށް ތާއީދު ކުރާ ހުރިހާ މެމްބަރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުން ބޮޑުތަނުން ބަލިކުރަން. އެ ހެޔޮ މަގޭ ޕާޓީ އަކަސް. ހާދަ ފޫހި ވެއްޖޭ
ފަޒްލީނާ
18 September 2023
މީނާ ވީ އަވަހަށް ޖަލަށް ލާފަ ބަހައްޓަން. ޢެހެންނޫނިއްޔާ މީނާގެ ކިބައިން ސަލާނަތެއް ނެއް ގައުމަކަށް
އިސްރަށްވެއްސެ
18 September 2023
ދިވެހިރާއްޖެ އަށް މިވަގުތު އެންމެ ރަނގަޅުގޮތަކީ ' ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސި މުފައްކިރު މުހައްމަދު ނަޝީދު އާއި ރާއްޖެ ދުށް އެންމެ ހިންގުން ތެރި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ' އެކަޗެކޭ ކިޔައިގެން ކުރިއަށްދިޔުމެވެ. ކުރިއަށް ' ކުރިއަށް ' ބާރަށް ކުރިއަށް ދެ ބޭފުޅުން ވަޑައިގަންނަވާ..
މައިތިރިވޭ
18 September 2023
ތެޅި ފޮޅެނީ , ވެރިކަން ނުލިބިގެން. އެގޭކަމަކީ ތެޅުނު ތެޅުނުހެން ހުޅުނބު ފައިބަމުން ދާކަން.