އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ: މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
18 ސެޕްޓެމްބަރ 2023 - 15:28
މިސްކިތަށް ދިޔަ މީހެއްގެ ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ހުކުމް އައީ ސޯސަންމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލް އިބްރާހިމަށް މިދިޔަ އޭޕްރީލް މަހު އިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެ، އިސްލާހުވެގެން މުޖްތަމައުއަށް އަނބުރާ އަންނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ދަށްކޮށް، އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މިސްކިތުން ފައިވާން ވަގަށް ނެގުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ދައުވާ ކުރަނީ މަދު ފަހަރެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެދެ12
19 September 2023
މާޝާ ﷲ..ހިކުމަތްތެރި ކެތްތެރި ވެރިންނަށް ދަރުމަ ހުރި
ޖަޖ89
18 September 2023
ކޮބާ އިބުރާހިމް ކިހާ އަދުލުވެރި އިންސާފުވެރި.. މޫނަކަށް ކަނދުރާއަކަށް ނުބަލާނެ މި ރައީސް އެއް.. 10 ދައުރު ވެސް ދޭން ޖެހޭ
ރަދީފްއޮފިޝަލް
18 September 2023
ވަރަށް ރަނގަޅު އަދަބެއް.އެއްދުވަހު 02 މިސްކިތުން މަގޭ ފައިވާން ގެއްލުނު. އެދުވަހު އަހަރެން ހާދަ ހިތާމައެއް ކުރީމޭ.ހުސްފައިގަ ގެއަށް ދާން ޖެހުނީމަ.
ކަތްދައްތަ
18 September 2023
ފައިވާން ދެކިބަ ނެގިމީހާ ޖަލަށް. އަހަރަމެންގެ ރައްޔިތުންގެ ޓެކްސް ނުދައްކާ ތިބި ރިސޯޓް ވެރިންނަށް 2 ބިލިޔަން މަޢާފު. ނައިސްވޭ. ބޮޑުކެކުރި ކުޑަކެކުރި.
ފަހުދު.
18 September 2023
2 ބިލިޔަނެއް ނޫން. 4 ބިލިޔަން
ކޮމެންޓޭ1
18 September 2023
މީދެން ކިހާދެރަކެމެއް ތިމައްސަލަ ހުކުމަށް ގެންދިއުމަށް ކިތައް ހާސް ރުފިޔާ ބާ ޚަރަދު ކުރީ. ދެންވީ އަދި ދޮޅުމަސް ދުވަސް ވަންދެން އަނެއްކާ އޭނައަށް ޚަރަދު ކުރަން، މިއަށް ވުރެ ރަނގަޅަށް އަދުލު އިންސާފު ގާއިމު ކުރެވެންވާނެދޯ.
ޑިވެހި
18 September 2023
ފައިވާނެއް ، ކޮފީ ފުޅިއެއް ، ރިހާކުރު ފުޅިއެއް ނަގައިފިއްޔާ ހުކުމް އަންނާނެ ހުކުމުގައިވާ ހުކުމް އޮންނަ ގޮތަށް ތަންފީޒުވެސް ވާނެ ،، ދައުލަތް ދަވާލީމައި 35 އަހަރުގެ ހުކުމެއް ކޮށް ، މިނިވަނަކަށް ނުލިބޭހާ އިނާޔަތާއި އެކީ ސިންގަރޕޫރުގައި ލަގްޒަރީ ދިރިއުޅުމެއް ލިބޭނެ..
ބްރަދަރ
18 September 2023
ފައިވާނެއް ނެގީމަ ވާނީ ތިހެން، މިސްކިތް ވަގަށް ނެގިނަމަ ސިންގަޕޫރުގަ މިހާރު ހުންނާނީ.
ޛސޖސ
18 September 2023
ތީނަ ޖަލަށްލި މުދަތު އަދި ކުޑަ، ތިޔާ އެކީގަ އެސޮރަށް ހަކުރުބަލީގެ ފަރުވާއަށް ހުކުމް ކުރުން ރަނގަޅު.
ބޮޑުމީހާ
18 September 2023
ބިލިއަނުން ވައްކަން ކުރި މީހުން ސިންގަޕޫރުގަ. އިޖްތިމާއީ އަދުލު އިންސާފު މިއަަށްވުރެ ޒިންމާދާރު ކަމާއިއެކު މަސައްކަތްކުރަންޖެހޭނެ. ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ތި މީހަކަށް ލިބުނުނަމަ ތި ފައިވާނެއް ނަގާކަށް ނުޖެހުނީސްކަންނޭގެ. ވައްކަމާއި ކޮރަޕްޝަނުން ގެއްލޭ ފައިސާއަކީ އެތައް ބައެއްގެ ހައްގެއް. މިގައުމުގައި ކޮރަޕްޝަން ހިންގާވަރަކަށް އެމީހާގެ ފޭންބޭސް ވަނީ ބޮޑު.
ގޫޑު
18 September 2023
ތޭންކް ޔޫ ފަނޑިޔާރު އެންޑް ޕީޖީ އެންޑް ފުލުހުން. ރަނގަޅަށް ތިކަން ކުރަންޏާ އަދި އުޅޭނެ 10 ވަރަކަށް ވަގުން މާލެ ތެރޭ.