ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ވިނަރެސް ފްލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް

ރައީސް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރާނެ ކަމަށް ވިދާޅުވި

20 ސެޕްޓެމްބަރ 2023 - 00:04

48 comments

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި މިރޭ ގަލޮޅު ކަންމަތީ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓާ ގުޅޭ ގޮތުން އެ މަނިކުފާނާ ހަމައަށް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެ ޝަކުވާއަށް ވަރަށް އަވަހަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވޭނެ ހެޔޮ ބަދަލެއް ގެނެސްދޭނަން، އެކަން ވެސް އަޅުގަނޑުމެން އިއުލާން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ހަމަ އެގޮތަށް އެމްޕީއެލްގެ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ވެސް ހެޔޮ ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހައުސިންގެ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ގައުމީ ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށް 16،000 ފްލެޓް އެޅުމުގެ މަސައްކަތް އަންނަ ދައުރުގައި ނިންމާނެ އެވެ. މިހާރު 4،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާއިރު 4،000 ފްލެޓް އަޅަން ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ބާކީ ބައި އަންނަ ދައުރުގައި ނިމި، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލޭގެ ރަށްވެހިންނަށް 19،000 ގޯތި މިހާރު ވެސް ދޫކޮށްފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ އެންމެންނަށް ހާއްސަކޮށް އާ ހައުސިން ސްކީމެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް ވެސް މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދެވޭނެ އެވެ.

"މި ސިޔާސަތުތައް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. މާލޭ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ދާއިމީ ހައްލެއް މި ސިޔާސަތުން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

48 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަމާޝާ

20 September 2023

ފަސް އަހަރުގެ ކުރި އަނިޔާ މުއިއްޒުގެ އަގައިން ދެއްވި އެންމެ ބަހަކުން މިހިރަގެން ފެނިގެންދަނީ. ސޯލިހު ފޭލިވެއްޖެ.

The name is already taken The name is available. Register?

އމމމމމމމމމމމމ

20 September 2023

20،000 ރުފިޔާ 25 އަހަރަށް ބަހައިގެން ދައްކާ ނިމޭއިރު އިންނާނީ 6 މިލިަން ރުފިޔާ ދެއްކިފަ. މިއީ ތަނުގެ އަސްލު އަގުގެ 3 ގުނަ އަށްވުރެ ބޮޑު އަދަދެއް.މިއީ ހަމަ ކަނޑައެޅިގެން ރިބާ

The name is already taken The name is available. Register?

ދައުރު

20 September 2023

އިތުރު ދައުރެއް ދޭންވީ ވަގުތު ހިނގާ ކަންކަމަށް. ކުލި މިހާރުން މިހާރަށް ކުޑަ ވާންޖެހޭ. އެއީ ދެން ވެރިކަމަށް އަންނަން ވާދަކުރާ މީހާ ބުނީމަ ބުނާ އެއްޗަކަށް ހަދާކަށް ނުޖެހޭ. ތިޔައީ ފުއްދަން ބުނާ ވައުދެއްނަމަ ފުއްދަންވީ މިހާރު. ނުވާންވީ ސަބަބެއް ނެތް.

The name is already taken The name is available. Register?

ގައުމީ ދޫ

20 September 2023

މާތްﷲ ގެ ރަޙްމަތާއި މަދަދަށް އެދޭކަމުގައިވާނަމަ، އެންމެ ފުރަތަމަ ކަމަކަށް އެޗްޑީސީއިން އެ ނަގާ %9 ރިބާ ކަނޑާލައި ހިންގުމުގެ ޚަރަދުގެ ގޮތުގައި ޖުމްލަ އަގުގެ % އެއް ނަގަންވީނު! އޭރުން ވަގުތުން ކުލި އަތްފޯރާ ފަށަށް ތިރިވާނެ! ބޯހިޔާވަހިކަމުގައި ރިބާ އެކުލެވިގެންވުމަކީ ރައްޔިތިންގެ ދިރިއުޅުން އާރާސްތުކުރުމަށް އޮތް ހުރަހެއް

The name is already taken The name is available. Register?

ޙުމްއއއއއ

21 September 2023

އަސްލުގަވެސް. ސީދާ އަގު އެކަނި ނަގާ ގޮތަށް ހަދާނެ ނަމަ ދޯ ރައްޔިތުންނަށް ހެޔޮ އެދެންޏާ. ޢިންޓްރެސްޓާ ހުރެ އެހާ ބޮޑީ.. 2 މިލިއަންވެސް އޯކޭ އިންޓެރެސްޓް ނުލާ

The name is already taken The name is available. Register?

ދާލު

20 September 2023

ވަރަށް ރަނގަޅު ނިންމުމުމެއް. އަހަންނަކީ ފެށުނީއްސުރެ މައުމޫނުގެ އަނިޔާވެރިކަމުން، ޔާމީނުގެ އަނިޔާވެރިކަމަށް ވަރަށް ނަފުރަތުކުރި އމޑޕ އަށް ވަރަށް ސަޕޯޓުކުރި މީހެއް، މާލޭމީހުނަށް ހިލޭގޯތިދިނީމަ ވީފޫއްސެއްގެ ބޮޑުކަމުން ވޯޓުލާން ނުދަން. ދެވަނަބުރުގަ ހެނދުނު ހެނދުނާވޯޓުލާން ދާނަން އިންޝާﷲ، އެކަމަކު ތިއިން ލިސްޓެއް ނެރެފަ ނަން އިނިއްޔާ

The name is already taken The name is available. Register?

ޞބބބވ

20 September 2023

އަހަރެންވެސް މިހުރީ ހަމަ ތިހެން

The name is already taken The name is available. Register?

ދާލަށް

20 September 2023

މައުމޫނުގެ އަނިޔާވެރިކަމަށް އެހާ ނަފްރަތުކުރިއިރު މައުމޫނާވެސް ކޯލިޝަން ހަދައިގެން އެމްޑީޕީން ވެރިކަންކުރިއިރު އެމްޑީޕީއަށް ނަފްރަތު ކުރާކަށް ނޭނގުނުތަ. އަދި މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ އެއްވެސް ކަމެއް އެއްގޮތަކަށްވެސް ނުބަލާ 5 އަހަރުގެ ދައުރެއް އެމްޑީޕީން ނިންމާލިއިރު އެކަމަށްވެސް ރުހިގެން ހުރީ؟ ފޫހިވީ ހަމައެކަނި ގޯއްޗަކާ ހިސާބުން..

The name is already taken The name is available. Register?

5789

20 September 2023

ތިކަން ކުރަންޏާ މިއަދު، މިހާރު ކޮށްލަބަލަ. ތިއީ ރައީސް ކަންކަން ކުރަން ލަސްކުރާކަށްނުޖެހޭ. ތި ކުޑަކުރާ އަދަދުތައް ނިކަން އާންމުކޮށްލަބަލަ.

The name is already taken The name is available. Register?

މަބުނި

20 September 2023

ނުފުއްދޭވަރުގެ ވަޢުދުވީމާ، ނުފޫޒުގަދަ މީހުންނާއި ޤައުމުތަކުގެ ނުފޫޒަށް ލެނބެން މަޖުބޫރުވެއެވެ. ‏އަމިއްލަފައިމައްޗަށް ތެދުވެވުނީމާ ވާން ރަނގަޅު ވަޢުދު، އޭގެ ކުރިން ވީމާ ދެން ޖެހެނީ ނުފޫޒުތަކަށް އަމާންދޭށެވެ.

The name is already taken The name is available. Register?

ސޯލިހެއްނޫން ސޮހޮލެއް

20 September 2023

ތިޔަކަހަލަ އޮޅުވާލުންތައް ހުންނާތީއޭ އަހަރެމެންނަށް އިބުރާހިމް ކަމުނުދަނީ. ތިކަން އެނގޭނަމަ އަހަރެމެންވެސް ތި ފްލެޓްތަކަށް ކުރިމަތި ލާނަންވިއްޔަ. މިހާރު ލިބިފަ އެތިބީ މިހާރުގެ ކުލީގަ އެތަންތާނގަ އުޅެވޭނެ މީހުން. ދެން ހަމަ އިންތިހާބަށްވީމަ ރުފިޔާ ބަހާފަ އަނެއކާ ކުލިވެސް ކުޑަކުރަން ތިޔަކަންވެސް އޮންނަން ވާނީ ކުރިން އެނގިފަ. އެހެންނޫނަސް އިބުރާހިމް ނުޖެހޭ ދޭނަން ކިޔާކަށްވެސް ދިނީމަ ނިމުނީނު. ހުރިހާ ބާރެއް އެބައޮތް.

The name is already taken The name is available. Register?

ހަސަނާސަނާ

20 September 2023

ބިޓު ކެޓީމަ ދެން ތަރިބާލައިދޭނެ ކަމެއްނެތް ދޯ! ދެން އެހެން މަންޖެޔެއް ހޯދާ!

The name is already taken The name is available. Register?

ބބވޗޗޗ

20 September 2023

ވިނަރެސް ފްލެޓް ލިބޭ މީހުންތެރޭ ނަން އޮތަސް އަދިވެސް އެގްރީމެންޓެއް ހެދުނީއެއްނޫން. ވިނަރެސް ނިމިފަ ހުންނަތާ ކޮންދުވަހެއްތޯ. އިންތިހާބުގެ ކުރިން އެތަނަށްލާފަ ތިބީ ހަގީގަތުގަވެސް ގިނަފައިސާ ގެންގުޅޭމީހުންތޯ ނޫންތޯ ބަލާފަ އެމީހުންނަށް އެކަށީގެންވާ އަގަކަށް އެތަނަށް ވެއްދިނަމަދޯ. ވިނަރެސް އަށް އަހަންނަށް 22 ހާހެއް ނުދެއްކޭނެ. ދިހަހާސް ނުވަހާސް ވަރު ފުދޭ އެ ތަނުގެ ޖާގައަށްބަލާފަ

The name is already taken The name is available. Register?

ސަކީނަ

20 September 2023

22 ހާސް ދައްކަން ޖޭހޭކަން އެނގޭދޯ އެޕްލައި ކުރި އިރުވެސް. ގިނަދިވެހިންގެ ހުންނަ ސިފައެއް ލިބޭމިންވަރު ނުދަތުން. ދެން އަބަދުވެސް އެޕްލައިކޮއްފަ މައްސަލަޖެއްސުން. ނުކިބުނަސް ގެންގުޅެންބޭނުންވަނީ އެންމެ ފަހުގެ އައިފޯނާއި، ސައިކަލު

The name is already taken The name is available. Register?

ނޯޯނޯނޯ

20 September 2023

އަގު ބޮޑުވެ އެޕލައި ނުކުރި މީހުން އަށް ހުރިހާ ގެއްލުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454