20 ސެޕްޓެމްބަރ 2023 - 22:17
އެމްއައިބީ މެދުވެރިކޮށް ފައިނޭންސް ކޮށްގެން އިންޖީނު ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ އެމްއައިބީ އާއި އެމްޓީސީސީއާ ދެމެދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޔަންމާ އިންބޯޑު އިންޖީނު 35 ހޯސްޕަވަރުން 1400 ހޯސްޕަވަރާއި ދެމެދުގެ އިންޖީނުތަކަށް ފަސް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި 2.5 ހޯސްޕަރުން 325 ހޯސްޕަވަރާ ދެމެދުގެ ސުޒުކީ އައުޓްބޯޑު އިންޖީނަކަށް އަށް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
އެމްއައިބީގައި އެކި ފައިނޭންސިން ފެސިލިޓީ ހުރެ އެވެ. އޭގެ ތެރެއިން އެންމެ މަގުބޫލު އެއް ފެސިލިޓީ އަކީ “އުޖާލާ ދިރިއުޅުން” ފައިނޭންސިން އެވެ.
އެމްއައިބީ މެދުވެރިކޮށް ފައިނޭންސްކޮށް ގަންނަ މުދަލަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭނެ އެވެ. އެމްއައިބީހެ ފައިނޭންސިން ފެސިލިޓީތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަވަނަސިރީ
21 September 2023
ކަސްޓަމަރ ސާވިސް ރަނގަޅުކުރުން މުހިއްމު. މިހާރު އެމް.އައިބީގެ ފޯނެއްވެސް ނުނަގާ ފަސޭހަ ރަހުމަތެއްގައި. ޗެޓުވެސް އެއީ ނަމެއް.
އަހުމަދު2
21 September 2023
އެމްއައިބީއަކީ ބަރާބަރުތަނެއް. އެކަމު އެމީހުންނާ ގުޅާލައިގެން ކަމެއް ސާފުކޮށްލަންޖެހިއްޖެއްޔާ އެ ޖެހުނީ ޗުއްޓީނަގައިގެން ފަށަން. އެއާއެކު ބޭނުންވާނެ ބަރާބަރަށް ކަރަންޓްކިބޭ ޕޮއިންޓަކާ ޗާޖަރެއްވެސް. އެވަރުން އުޅެފިއްޔާ ދެދުވަސްތެރޭ ގުޅިދާނެ ތޯއްޗެއް؟ ކިތަންމެ ރަންގަޅުބަޔަކަސް ކަސްޓަނަރުންނަށް ފަސޭހައިން ކަންކަން އަހާލާ ސާފުކޮށްނުލެވޭނަމަ ވަރަށް އުނދަގޫވާނެ. ރަނގަޅުކޮށްލާނެކަމަށްހީލުރަން.