މާލެ މަތިން ނަގާފައިވާ ފޮޓޯއެއް: ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދައުލަތަށް ބިން ދޫކޮށްލާނަމަ ފްލެޓް ހިލޭ ދޭން ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
24 ސެޕްޓެމްބަރ 2023 - 15:58
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭއިރު މާލެ ސަރަހައްދުގައި އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯތި ދޭން ނިންމައި، މިހާރު ވަނީ ކުރިމަތިލާން ހުޅުވާލައިފަ އެވެ.
އެކަމާ ބެހޭގޮތުން ޕްލޭނިން މިނިސްޓްރީން އިއްޔެ އާންމުކުރި އުސޫލުގައިވާ ގޮތުން ފްލެޓް ލިބޭ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭނެ އެވެ. ނަމަވެސް އެގޮތަށް ދޫކޮށްލާ ބިމުގެ ބޮޑުމިން 400 އަކަފޫޓަށް ވުރެ ކުޑަ ނަމަ އެ ބިމުގެ އަގު ފްލެޓް އަގުން އުނި ކުރެވޭނެ ކަމަށާއި އެ ހާލަތުގައި ބިން އަގުކުރާނީ އަކަފޫޓަކަށް 3،500ރ. ރޭޓުން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
މި ފިޔަވަހީގައި ހުޅުމާލެއިން 8،000 އަށް ވުރެ ގިނަ ފްލެޓާއި 4،500 އަށް ވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަހުކޮޅާ ހަމައަށް އޮންނާނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ސަރަހައްދުން ވަނީ ބިން ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
25 September 2023
ވެރިކަން ދޫކޮއްލީމަ މަވެސް ވޯޓު ދޭނީ ދެން
އޮޑބެއްޔާ
25 September 2023
އަޅުގަނޑުގެ އުއްމީދަކީ މިހާރުދުއްވަން މިގެންގުޅޭ ބައުއޮޑި ދައުލަތަށް ދޫކޮށްލުމުން، މިހާރުގެ ޒަމާނީ އައުއޮޑިއެއް އަޅުގަނޑު ދުއްވަންލިބޭނެގޮތަކަށް އިންތިޒާމްތައް ހަމަޖެހިގެންދާނެ "ވައުދެއް" ކުރިއަށްމިއޮތް ދެތިންދުވަސްތެރޭ އަޑުއިވިގެންދިއުން.
އޮނަރަބްލް އަފީފު ދީދީ
25 September 2023
ސޯލިޙްގެ ވަޒީރުންގެ ގޮތުގައިތިބި ކ.އަތޮޅު މާލޭމީހުންދަނީ އެމީހުންގެރަށުމީހުންނަށް އެކިނަންނަމުގައި ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތަކާއި ދައުލަތްދަރަނިކޮށްނެގި އެތައް ހާސް މިލިޔަން ރުފިޔާއަށް ހިއްކާފައިވާ ކ.އަތޮޅުބިންތަކާއި ދައުލަތުގެ ކުންފުންޏެއްގެ މިލްކްވެރި ބިންތައްވެސް ހިލޭ (ކޮންމެމީހަކަށް 18މ ރުފިޔާގެ ބިމެއް) ބަހަމުން. # މިއީ ޤާނޫނުއަސާސީއާއި ޙިލާފު ރޭސިސްޓް ސިޔާސަތެކޭ ބުނީމަވެސް ސަރުކާރުހިންގާ ޕާޓީކުދިންނާއި މާލޭމީހުން ރުޅިއާދޭ.
ސައި
25 September 2023
ފުލެޓު ދެނީހިލެއަކުނޫން އަހަރުމެންނައް ތަރިކައިން ލިބޭތަންކޮޅުސަރުކާރަށްނަގާފައި ބަދަލުގެގޮތުގައި މީހިލޭދެނީކީނޫން މިނޫން ގޮތަކައް ސަރުކާރުތަކުން ފުލެޓާ ގޯތިދޭންޖެހޭ ބިންހިއްކަނީ ރައްޔިތުންގެ ޓެކުސްލާރިން
ނުވިސްނޭނެ
24 September 2023
ގޯތި ލިބެނީ ވަކި ޝަރުތުތަކެއް ހަމަ ވެގެން. ދެން ގޯތި ލިބިފައި ތިބި މީހަކު ކާކުބާ ދޫކޮށްލާނީ. ފްލެޓަކަށް ވުރެ އަގު ހުންނާނީ ބިމެެއްގައި ދެއްތޯ؟ ލިބިފައިވާ ބިމުގައި 10 ވަރަކަށް ފްލެޓު އަޅާލެވޭނެ.
ކަތްދައްތަ
24 September 2023
މާލޭ ސަރަޙައްދު ބިމާ ރާއްޖެތެރޭ ބިމުގެ ތަފާތު. އެކަމު ގޯތި ދޫކުރާންވީމާ މިކިޔަނީ ކަލޭމެންނަށްވެސް ހަމަ ހިލޭ ނޫންހޭ ރާއްޖެތެރެއިން ގޯތި ދެނީ މާލޭ ސަރަޙައްދުންވެސް ހަމަ ހިލޭ ގޯތި ދޭންޖެހޭނޭ. އެހެންވިއްޔާ މަށަށް ނޫމަރާއިން ލިބިފަ އޮތް 2000 އަކަފޫޓް މާލޭ ސަރަހައްދުން ފުލެޓަކަށް ދޫކޮށްލާނަށް. އެކަން ނުވާންވީ ސަބަބެއް ނެތް.
އަހުމަދު މުހައްމަދު
24 September 2023
3.8 މިލިޔަން ދޫކޮށް 2.5 މިލިޔަނުގެ ފްލެޓަކަށް ދާނީ ކާކު؟ ދެން އަތްޖަހާ
ދޯޕައްޓާ
24 September 2023
އަހަރެމެން ކުއްޔަށްމިއުޅޭ ގޯތި ދައިތަގެ ވިސްނުންހުރީ ގޯތިދޫކޮށްލާގޮތަށް އަހަރެމެން މިތިބީ މަގުމަތިވެފަ.
އަތޮޅުތެރެއިން
24 September 2023
އަޅުގަނޱުގެ ގޯތި އޮތީ ކުޅުދުއްފުށީގަ ދޫކުރަން ތައްޔާރު ފުލެޓް ލިބޭނެތޯ މާލެ ސަރަހައްދުން؟
ދަންބި
24 September 2023
"ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭއިރު މާލެ ސަރަހައްދުގައި އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ."
ނައްލި
24 September 2023
ބަލަ ގާސިމު ރައްޔިތުންނަށް ކޮންދިން ކައްތައް މަދުނޫންކަމާ ހޮވިއްޖެނަމަ ހުރިހާއެއްޗެއް ހިލޭދޭން ވައުދުވީމަވެސް ރައްޔިތުން ވޯޓުނުދިނީ ކީއްވެކަން އިބޫއަށް ވިސްނޭތަ. ހުރިހާ ރައްޔިތުން އުޅެނީކީ އެތިވަރުތަކެއް ބޭނުންވެގެނެއްނޫނޭ. ނިކަމެތިންނަށް މަލާމާތްކުރާހެންވެސް ބައެއްފަހަރުހީވެ.