ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންތަކަކާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 ސެޕްޓެމްބަރ 2023 - 07:30
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފާއިތުވި 15 ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަތީޖާއިން ފެންނަނީ އުއްމީދީ މަންޒަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އާޓިސްޓުން ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ފާއިތުވި ދުވަސްތަކުގައި ބައްދަލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ އާއި އެއާޕޯޓު އަދި އާޓިސްޓުން ހިމެނެ އެވެ.
އެ މީހުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ބަލައި، މި ވަގުތަށް ހައްލުކުރެވެން ހުރި ކަންތައްތައް ހައްލުކުރަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ވެލާނާ އެއާޕޯޓުގައި މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭން ނިންމުމަކީ އޭގެ އެއް ކަމެވެ.
އޭގެ އިތުރުން، އޭޕްރަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން ރިސްކް އެލަވަންސް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިމާމުންނާއި މުދިމުންނަށް ރަނގަޅު ވަޒީފާގެ އޮނިގަނޑެއް ނެތުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ. ރައީސް ވަނީ އެ މުވައްޒަފުންގެ އާ އޮނިގަނޑު ފާސްކޮށްފަ އެވެ. އެއާ އެއްގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން މުސާރަ ބޮޑުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އާޓިސްޓުންނާ ބައްދަލުކުރުމުން، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި އާޓް ގެލެރީއެއް ހުޅުވައި ދިނުމަށް އެދިފައިވާތީ އެކަން ވެސް އެމްއޭސީއެލްއާ ވާހަކަދައްކައިގެން ސަރުކާރުން އަންނަނީ ހައްލުކުރަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހު ފެންނާނެ އެވެ.
"މިދިޔަ 15 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ. އަޅުގަނޑަށް ފެންނަނީ އުއްމީދީ މަންޒަރެއް. އަޅުގަނޑުމެން މި ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް 30 ސެޕްޓެމްބަރުގައި ރަނގަޅު ކާމިޔާބީއެއް، ބޮޑު ކާމިޔާބީއެއް ލިބޭނެ." އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ބުރާ ކުރިމަތިލައްވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ފާހަގަވި ކަންކަން ބަލައި ދިރާސާކޮށް އެކަންކަމަށް ހައްލުތަކެއް ހޯދުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅި ހުސޭނު
27 September 2023
ވެރިކަން ބަދަލުކުރުމަކީ މަޖުބޫރު ކަމެއް ހެއްޔެވެ؟؟؟ މިކަމާ ވިސްނާލާއިރު އެއީ ކީއްކުރަންތޯ ސުވާލުކުރަންޖެހޭ. ކޮން ކަމެއް ހާސިލް ކުރަންތޯ؟ ތަރައްޤީތޯ، އަމާންކަންތޯ،ހަމަޖެހުންތޯ، ސުލްހަވެރިކަންތޯ،ކުރިއެރުންތޯ، ފުދުންތެރިކަންތޯ؟؟؟ މިހުރިހާ ކަމެއް މިހާރު ފުރިހަމަވާނަމަ އަދިވެސް ބަދަލެއް ބޭނުންތޯ؟؟ ޖަވާބަކީ ކޮބާ؟؟؟ އަދިވެސް ނަންބަރު 3 ހިޔާރުކުރުން ބުއްދިވެރިވަނީ މިހެންވެ.
ނައިމ
27 September 2023
ތިބުނީ މަކަރު ހަދައިގެން ކާމިޔާބުވާނެކަމައްތޯ
ރުންކުރު
27 September 2023
މަގުމަތީގައި ބިރެއް ނެތި މިނިވަންކަމާއެކު އުޅެވޭތަ؟؟ ގޭގަ ނިދާފަ އޮއްވާ ގެންގޮސް ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން އޮވޭތަ؟؟ މަސައްކަތް ކުރާ ތަނުން ސިޔާސީ ގޮތުން ބިރު ނުދައްކާ މަހުން މަހަށް މުސާރަ ހަމައަށް ލިބޭތަ؟؟ ދިރިއުޅުމާމެދު މިހާރު ހިތްހަމަ ޖެހޭތަ؟؟ މިއިން ކޮންމެ ސުވާލަކަށް އާއެކޭ ބުނާނަމަ އަދިވެސް ނަންބަރު 3 ހިޔާރުކުރައްވާ. މުސްތަޤުބަލުގައިވެސް ކަންކަން އެގޮތުގައި ދެމި އޮންނާނެ.
ރުންކުރާ
27 September 2023
ތިއަށްވުރެ މާ ގިނަ އިދިކޮޅު ސުވާލު އެބަހުރި އާނއެކޭ ބުނެވޭނެ. މިސާލަކަށް މި 5 އަހަރު ޔާމިނަށްވުރެ ބޮޑަށް ގައުމު ދެރުވިތޯ؟ 5 އަހަރުތެރޭ ނުވަތަ މިދިޔަ 1 އަހަރު ތެރޭގަވެސް ކޮށްލެވެން ހުރި ކަންކަން ނުކޮށް ހުރީ ވޯޓަށް 2 ހަފްތާއަށްވީމަ ކުރަންވެގެންތޯ؟ ސިޔާސީ މަގާމުތައް ގިނައޭ ކިޔާފަ އޭރަށްވުރެ މިހާރު އެތައް ގުނައެއް ގިނަކުރިތޯ؟ ގައުމު އިންޑިއާއަށް އަޅުވެތިވެފައިވޭތޯ؟ އިދިކޮޅަށް ސަޕޯޓްކުރުމުން ވަޒީފާ ގެއްލުނުތޯ؟
ހަސަންތަކުރުފާނު
27 September 2023
ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ތިބީ މަޖްބޫރީ ހާލަތުގައި މާލެއަށް ހިޖްރަކޮށްފައި. މިމީހުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުން ކަމަށް ތިޔަ ދެކޭ ދެކުމުގެ އަސަރު އިންތިޚާބުގެ ނަތީޖާއިން ފެންނާނެ. ފޯޓަލް ސްޓޭޓަސް ފްލެޓް ލިބޭއަށް ބަދަލުކުރުމަކުން ފްލެޓް ދިންކަމަކަށް ނުވާނެ. ވޯޓްގެ ކުރިން މިލިސްޓް ގެޒެޓްކޮށްދެއްވާ. އެއްބަޔަކަށް ރަޖިސްޓްރީވެސް ދެވުނު.
ރުންކުރު
27 September 2023
މުސްތަޤްބަލުގައި އަމާންކަމާއި ތަރައްޤީ ޔަގީން ކުރުމަށް ނަންބަރު 3 އަށް ވޯޓު ދެއްވާ. އެއްވެސް ކަމަކާ މާޔޫސްވެ ނާއުންމީދު ވާކަށް ނުޖެހޭނެ.
150،000
27 September 2023
މިބުރުގައި 150،000 ޔަޤީން ވެއްޖެބާ!
ހައްގު ތެދު
27 September 2023
އަސްލު ބޭނުންވަނީ މިނިވަންކަން މިހާރު ގެ ހާލަތައް ބަލާއިރު ރައްޔިތުންގެ އުޅުން ދިޔައީ ދަށައް ޖީއެސްޓީ ބޮޑުކުރުމާއި އެކު އެއްޗެހީގެ އަގު ދިޔައީ މައްޗައް ލޯނުތައް ނެގިނެގީނުން ޑޮލަރުގެ އަގު ދިޔައީ މައްޗައް އަދި ކޭސްކާޑު ތަކުން ކުރެވޭ ބޭރުގެ މުއާމަލާތް މަހަކައް 250 ޑޮލަރައް ލިމިޓް ކުރީ
މަހަކު
27 September 2023
ކޭޝް ކާޑުން ކުރިން ބޭނުންކުރެވޭ ލިމިޓެޑަކީ ދުވާލަކު 400 ޑޮލަރު, މަހަކަށް އެޖެހެނީ ގާތްގަނޑަކަށް 12،000 ޑޮލަރު، މިވެރިކަމުގައި އެޢަދަފުވަނީ މަހަކު ބޭނުން ކުރެވޭ ލިމިޓް މަހަކު 250 ޑޮލަރަށް ދަށްކޮށްލާފައި، މިހާރު ދުވާލަކަށް އެޖެހެނީ 8.3 ޑޮލަރު
އަސްލު ވީގޮތް
27 September 2023
ހަގީގަތުގަ އަންނި ކައިރީ ތިބޭނީ ހަގީގީ ސަޕޯޓަރުން އެމީހުން ނުގުޑާނެ. އިބޫ ކައިރީ ތިބޭނީ ކޮންމެވެސް ކަހަލަ މަންފާއެއް ލިބިފައިވާ މީހުން.
ސަސި.
27 September 2023
ކުރީފަހަރު ބުނި ގޮތުން މިހާރު ގުނައިފީއްޔާ މާ ބޮޑުތަނުން މޮޅުވާނެދޯ
ހަމަހިމޭން
27 September 2023
ބޮޑު ފަޅިއައް މިޔޮއްގިނަވަނީ އިބޫ. މާޒީގަ ނުވާކަހަލަ ކަންތައް އެބަވޭ އެމްޑީޕީގެ ކައުންސިލް މެންބަރުން ގިނައިން ބަދަލު ވުން ހަމަ ގައިމު ވެސް އަންނި ބާރުއޮތް ޒަމާނަކު ނުވޭ މިހިނެއް.