ރޯވި ބޯޓުނަ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
27 ސެޕްޓެމްބަރ 2023 - 12:54
ތިލަފުށިން ތެޔޮ ބަރުކޮށްގެން ފުރި ބޯޓެއްގައި މިއަދު ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އެ ބޯޓުގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:30 ހާއިރު ކަމަށާއި އޭރުއްސުރެ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސިފައިން ބުނީ، ބޯޓުގައި އަލިފާން ރޯވީ ތިލަފުށީގެ ފަޅު ތެރޭގައި އޮއްވާ ކަމަށެވެ. މިހާރު އެ ބޯޓު ފަޅުން ނެރެ، އަލިފާން ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވީ، ވިލާގެ ފިއުލް ފާމުން ތެޔޮ ބަރުކޮށްގެން ނުކުންނަނިކޮށެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ އިރު އެ ބޯޓުގައި ފުރަތަމަ އަލިފާން ހިފީ އިންޖީނު ހުންނަ ބައިގައި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
އެއީ ކޮން ކުންފުންޏެއްގެ، ކޮން ރަށެއްގެ ބޯޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާންމު މައުލޫމާތު
28 September 2023
އަނިޔާއެއް ނުވާ ކަމަށް ރިޕޯރޓަރ ލިޔުމުން މައުލޫމާތު ގޯސްކަމަށް ދަންނަވަން.. ގައިގެ އެއްފަޅި އެކަކުގެ ފިހުނު ، އިތުރު ދެމީހަކު ހޮސްޕިޓަލުން ފަރުވާ ހޯދި.. އަނިޔާގެ ވާހަކަ ގެންނަ ކަމަށް ވަންޏާ ހޮސްޕިޓަލު ފަދަ ތަންތަނަށް ގުޅައި މައުލޫމާތު ސާފުކޮށްފައި ލިޔުން ބުއްދިވެރި..
ބުރާންތި ޖެކް
27 September 2023
ޢެކްސްޕާޓް މާލިކީ އަށް ތިވީ ގޮތް ވަރަށް ސާފު ކޮށް ބުނެލަދޭން އިގޭނެ.