މަސް ދޯންޏެއް ބަނދަރު ސަރަހައްދުގައި އޮއްވާ. ސަބްސިޑީ ސީދާ މަސްވެރިންނަށް ދޭން ޖެހޭ ކަމަށް އެކްސްޕޯޓަރުން ދެކޭ-- ފޮޓޯ: މިހާރު
28 ސެޕްޓެމްބަރ 2023 - 14:13
ވަކި ކުންފުންޏަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ސީދާ މަސްވެރިންނަށް އެ ފައިސާ ލިބޭ ގޮތް ހަދަން، މަސް އެކްސްޕޯޓުކުރާ އަމިއްލަ ކުންފުނިތަކުގެ ޖަމިއްޔާ، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ގޮވާލައިފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ސަރުކާރު ކުންފުނި މިފްކޯއިން ކަނޑުމަހުގެ އަގު ބޮޑުކުރިކަމުގައި ވިޔަސް އެ ކުންފުނި ހިންގަނީ ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ސަބްސިޑީ ދީގެން ކަމަށްވާ އިރު އެ އަގުގައި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް އެކަން ކުރާ ނަމަ، މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ، މަހުގެ އަގަށް ގެނައި ކުއްލި ބަދަލާ އެކު ރާއްޖޭގެ މަހުގެ ބާވަތްތަކަށް ބޭރު މާކެޓުތަކުގައި މިހާރު ލިބިފައި އޮތް މާކެޓު ޕޮޒިޝަން ގެއްލި، ވާދަކުރަމުން ގެންދާ ބޭރުގެ އެހެން ސަޕްލަޔަރުންނާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު އިތުރަށް ހަނިވާނެ ކަމަށެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ވަނީ މިފްކޯއިން މަސް ވިއްކާ އަގު ކިލޯއެއް 25ރ. އަށް ބޮޑުކޮށްފަ އެވެ. ރާއްޖެއިން އެކްސްޕޯޓުކުރާ ކަނޑުމަހުގެ 70 ޕަސެންޓަކީ ރޯމަހުގެ ގޮތުގައި އެކްސްޕޯޓުކުރާ އިރު 25ރ. އަށް މަސް ގަންނަ ނަމަ، މިފްކޯއަށް އެއް ބިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އެމްއެސްޕީއީއޭ އިން ބުންޏެވެ. އެކަމުން އަރައިގަތުމަށް ސަރުކާރުން އެހީތެރިވާ އިރު ޕްރައިވެޓް ސެކްޓަރަށް އެ ގެއްލުމުން އަރައިގަތުމަށް އެހީ ނުލިބޭ ކަމަށާއި އެކަމުގެ ހައްލަކަށް ވާނީ ވަކި ކުންފުންޏަކަށް ސަބްސިޑީ ނުދީ ސީދާ މަސްވެރިންނަށް އެ ފައިސާ ދިނުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭން
02 October 2023
25ރ އަށް މަސްކިލޯއެއް ގަނެގެން ބޭރުގެ މާކެޓަށް 1000 ޑޮލަރަށް މަސް ޓަނެއް ވިއްކީމާ އެކްސްޕޯރޓަރަށް ފައިދާވަނީ ޑޮލަރު ރޭޓް 45ރ ގަ ހުރެގެން. އެހެންނޫނީ ތި ވިޔަފާރި ވާނީ، ރަނގަޅަށް ހުރި ވިޔަފާރިއެއް ބަނގުރޫޓްކޮށްލަން ކުރާ ވިޔަފާރި އަކަށް. ދެން އަހަރު ހިސާބު ނިންމާފަ ދައްކަން އޮންނާނެ އެތަކެއް ބިލިއަން ރުފިޔާގެ ގެއްލުން. އެސްއޯއީ ތަކުގަ ތިބޭ މީހުންނަކަށް ގެއްލުމެއް ނުވާނެ. ސަރުކާރަށް ގެއްލުންވީމަ ދެން އެއަށް ސަބްސިޑީ އޭ ކިޔާފަ ރީތިކޮށްލީމަ އެނިމުނީ.
ހުސޭން
02 October 2023
މަސްވެރިކަމުން ރާއްޖޭގައި މަންފާ ހޯދޭނީ މަސްވެރިކަން ކުރާ ގިނަ ކުންފުނިތަކެއް އުފެދި އެކުންފުނި ތަކުން މަސްދޯނިތައް އޮޕަރޭޓްކޮށް މަސްވެރިންނަށް އުޖޫރައެއް ދީގެން މަސްވެރިކަން ކުރުވައިގެން. އޭރުން ކޮންމެ ދުވަހަކުވެސް ބޭނޭ މަސް އެއީ ކުންފުނީގެ ސްޓޮކް. ކުންފުނިން ކުރަންޖެހޭނެ ކަމަކީ، މަސްނިމުމުން މަސްވެރިންނަށް މުސާރަ ދިނުމާއި ދޯނިތައް ކުންފުނިން ޚަރަދުކޮށްގެން އޮޕަރޭޓް ކުރުން، 25ރ އަށް ކިލޯއެއް ގަނެ 15ރ އަށް ކިލޯއެއް ވިއްކީމާ ކޮންތާކު މިޖެހެނީ؟
މޫމޮން
29 September 2023
މަސްވެރިންގެ އާމްދަނީ އަށް ހެޔޮބަދަލެއް އައުމަށް އެންމެ ބޮޑަށް އެދޭނީ މަސް އެކްޕޯޓްކުރާ ފަރާތްތަކުން. މަސްވެރިން، ދަނޑުވެރިން ސަބްސިޑައިޒް ކުރުމމަކީ އާންމު ކަމެއް. އެކްސްޕޯޓަރުން މި އެދެނީ އެކަން ހުއްޓާލުމަކަށް ނޫން،، އެގޮތުން މިފްކޯ މެދުވެރިކޮށް ސަބްސިޑި ދިނުމުގެ ބަދަލުގައި މަސްގަންނަށް ހުރިހާ ފަރާތަކަށްވެސް މިފުރސަތު ދިނުމަށް. މިއީ ވަރަށް ރީޒަނަބަލް ހުށަހެޅުމެއް ކަމުގައި ދެކެން. އެހެންނޫންނަނަމަ ވާދަވެރި ބާޒާރެއްގައި ހިފަހަށްޓައެއް ނުލެވޭނެ
ހަސަންމަނިކް
29 September 2023
ދައުލަތުގެ ބަޖެޓުން ދެކުނުގެ މަސްވެރިންނަށް އެކަނި 1 ބިލިއަން ރުފިޔާ ސަބްސިޑީ ގޮތުގައި ދިނުމަކީ އިންސާފެއް ނޫން. ކޮބާ ދެންތިބި ދިވެހި މަސައްކަތްތެރިންގެ ޙައްގު؟ މަދު އޮޑުވެރިންކޮޅެއް ގެ އެދުމަށް ބަޖެޓުގެ ބޮޑު ބައެއް ކަނޑުމަހުގެ ސަބްސިޑި ދިނުމކީ އެއްވެސް ނަޒަރަކުން ބެލިޔަސް ދެކޮޅުޖެހޭ ކަމެއްނޫން. މިކަން މިގޮތަށް ހިންގުން އަވަހަށް ހުއްޓާލުމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ދެކެން
ހުޅުމާލެ އަލީ
28 September 2023
މަސްވެރިންނަށް ބޮޑު އަގު، ގިނަ އާމްދަނީ ހޯދައިދޭން އެންމެ ބޮޑު މަސައްކަތެއް ކޮށް ދެނީ އެސްޕޯޓުކުރާމީހުން. ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ވެސް މަސްވެރިންނަށް ދަޑުވެރިންނަށް ސަބްސިޑީ ދިނުމަކީއޮންނަކަމެއް. އެސްޕޯޓު ކުރާ ފަރާތްތަކުން މި ބުނަނީ ސީދާ މަސް ވެރިންނަށް ސަބްސިޑީދޭން މަސްވެރިންނަށް ލިބޭ އެއްޗެއް މަދުކުރާކަށްނޫން.
ކޮމެންޓޭ1
28 September 2023
މަސް ބޭނުން ހުއްޓާލާފަ ސަބްސިޑީ ދިނީމަ ރަނގަޅުވާނެ. ވޯޓާ ޖެހުނީމަ އަގު ބޮޑުކޮއްލައިން ކޮންމެހެން ތިބޭނެ ކަމެއް ނެތް. މަސްވެރިކަން ހުއްޓާލާފަ ރައީސަށް އެންމެ ގިނަ ވޯޓު ހޯދަ ދޭ މީހެއްގެ ނިސްބަތުން ފައިސާ ބަހާނީ. އޭރުން މާ އަދުލުވެރިވާނެ.
ޢަހުމަދު
28 September 2023
މަސް ބޭރުކުރާ ކުންފުނިތަކުން ގަންނަ މަހަށް ސަރުކާރުން ފައިސާ ދަށްކަން ވީނުން!!!!
އިލި
28 September 2023
އޭރުންތާ މަސްބޭރު ކުރާކުންފުނިތަކައް 100% ފައިދާޔާއެކު އަދި މަސްވެރިންގެ ސަކުވާ އެމީހުންނާހިސާބައްނައިސް އެމީހުން ބޭނުން އަގަކު މަސް ބޭރުކުރެވޭނީ . ކަލޭމެންގެ އެކަނި ތަ ބޯހުންނަނީ . ހުރިހާކަމަކުން މަކަރާ ހީލަތް
އޮނަރަބްލް އަފީފު ދީދީ
28 September 2023
ނޫން..!! ދައުލަތަށްނުލިބޭ އާމްދަނީއެއް ބަހާން ލަފާދިނުމަކީ ހަމަޖެހޭކަމެއްނޫން. ދުނިޔޭގެ ޤައުމުތަކުން ފާމަރުންގެ (ދަނޑުވެރިންނާއި މަސްވެރިން ފަދަ) އުފެއްދުންތައް ގަނެ އެކްސްޕޯޓްކުރުމަށް ހަރުދަނާ އުސޫލުތަކެއް ކަޑައަޅާފައި ހުރޭ. # ދައުލަތުން މަސްވެރިޔާއަށް ސަބްސިޑައިޒްކޮށްގެން ބާނާ މަސް "ވިޔަފާރިވެރިޔާ" ކުޑައަގެއްގައި ގަނެފަ "ކަސްޓަމްއަށް އަންޑަރ ވެލިއު އިންވޮއިސް ހުށަހަޅައި" ކުޑަކުޑަ މިންވަރެއްގެ އެކްސްޕޯޓްފީއެއް ދައްކާފައި ޑޮލަރު ބޮނޑި ޖީބަށް!!