ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މާދަމާ ވެސް ސަރުކާރު ބަންދު

ރައީސް އޮފީސް އިމާރާތް.-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގެ ދެ ވަަނަ ބުރާ ގުޅޭ މަސައްކަތްތައް އަދި ނުނިމޭތީ މާދަމާ ވެސް ސަރުކާރު ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ނެރުނު އެންގުމެއްގައި ބުނީ، އިއްޔެ ބޭއްވި އިންތިހާބުގެ އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާއްމުން ވޯޓާ ގުޅޭ މަސައްކަތްތަކުގައި ބައިވެރިވި ކަމަށެވެ. އެކަމަކު، އެ މަސައްކަތްތައް އަދި ވެސް ނުނިމޭ ކަމަށް ބުންޏެވެ.

އެހެންވެ، މާދަމާ ސަރުކާރު ބަންދުކުރަން ނިންމީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ގިނަ މަސައްކަތްތަކެއް ކުރުމުން ދެ ދުވަސް ސަރުކާރު ބަންދުކުރި އެވެ.

18 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 8%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

02 October 2023

ވޯޓު ގެއްލުމުގެ ހިތާމައިގަ، 5 އަހަރުގެ ރަސްމީ ބަންދެއް ބޭނުން.

The name is already taken The name is available. Register?

ޏަސީދު

01 October 2023

އާއްމު ސްޓާފުން ނުނެރެ ސާފު އަރުވާލަނީ.

The name is already taken The name is available. Register?

ޖެކް

01 October 2023

ސަރުކާރު ބައެއް ކުންފުނިތަކުގެ ޑޮކިއުމަންޓުތައް ނައްތާލުގެ މަސައްކަތް އެބަ ކުރާކަމަށް ވަނީ،. ރޯޑް ކޯޕަރޭޝަން، އާބަންކޯ،. ފެނަކަ، މިތަންތަނުގެ ތެރޭ ފުލުން 24 ގަޑިއިރު ތިބެންޖެހޭ! އިންތިޚާބީ ރައީސް މިކަމަށް ސަމާލުވާން ޖެހޭ!

The name is already taken The name is available. Register?

އަސޭލ

01 October 2023

ބުރޯ މީޔާމިނުގެ ވެރިކަމެއްނޫނޭ

The name is already taken The name is available. Register?

ޙިނި

01 October 2023

މާދަމާ އަކީ އެމްޑީޕީ މީހުން ހިތާމަ ކުރަން ވީ ދުވަސް. ވެރިކަން ގެއްލުނީ ކީއްވެތޯ ވިސްނަންވީދުވަސް. ދެން އިބޫއައް އޮތް ފުރުސަތަކީ ބަރުލަމާނީއައް ތާއީދުކޮއް އެމްޑީޕީ މެޖޯރިޓީއާއެކު ރާއްޖޭގެ ޕުރައި މިނިސްތާރަކައް ވުން.

The name is already taken The name is available. Register?

ތަކުރުބޭ

01 October 2023

5އަހަރު ގިނަވެގެން އުޅުނު މީހަކު ނޮވެމްބަރ 11 އަށް ދައުރު ބަދަލުކޮށްދޭނަމޭބުނި. އެއްވެސް ވައުދެއް ނުފުއްދުނުތާ ފަހުވައުދުވިޔަސް ފުއްދާތޯ ބަލަން މިތިބީ.

The name is already taken The name is available. Register?

Gold

01 October 2023

މާދަމާ ސަރުކާރު ބަންދުކުރަންޖެހޭ ވެލިޑްއެއްވެސް ސަބަބެއްނެތް، ވޯޓާގުޅޭގޮތުންވެސް މުއައްޒަފުންކުރަނީ ރަސްމީމަސައްކަތް، (ހިލޭސާބަހަށްކުރާކަންކަމެއްނޫން އިތުރު އެލަވަންސްތައްވެސްދޭ!) 1 ދުވަސްބަންދު ކުރީމަ އެއޮތީ ފުދިފަ، ވޯޓުގެ ކަންކަމުގައި އުޅުނު މުއައްޒަފުންނަށްވުރެން ވޯޓުގެ އެއްވެސްކަމަކާ (ވޯޓުލާންދޔުންފިޔަވައި) ނޫޅޭ މުއަށްޒަފުން މާގިނަވާނެ، ދެންކޮންކަމަކާހޭ ސަރުކާރުބަންދުކުރަނީ؟ އިބޫ ބުރޭކެއްބޭނުމިއްޔާ ބުރޭކުނެގިދާނެތާ ސަރުކާރު ބަންދުނުކުރިޔަސް

The name is already taken The name is available. Register?

2023

01 October 2023

ޢިބޫވަރެއްނެތް...... ބޮއިހަލަކި

The name is already taken The name is available. Register?

މިވަރެއްނެތް

01 October 2023

އިބޫއަކީ ހަޔާތުގަ ވިޔަފާރިއެއް ނުވަތަ އަތުންފައިން މަސައްކަތެއް ކުރިމީހަކަށް ނުވާތީވެ ސަރުކާރު ބަންދުކުރުމުން ގައުމުގެ އުފެއްދުންތެރިކަމަށް ކުރާ ނޭދެވޭއަސަރު ނޭގޭނެ. ތިކުރާ ބަންދުގެ ސަބަބުން ދިރާސީ އަހަރު 90 ދުވަސް ސްކޫލުގަ ކިޔަވައެއް ނުދެވުނު! ކޯޓުގެ ފުނިޖެހިފަ ހުރި މައްސަލަތަކާއި ފުލުހުންނާއި ޕީޖީއިން ދައުވާނުކުރެވި ކުށްވެރިން ދޫވާތަންތަނާއި ބޭންކު ބަންދުވުމާއި ސަރުކާރުގެ ހުއްދަނުލިބިގެން ވިޔަފާރިއަށް ކުރާ އަސަރު އެނގޭނީ މަސައްކަތްތެރިންނަށްދޯ؟

The name is already taken The name is available. Register?

ސުރުހީ

01 October 2023

ސުރުހީ އެކަނި ކިޔާފައި ކޮމެންޓު ލިޔެފައި ދެއްތޯ. ރައީސް އޮފީހުން ނިންމެވީ އިލެކްޝަންސް ކޮމިޝަނުން އެދިގެން. ރައްޔިތުންގެ ތެރެއިން އެތައް ބައެއް އޮފިޝަލުންނަށް ތިބީމައި.

The name is already taken The name is available. Register?

ސުރުހީގެފަހުން

02 October 2023

އިލެކްޝަންސްގެ މަސައްކަތުގަ އުޅުނު މީހުންނަށް ވަކިން ބަންދު ދެވިދާނެ. ގައުމު އެންމެންނަށް ދިނުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ހސޖސމ

01 October 2023

މީގެންވެސް ރައީސްގެ އޯގާވެރިކަން. އުފާފާޅުކުރުމަށް އިދިކޮޅަށް އަލަށް ބަންދުކޮށްދެއްވީ. ޝުކުރިއްޔާ ރައީސް.

The name is already taken The name is available. Register?

އަސްލުގާ

01 October 2023

އަނެއްކޮޅުން ބަލިވިކޮޅަށް ޑިޕްރެޝަނުން އިތުރަށް ނިދާލަން އޮވެ އޮފީސްތަކަށް ނިކުންނަން ވަގުތުކޮޅެއް އެ ދެއްވީ!

The name is already taken The name is available. Register?

ނައްލި

01 October 2023

ބުނެވިދާނެ ރޮއެހިތާމަކޮށް ހިތާމަ ފާޅުކުރަން ދުވަހެއް ބަންދުކޮށްދިނޭވެސް.

The name is already taken The name is available. Register?

ލަދުން

01 October 2023

ޤައުމު ހުއްޓުވާލަން. ބުއްދިވެރިން ކަންކުރާ ގޮތަށް އިންތިޙާބްގަ އުޅުނު ބޭފުޅުންނަށް އެއްދުވަސް އިތުރައްދިނީމަ ނިމުނީ ނުޖެހޭ ޤައުމު ހުއްޓްވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454