މަޖިލީހުގެ ރައީސް ނަޝީދު: އެމަނިކުފާނު އެ މަގާމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅަން ދަނީ ތައްޔާރުވަމުން --- ފޮޓޯ/މިހާރު
07 އޮކްޓޯބަރ 2023 - 20:03
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އެ މަގާމުން އެމަނިކުފާނު ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މިންވަރަށް އެމްޑީޕީ މެމްބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. މިވަގުތު އެމްޑީޕީގައި އެއަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކޮށް އޮއްވާ އެމްޑީޕީން ފަހުން އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބަށްފަހު ނަޝީދު އެ ޕާޓީން އަމިއްލަފުޅަށް ވަކިވެވަޑައިގެން އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ދަ ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގެން، ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ނަޝީދު ފާޑު ވިދާޅުވެފައިވެ އެވެ.
ދަ ޑިމޮކްރަޓްސް ޕާޓީން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ވެސް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށެވެ. އަދި އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓްސް ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫވައް
08 October 2023
ނޮވެމްބަރު 17 ގެ ކުރިން ތިކަމެއް ނުވާނެ . ހަނދާން ނައްތާލާ
ގެއްލުނު ކަތިވަޅި
08 October 2023
ވެރިކަން ގެއްލި މަޖިލިސް ވެސް ގެއްލެނީ އިސްލީޑަރުގެ ބޮލަކީ މީދާކޭ އުނބެއް
ދަ ޑިމޮކްރެޓްސް.
08 October 2023
އެމް.ޑީ.ޕީ ކުދިންކޮޅު ތިޔަކުރާ ހިތްވަރަށް ހަމަ ސާބަސްދެން. ތިޔައިގެ ތެރެއިން ކިތައްމީހުން އަންނައަހަރު އިންތިޚާބުގައި ކުރިމަތިލާ މަޖްލީހަށް ހޮވޭނީ؟ މިހާރުވެސް ތިޔަތިބީ އަންނިގެ ބުރަމަސައްކަތުން މަޖްލީހަށް ހޮވާފައި. ތިޔަކުދިންކޮޅު މަޖްލީހަށް ނެރެން އެބޭފުޅާ ކުރިމަސައްކަތާއި އުފުލި ތަކުލީފުގެ މަތިން ހަނދާންނެތުނީ ހާދައަވަހަކަށޭ ދޯ؟ ވޯޓްނަގާ އަވަހަށް ބޭރުކޮށްލެވޭތޯ ބަލާ! މާދަވާ ވާނެގޮތެއް ބަލަން އަހަރެމެން މިތިބީ
ކަނޑުގުރުވަ
08 October 2023
އޭގެ ތެރެއިން އެކަކުވެސް މިފަހަރު ހޮވޭނެކަމުގެ ޔަގީންކަމެއްނެތް .ރައްޔިތުން ފޫހިވެއްޖެ
އޮނަރަބްލް އަފީފު ދީދީ
08 October 2023
ޖާހިލުކަމުން ބޭރުވެ ކަންކަންއެގި ރޯފިލާވަރަކުން ނޫނީ ތަނެއްދޮރެއް ނޭގޭމީހާއަށް ކުރިއެރުމެއްނުލިބޭނެ. # ރައްޔިތުންގެ މަޖިލިސް ރައީސްކަމާއި ނައިބްކަމުގެ މުހިންމުކަންއެގުމުން މިއަދު ވެރިކަމުގައިހުންނެވިބޭޅާގެ ޕާޓީކުދިންއެތިބީ މަޤާމްގެބޭނުމަށްޓަކާ ނަޝީދު މަޤާމުންދުރުކޮށް ޕާޓީކުއްޖަކަށް މަޤާމްދޭން ތެދުވެފަ. # މިވަގުތަށް (ނޭގޭތީ) މަލްޓިޕާޓީ ޕާލަމެންޓަރީ ސިސްޓަމަށް ނޫނެކޭ ބުންޏަސް މާދަމޭ (އެއީ ކީއްކުރާ ނިޒާމެއްކަން) އެގުމުން އެއަށްވެސް ތާއީދު ކުރާނެ.
ހިންމަތް.
08 October 2023
ތިބުނީ ހަމަ ރަނގަޅަށް. އެކުދިންނަށް އަސްލަށްވެސް މިކަންކަން ނޭގެނީ.
ފޫހި
08 October 2023
ތިޔަކަންވެސް ލަސްވެއްޖެ. އަވަސްކުރޭ. އޭނާގެ ސައިޒްގައި އޭނާ ބަހައްޓާ. ތިޔައީ ދެއަނގައިގެ ވެރިއެއް.
އަލިހޮއްކޮ.
08 October 2023
މިއީ ދިވެހިރާއްޖޭގެ މަންޑޭލާ. މެޖޯރިޓީއަށް އިތުބާރު ނެތަސް އިން ގޮޑިއަކުން ނުފައިބާނެ. ކޮންމެވެސް އެއްޗެކޭ ކިޔާ މަޖިލިސް ހުއްޓުވައިގެންވެސް އިންނާނީ މަޖިލިސް ރައީސްގެ ގޮނޑީގަ.
ހަގީގަތްގަބޫލުކުރޭ
08 October 2023
ދުނިޔޭގެ އެއްވެސް ތަނެއްގައި ޕާލަމެންޓުގައި މެޖޯރިޓީ އޮންނަ ޕާޓީއެއްގެ މީހެއްނޫން މީހަކު ޕާލަމެންޓުގެ ރައީސްކަމުގައި ނުހުންނާނެ، ނުބަހައްޓާނެ. އެހަގީގަތް ގަބޫލުކުރޭ. އަމުދުން މެޖޯރިޓީއޮތީ ޕީޕީއެމް ނުވަތަ ޑިމޮކްރެޓްސް އަތުގައިނަމަ އެހެންމީހަކު އެންމެދުވަހަކަށް ނަމަވެސް ޕާލަމެންޓުގެ ރައީސްކަމުގައި ނުބަހައްޓާނެ. މިހަގީގަތް ގަބޫލުކުރޭ.
ލައިޓް
07 October 2023
ވައްދާނެ، ނެރޭނެ، އަނެއްކާ ވައްދާނެ! މިއީ ކަލޯގަޔާ މަޖާ ކަމެއް!
ހަސަދު
07 October 2023
އެމް.ޑީޕީގެ މިވެރިކަން ރާއްޖެ ދުށް އެންމެ ދަށުދަރަޖައިގެ ވެރިކަން.
އަބްޑޫޅް +
07 October 2023
މަޖިލީސު ރައީސު ކަމުންނާއި ކުރީގެ ރައީސު ކަމުން، އަވަހަށް ވަކިކުރޭ!