ހުޅުމާލެ H06 ގެ 12 ވަނަ ބުރިން އެ ކުއްޖާ ބިންމައްޗަށް ވެއްޓުނު ސަރަހައްދުގައި ފުލުހުން ޓޭޕް ދަމާފައި.
08 އޮކްޓޯބަރ 2023 - 00:20
ހއ. ދިއްދު އަށް އުފަން އެ ފިރިހެންކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނެތިފައި ކަމަށް އެ ތަނުން ބުނި. އިތުރު ތަފުސީލެއް ނުދޭ. މަންޒަރު ދުށް މީހަކު ބުނީ، ކުއްޖާގެ ބޯ ފަޅައިގެން ގޮސް އެއް ފައި ވެސް އޮތީ އެނބުރިފައި ކަމަށް. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނޭވާ ނުލާ ކަމަށް މަންޒަރު ދުށް މީހަކު ބުނޭ. ކުއްޖާ މަރުވި ކަމަށް ހޮސްޕިޓަލުން ކަނޑައެޅީ މިރޭ 12:45 ގައި.
ހިޔާ ފްލެޓްގެ 12 ވަނަ ފްލޯ އިން ވެއްޓުނު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ދެންމެ ކަށަވަރު ކޮށްދީފި.
ހުޅުމާލެ 2 ގެ ހިޔާ ޓަވަރެއްގެ 12 ވަނަ ފްލޯ އިން ކުއްޖަކު ވެއްޓި މިރޭ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
އުމުރުން 15 އަހަރުގެ އެ ފިރިހެން ކުއްޖާ އަށް ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
"އެ ކުއްޖާ ނޭވާއެއް ނުލާ. ބޯ ފަޅައިގެން ގޮސް އެއް ފައި ވެސް އޮތީ އެނބުރިފައި،" މަންޒަރު ދުށް މީހަކު ބުންޏެވެ.
ކުއްޖާ ވެއްޓި ގޮސް ޖެހުނީ މި ކާރުގެ ބޮނެޓްގެ މަތީގައި ކަމަށް މަންޒަރު ދުށް މީހުން ބުނޭ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ކުއްޖާ ހޭނެތިފައިވާ ކަމަށާއި ޑޮކްޓަރުން މިހާރު އެޓެންޑްވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ވެއްޓުނީ H06 ގެ 12 ވަނަ ފްލޯ އިން ކަމަށެވެ.
މަންޒަރު ދުށް އެހެން މީހަކު ބުނިގޮތުގައި، އެ ކުއްޖާ 12 ވަނަ ފްލޯ އިން ގޮސް 15 ވަރަކަށް ފޫޓު ދުރުގައި އޮތް ކާރެއްގެ ބޮނެޓްގެ މަތީގައި ޖެހިފައި ވެއްޓުނީ ބިންމައްޗަށެވެ. އެ ކާރު ކައިރިން ބިންމަތީގައި ލޭ ވެސް ފެންނަން ހުއްޓެވެ.
އެ ކުއްޖާ ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
08 October 2023
ހިތަށް އެރިހާ އެއްޗެއް ކޮމެންޓްގަ ޖަހާކަށް ނުޖެހޭ. އާއިލާ އަކީ ވަރަށް ގުޅިގެން އުޅޭ ބައެއް
ހިރިގާ
08 October 2023
ކޮންމެ ކަމެއްވެސް ސިޔާސީ ކޮށްލީމަ އެނިމުނީ. މިއޮތީވާ ޤައުމެއް.
މީދިވެހިން.
08 October 2023
މިކަމުގެ ޒިންމާ ރައީސްޔާމީނު ނަގާކަށް ނުޖެހޭނެބާ؟ ޔާމީނުވިއްޔާ ތިތަންތަން ތިޔަހާމައްޗަށްނެގީ.
މާޝިތާ
08 October 2023
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން.
ދެރަ
08 October 2023
އޯޓިޒަމް ލުއްޖަކަސް މީ ގްރޭޑް 10 ގައި ކިޔަވާ ކުއްޖެއް. މިމައްސަލަ ތަހުޤީޤުކުރެވެންވާނެ. ޢާއިލާއިން ޤަސްދުކަމަށް ބުނާއިރު، ސްކޫލުން ނުވަތަ ޢާއިލާގެތެރެއިންވެސް ކަމެއްހިގިކަން ދެނެގަނެވިގެން އެހެން ކުއްޖަކަށް މިފަދަކަމެއް މެދުވެރި ނުވާނީ
މުހައްމަދު
08 October 2023
ކުއްޖާއަކީ އޯޓިޒަމް ކުއްޖެނޫން.. ހަޤީގަތާ ހިލާފު ވާހަކަތައް ނުދައްކާ..
އަބްޑޫޅް +
08 October 2023
ވެއްޓި އަނިޔާ ވެފަ ނިޔާވީ.
ހައިރާންކަން
08 October 2023
އާއިލާގެ ތެރޭގައި ކޯޅުން ބޮޑުވެ ނަފްސާނީ ގޮތުން އަސަރުކުރީމަވެސް ކުދިން އެކަހަލަ ކަންތައްތައް ކުރާނެ. ތަހްގީގު ކުރަންޖެހޭ. އާއިލާ ތެރޭގެ ހާލަތު ދެނެގަނެ އެ ފަދަ ހާލަތެއްގައި އާއިލާ ވާނަމަ އިތުރު މީހަކަށް ގެއްލުމެއް ނުވަނިސް ހުއްޓުވަންޖެހޭ
ގޮފަޅަ
08 October 2023
ތަހަގީގު ކުރޭ ކިހިނެއްތޯ ވެއްޓުނީ ބަލަންޖެހޭ ނޫހެދުންލީ ކުދިންކޮޅަށް ވާކަމެއް ހަރާން
ޢާފް
08 October 2023
15 އަހަރުގެ ކުއްޖެއް ބެލްކަނި ގޯސްވެގެން ނުވެއްޓޭނެ. ޙާދިސާގެ ފަސްފަހަތް ބަލަން ޖެހޭ. ޅަ އުމުރުގައި ކުދިން ނިޔާވުމުގައި ވަރަށް ގިނަ އިހުމާލު ތައް ފެނޭ. އޭގެ ތެރޭގަ އާއިލާ ގެ އިހުމާލްއާ ތަރުބިޔަތާ ޖިސމާނީ ނަފްސާނީ އަނިޔާ އާ މިހެންގޮސް ކިޔާނެ ކަމެއް ނެތް.
މަފް.
08 October 2023
ވަރަށް ހިތާމަވެރި ޚަބަރެއް. 15 ފޫޓް ދުރުގައި އޮތްކާރެއްގެ ޖެހުނު ވާހަކަ އޮތީމަ ހިތައްއަރާ އެހާ ދުރަށް ދާނެބާއޭ.