ޔާމީންގެ ވަކީލް ޖަމީލް: ޔާމީންގެ ޝަރީއަތް ލަސްކުރަނީ ޕީޖީން ވަކި ބަޔަކާ ގުޅިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި --- ފޮޓޯ/މިހާރު
09 އޮކްޓޯބަރ 2023 - 12:25
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ލަސްކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކި ބަޔަކާ ގުޅިގެން ކަމަށް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ތުހުމަތުކުރައްވައިފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން ދައުލަތުން އެދިގެން ހައި ކޯޓުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.
އެކަމާ ގުޅިގެން ޖަމީލް "މިހާރު" އަށް ވިދާޅުވީ އިސްތިއުނާފް ޝަރީއަތް ލަސް ކުރުމަކީ ޔާމީންގެ ވަރަށް ބޮޑު ހައްގަކަށް އަރައިގަތުން ކަމަށެވެ. އެކަން ކުރީ ޕީޖީ ޝަމީމް ވަކި ބަޔަކާ ގުޅިގެން ކަމަށާއި އެކަމުގެ ހެކި އޭނާގެ އަތުގައި އެބަހުރި ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މިއީ ކަމެއް ދިމާވެގެން ކުރާ ކަމެއް ނޫން. މިއީ ހަމަ އިސްތިއުނާފް ލަސް ކުރުމަށްޓަކައި ޕީޖީ ޝަމީމް ބަޔަކާ ގުޅިގެން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ. އެކަމުގެ ހެކި އަޅުގަނޑުގެ އަތުގައި އެބަހުރި،" ޖަމީލް ވިދާޅުވި އެވެ.
ޝަރީއަތް ލަސްކުރަނީ ވަކި ބަޔަކާ ގުޅިގެން ކަމަށް ޖަމީލް ތުހުމަތު ކުރެއްވިޔަސް، އެއީ ކޮން ބައެއް ކަމެއް ޖަމީލް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އޭގެ ތަފްސީލު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި އިންސާފަށް ހުރަސް އެޅުމަށް ދައުލަތުން ކުރާ ކަންކަމާ މެދު ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ އެވެ.
ނަމަވެސް ޕީޖީ އޮފީހުގެ އޮފިޝަލަކު ޖަމީލްގެ މި ތުހުމަތު ދޮގުކުރެއްވި އެވެ.
އޮފިޝަލް ވިދާޅުވީ ކޯޓުގައި މިހާރު އޮތީ ފަނޑިޔާރުންގެ ސުވާލުތަކަށް ވަކީލުން ޖަވާބު ދޭން ޖެހޭ މަރުހަލާ ކަމަށާއި ވަކީލުންނަށް ކޯޓަށް ވަޑައިނުގަނެވުނީ ޝަރީއަތަށް ތައްޔާރުވި ފަހުން ވަކީލަކު ވަރަށް ބޮޑަށް ބަލިވެގެން ކަމަށެވެ.
"ކޯޓަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅައި، ހުއްދަ ލިބިގެން ޝަރީއަތް ފަސްކުރީ. އެހެން ވަކީލަކު ފޮނުވައިގެން ވެސް ޝަރީއަތް ކުރިއަށް ގެންދަން ބަލާއިރު، މިހާރު އޮތް މަރުހަލާގައި އެހެން ވަކީލަކު ފޮނުވައިގެން ޖަވާބު ނުދެވި ކޯޓުގެ ވަގުތު ގެއްލުން ފަދަ ކަމެއް ދިމާވެދާނެތީ އެހެން ވަކީލަކު ފޮނުވެން ނެތީ،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އިސްތިއުނާފް ލަސްކުރުމުގެ އެއްވެސް ވިސްނުމެއް އަދި އެފަދަ ކަމެއް ވެސް ޕީޖީން ނުކުރާނެ އެވެ. ޖަމީލް ހައްދަވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެ މަނިކުފާނު މިހާރު ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅިވާހަކަ
11 October 2023
ޕީޖީން ކޮންމެ އެއްޗެއް ބުންޏަސް މަންޒަރު ވަރަށް ސާފުކޮށް އެއޮތީ ފެންނަން. ހަމަ ގަސްތުގައި ޝަރީއަތް ލަސްކުރަނީ. މިހާރު ހުރި ޕީޖީ ޒާތީ ގޮތުންވެސް ބޭނުމެއްނުވާނެ ރައީސް ޔާމީން ދޫވާކަށް. އިދިކޮޅުގަ ތިބި މީހުން ޔާމީން ޖަލަށްލުމުގެ މާ ކުރިން ދައްކަން ފެށި ވާހަކައެއް އެއީ ކޮންމެ ގޮތަކުން ހަދާފަވެސް ޔާމީން ޖަލަށްލާނެ ކަމަށް.
ސިޔާސި
10 October 2023
ސަމީމުވިއަސް އެހެންމީހެއްވިޔަސް ވައްކަންކުރީމާ އަމިއްލއަގައިންއެއްބަސްވީމާ އިސްތިއުނާފުކުތރިޔަސް ކަންހިގާނީ ދައްކާފައިވާވާހަކަތަކުގެމައްޗަށް ކުރިންެއއްބަސްނުވިނައދި ވައްކަންނުކުރިނަމަ މިހާރު ޔާމީނުހުންނާނީ މިއަދުރައިސްކަމުގަ
އަލްމުދިޝްބެ
10 October 2023
ޕީއެންސީ އަކީ މި ޤައުމުގެ ހަލާކު. އެމީހުން ރައީސް ޔާމީނަށް އަނިޔާކުރާނެ.
ނުދިންބެ
11 October 2023
އަލްމުިޝްބެމެން އިންތިހާބުން ބަލިވީމަ ދެން ކޮން ދޭތެރެއެއްޖައްސާކަށް.
އަންދަލޫސިޔާ
10 October 2023
ލަސްކުރަނީކީ ނޫން. ތިބޭފުޅުން އެދިގެން ވެސް ކެންސަލްވޭ. ޖަލުން ސަލާމަތްވާނެ ޤާނޫނީ ހަމައެއް ނުފެނޭ. ރައީސް ޔާމީންގެ ތަރި ވެސް އޮއްސުނީ. ދެން އެ ތަރި އަރާނީ މާފުށީ ޖަލުގަ!
ބަބަޫ
10 October 2023
މިޖަމީލު ހުރިހާ ކަމެއް ފަނި ކުރަނީ.
ާއަސްތާ
09 October 2023
ތިޔައީ ޕީ.އެން.ސީ އަޑީގަ އޮވެގެން ހިންގާ ކަމެއް. ފެންނާނެ ވަރައް އަވަހައް
އެޑްމުންޑޯ
09 October 2023
މިޖަމީލަށްވެސް ހަމަރަގަޅަށް އެގޭނެ ޔާމީނު ރިޝްވަތުގެ ފައިސާ ގައި ހިފާފައިވާކަން ، ދެން އެކަން ފޫބެެއްދުމަށް ދޮގުހަދާ ތިކަންތައްތައް ކުރާ އިރު ތިމާ ހެެއްދެވިފަރާތެއްވާކަމާއި އެފަރާތަށް ޒައްރެއްގެ މިންވަރުވެސް ފޮރުވިފައިނުވާކަން ، އެއީ މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްކަން ހިތްމައްޗަށް ގެނެސް ތިދޮގުހެދުމާއި އޮޅުވާލުން ހުއްޓާލާފައި ހެޔޮގޮތުގައި ހަޔާތުގެ ފަހުބައިހޭދަކުރެވޭތޯ ބަލާބަލަ ، މާދަމާކަންނޭގެ އާސަހަރާއަށް ވަޅުލަން ގެންދާނީވެސް .
ޢިހްސާސް
09 October 2023
އަނެއްކާ މުއިއްޒު ބޮލަށް މިކަން ކަނޑަނީބާ؟
ބްރޯސް
09 October 2023
ޖަމީލާކީ ފިތުނަ އުފެއްދުމުގެ ބޮޑެއް
މިސަރުކާރ
09 October 2023
ޝަރީޢަތުގައި އިތުރަށް ދޮގުހަދަން ވަކީލުން ބޭނުންނުވާތީ ވެގެންއުޅޭގޮތެއް. އެބޭފުޅުންނަށްވެސް އިނގޭ ބުހްތާނު ދޮގުކަން މިހެދެނީ. ބެލެވެނީ ޕީޖީން ދެންއޮންނަ އަޑުއެހުންތަކަށް ދާނެ ވަކީލަކު ނުވެގެން ރ ޔާމީންގެ އިސްތިޢުނާފް މައްސަލަ ރ ޔާމީންކޮޅަށް ނިމިގެންދާނެކަމަށް. ސިޔާސީގޮތުން ރ ޔާމީން ބަންދުކޮށްގެންއުޅެނީ އަވައްޓެރި ހަވާދުކަރައިގެ ބާރުގައެވެ.