ހއ. ދިއްދޫގައި ފެންބޮޑުވެފައި: ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން.-- ފޮޓޯ: ސޯޝަލް މީޑިއާ
13 އޮކްޓޯބަރ 2023 - 17:51
އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ދެ ރަށެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. ދިއްދޫ އަދި ހދ. ފިނޭއަށް ބޯކޮށް ވާރޭވެހި، އެ ދެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
ޕަމްޕު ބޭނުންކޮށްގެން އެ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ހދ. ކުޅުދުއްފުށި ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ހއ. ދިއްދޫގައި ފެންބޮޑުވެފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
އުތުރުގެ ރަށްތަކަށް މިހާރުވެސް ވިއްސާރަ ކުރަމުން ދާއިރު މެޓުން ވަނީ މިރޭ 8:00ގެ ނިޔަލަށް، ހއ. އިން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.
ހދ. ފިނޭގައި ފެންބޮޑުވުމުން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ތިން މޭލާއި 10 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
ހއ. ދިއްދޫގައި ފެންބޮޑުވެފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
އަދި ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާއިރު، މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ. އުތުރުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ ސައިހު
15 October 2023
ބަލަ މުއީޒު ކެފުޓައް ސިޓީގަ ފެންބޮޑު ވުން ހައްލުނުވިއިރު ތިންދުވަސް ވާދެން ވާރެވެހުނީމަ ފެއްޑު ވުމާ އަޅާނުކި އޭނެ މުއީޒު ވަރައް ދިރާސާ ކޮއްފަތޯ އިރު މަތި ފަރާތުން ނެރު ކެނޑީ
އެސެންސުވެރިޔާ
14 October 2023
ދިވެހިންގެ ތެރޭގައި ރޯނުއެދުރުން ގިނަކަމުން އެއްކަމެއްވެސް ރަނގަޅަށް ނުދަނީ. ކޮންމެ ކަމެއްގައިވެސް ތިމާގެ އިން ވަކިކުރަން ނޭނގި އަނެކާގެ އިމާއި ޒިންމާތައް ކިޔައިދޭ މީހުން ގިނަވީމަ މި ގައުމު ހަލާކުވެގެން މިދަނީ.
އިހްސާސް.
14 October 2023
އަލަށް ހަދާ ގެތަށް ބިމަށްވުރެ އެކަށީގެންވާވަރަށް އުސްކޮން ހެދުން ރަގަޅު. މަގުކޮނެ ހެދީމަ މަގުލެވެލް ނުވެ ފެންގަނޑު ހެދޭލެއް ބޮޑުވަނީ. މަގުތަކުން ފަސޭހައިން މޫދަށް ފެންދާގޮތަަށް މަގު ލެވެލް ކުރަން ޖެހޭ.
1206
13 October 2023
ކުޑަ ރަށް ބޮޑު ރަށް ތަފާތު ނުކޮށް 5 އަހަރުން ގެނައި ތަރައްގީ ކޮބާ؟ މި ފަދަ ކަންކަމުން ފެނި މި ދަނީ، ކޮށްދިން ކަމެއް ވިއްޔާ ކޮށްދިނީ ވޯޓަށް ކަން. ވޯޓު ހޯދަން ކުރި ކަމެއް ނޫން ނަމަ، ޕްރައިއޯރަޓައިޒް ކުރަން ވާނީ މިހުރިމިހުރި މައްސަލަތައް ހައްލުކުރަން. ނޫސްވެރިން ވެސް ދައްކަންޖެހޭނީ މި ވާހަކަ. ރަށް ރަށުގެ ފެންބޮޑުވުން ފަދަ ކަން އެއީ އެއީ މަގު ހެދުމާއި ނަރުދަމާއާއި ގުޅި ލައިމެހިފައި ހުރި މައްސަލަތައް. ފުރިހަމައަށް ދިރާސާ ކުރެވިގެން ނުކުރީމާ މިހެންވީ.
ހާލަތް
13 October 2023
ބޮޑުރަށެއް ކުޑަރަށެއް ނުބަލާ ކޮށްފަ އޮތް ތަރައްގީ ތިޔަފެންނަނީ.
ވާނެއޭ
13 October 2023
މަގުތަކުގައި ފެން ބޮޑުމިވަނީ ހުރިހާ ގޭގޭ ދިޔަ ދޮއި މަގުމައްޗަށް ނެރެފަައި ހުންނާތީއޭ ބަދަލުގައި ގޭގެ ފާޚާނާ ނިޒާމަށް ގޭގެ އައިސީ އަށް ދިޔަ ދޮވި ހޮޅި ގުޅާފައި ހުންނަނަމަ މިމައްސަލަ ދިމާނުވާނެއޭ އެންމެ ރަނގަޅުވާނީ ގޭގެ ފާޚާނާ ނިޒާމްގެ އައިސީ އަށް ގުޅާލިއްޔާއޭ އެއިރުން އެ ސީދާ ދާނީ ކަނޑަށޭ ޕަންޕް ސްޓޭޝަންސް ތައް މެދުވެރިކޮށް އެގޮތަށް ހަދައިފިނަމަ ޕަންޕް ސްޓޭޝަންސް ތައް ވެސް އަމިއްލަ އަށް ވޮޝް އައުޓް ކުރެވުނީއޭ މިކަން މިގޮތަށް ކުރާށޭ މައްސަލަ ހައްލު
ވާރެޔޭ
13 October 2023
ދޮންކަލޯ ކޮން ގައުމެއްގައި ތޯ ތިޔަ އުޅުއްވަނީ. އެގޮތަށް ގުޅައިގެން މިރާއްޖޭގައި މިއޮންނަ ނަރުދަމާ އިސާހިތަކު ފުރި ނަޖިސްތައް އަހަރީ މައްޗަށް. މިއުޅެނީ ދިޔަދޮވި ހޮޅި ނަރުދަމާއަށް ނުގުޅާއިރުވެސް އެލީކުވެ ނަޖިސް މައްޗަށް އަރާތީ. ކިހިނެޔް ތިޔަކަން ކުރާނީ
ޕަންޕޭ
13 October 2023
ތިއީކީ ރަނގަޅު ވާހަކައެއް ނޫން. ތިހެން ހެދީމަ މާ ބޯކޮށް ވެހި ގަތީމަ ހުރިހާ ނަޖިސްތަކެއް އޮންނާނީ މުޅި ރަށު ތެރޭގަ
ފެކޭ
13 October 2023
ނަރުދަމާއަށް ބާރުބޮޑުވެގެން އޭރުން މަގުމައްޗަށް އަރާނީ ރޯ ގުއި
ގޮތްކިޔާތީފެންނަގޮތް
15 October 2023
ނަރުދަމާއަށް ދިޔަދޮވި ގުޅުމަކީ ވަރަށް ބޮޑު ގެއްލުމެއް. ރަށުގެ ބިންގަނޑަށް ފެން ހިންދުމަކި ވަރަށް މުހިންމު ކަމެއް. ގިނައިން ބޭނުން ކުރަނި ބިމުން ނަގާފެން. މިފެނ ބޭރުކުރަނި ނަރުދަމާތަކުން ހޯސްލާފަ ކަނޑަށް. ކުރަންވި ކަމަކީ ހަމަ ބިމަށް ފެން ހިންދުން. ޥިސްނާލީމާ ފެންނަގޮތް. ކުރީގައި ރަށް ރަށުގެ ގޯތި މަދުވީމާ ވެހޭ ފެން އަޑު ކިޔާފަ ބިމަށްދާނެ. މިހާރު ގޯތި ގިނަވީމާ ފެން ހިނދަން އޮތްބިން ކުޑަވަނީ. އެކަމަކު ވެހޭ ފެން މަދެއްނުވޭ. ކިސަޑު ގިނަވުމަކީ ހުރަހެއް