ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

އުއްމީދަކީ ފުރަތަމަ ހަފުތާ ތެރޭ އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކޮށް ނިންމާލުން: މުއިއްޒު

"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން: އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފުތާ ތެރޭ ހައްލުކޮށް ނިންމުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

އުއްމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔުމަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރައްވާނީ ޑިޕޮލޮމެޓިކް ހަމަތަކުގެ މަތިން ކަމަށާއި އުއްމީދު ކުރައްވަނީ އެގޮތަށް އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ކަމަށެވެ.

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ވެސް ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ރާއްޖޭން ބޭލުމަކީ އެންމެ އުއްމީދު ކުރައްވާކަން ކަމަށާއި އެ އަމާޒު ހާސިލްކުރަން ވަރަށް ސީރިއަސް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބެމުންދާ ކަމަށާއި މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވޭ ކަމަށެވެ. މި ސަރުކާރަށް ދިވެހިން ދެވަނަ ދައުރެއް ދޭން ބޭނުން ނުވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ވަކި އިންޑިއާ އެކަންޏެއް ނޫން ކަމަށާއި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށްވެފައި، ސިފައިންގެ ބޮޑު އަސްކަރިއްޔާއެއް ނެތި، ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ. އެއީ ކޮންމެ ބޭނުމަކަށް ތިބި ބައެއް ކަމަށްވީ ނަމަވެސް ދިވެހިން އެކަން ބޭނުމެއް ނުވޭ. އެއީ މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދިން މައިގަނޑު ސަބަބު. އަޅުގަނޑު ހޯދަން ޑިޕޮލޮމެޓިކަލީ އިންޑިއާއާ ވާހަކަ ދައްކައިގެން ސިފައިން ބޭލުމަށް މަސައަތް ފުރަތަމަ ދުވަހު ފަށާނަން،" މުއިއްޒު ވިދާޅުވި އެވެ.

"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން: އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފުތާ ތެރޭ ހައްލުކޮށް ނިންމުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާއިމްވެ ތިބީ ކިހާ އިންޑިއާ ސިފައިންނެއް ކަމެއް ސާފު ނުވާ ކަމަށެވެ. އެ މައުލޫމާތު ސަރުކާރުން ވަނީ މީޑިއާ އަށް ވެސް ސިއްރުކޮށްފައިކަމަށާއި މައުލޫމާތު ހޯދަން ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާން ޖެހިފައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި، އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނާނެ ކަމަށާއި ރާއްޖޭގައި އިތުރަށް އިންވެސްޓްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ވެސް ޝައުގުވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބަށްފަހު އިންޑިއާގެ ސަފީރު މުނު މަހާވަރްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޔަގީންކަން ލިބިފައިވާ ކަމާއި އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން މުއިއްޒު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް އިންޑިއާ އިން ދީފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖަސައިދޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރަނީގެ ބޮޑު ބައެއް އޮތީ އިންޑިއާ އަށް. އެ ލޯނުތައް ރީފައިނޭންސް ކުރާނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ. އަނބުރާ ދެއްކޭނެ އެންމެ ފަސޭހަވާނެ ގޮތެއް. އެ ގައުމުން އެ ފުރުސަތުތައް ހޯދާނެ ކަމަަށް ސަފީރު ވިދާޅުވި،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ މިލިޓަރީ ކޯޕަރޭޝަން ރާއްޖޭގައި ބެލެންސް ކުރުމަށް ޗައިނާއާ އެކު މިލިޓަރީ އެއްބަސްވުންތަކެއް ހަދާފައިވާނެތޯ ވެސް ސާމި ޒެއިދަން، މުއިއްޒުއާ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރައްވާނެ ކަމަށެވެ. އަދި ޗައިނާއަކީ ގައުމުތަކުގެ ސިޔާދަތަށް އަސަރުކުރާ ގޮތަށް ގުޅުންތައް ބަދަހިކުރާ ގައުމެއް ނޫން ކަމަށް ވެެސް މުއިއްޒު ވިދާޅުވި އެވެ.

"ޗައިނާއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ތަރައްގީއާ އެކު ގިނަ ފައިދާތަކެއް ރާއްޖެއަށް ކުރި. ޗައިނާގެ ޕޮލިސީއަކީ ދާހިލީ ކަންކަމާ ނުބެހި، ގައުމުތަކުގެ ސިޔާސަދަތަށް އިހްތިރާމް ކުރާ ޕޮލިސީއެއް. އެ ގައުމުގެ ޕޮލިސީއަކީ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން،" ޗައިނާ ދިފާއު ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ވެސް އެ ގާތް ގުޅުން ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގެންގުޅުއްވާނެ ހާރިޖީ ސިޔާދަތަކީ "ޕްރޯ-މޯލްޑިވްސް" ކަމަށެވެ. އެއީ، ރާއްޖޭގެ މަސްލަހަތު އަބަދުވެސް އިސްކުރާނެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން: އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފުތާ ތެރޭ ހައްލުކޮށް ނިންމުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

މުއިއްޒު ބައްދަލު ކުރެއްވި ބައެއް ގައުމުތަކުގެ ސަފީރުން ވަނީ "ޕްރޯ-މޯލްޑިވްސް"ގެ ސިޔާސަތަށް މަރުހަބާ ވެސް ކިޔުއްވާފަ އެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއް ވެގެންދާނީ، ޖަވާބުދާރީކުރެވެނިވި، ސާފު ސަރުކާރަކަށް ކަމަށެވެ. އެއްވެސް ކަމެއް ސިއްރު ނުކޮށް، މީޑިއާއަށް ހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި، ހިޔާލުފާޅުކުރުމުގެ ފުރުސަތު އެންމެ ފުޅާ ގޮތެއްގައި ރައްޔިތުންނަށް އޮންނާނެކަން ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ކަށަވަރު ކުރުމަށް މަސައްކަތް ފައްޓަވާނެ ކަަމަށް ވިދާޅުވި އެވެ.

159 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 3%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުޅު3

16 October 2023

1 ހަފްތާ ވެސް މާ ލަހޭ! ހުވާ ކުރުމަށް ފަހު ގެއަށް ވަޑައިގަތުމުގެ ކުރިން ހުރިހާ އިންޑިއާ މީހުން ބޭރު ކުރާށޭ! އިންޑިއާ ސިފައިންނާއެކު އިންޑިއާ ނަރުހުން ޑޮކްޓަރުން ޓީޗަރުން އިންޖިނިއަރުން ކަހަލަ ކުރިހާ އެންމެން ހަމަ އެ ދުވަހު ފިޮނުވާނުލެވުނިއްޔާ އެއީ ވަރަށް ބޮޑު ގޯހަކަށް ވާނެއޭ. މިކަން ޑރ. މުއިއްޒު ރަނގަޅަށް ހަނދާން ބަހައްޓާނެ ކަމަށް ހީކުރަމޭ!

The name is already taken The name is available. Register?

LaamuonlineDOTcom

15 October 2023

އިންޑިޔާއާވާހަކަދަށްކައިގެން ސުލްހައިގަ ތިޔަކަމެއްހައްލެއްނުވާނެ، އެޔަށްވުރެން މާ މަގުމަތީބައެއްއެއީ! އިބޫއާ މާރިޔާއާއި އަންނި ކަހަލަ ބައެއްމީހުންގެ ބޯކާލައިގެން އެމީހުން މިތަނަށް އެރިގެން އެތިބެނީ، ކޮންހެލިކޮޕުޓަރެއްދުއްވާކަށް، ތިޔަ ހެލިކޮޕުޓަރުގަނޑުވެސް ބޭނުމެއްނޫނޭބުނޭ، އޭގެން އެމީހުން ބޭނުންވަގުތަކު ބޭނުން ތަނަކު އުދުހި ރާއްޖޭގެ އެކިކަންކަން ޗާޓުހެދުންފަދަކަންކަން ޖާސޫސުކުރަމުންދޭ، މިއީ ހުއްދަހޯދައިގެން ވަކި ހަމައެއްގެ މަތިންކުރެވޭނެކަންކަން

The name is already taken The name is available. Register?

އަލިފުޅު3

16 October 2023

1 ހެލިކޮޕްޓަރު ގެނައީ ނަޝީދު ވެރިކަމުގަ. އަނެކަތި ގެނައީ ޔާމީނު ވެރިކަމުގަ. އިބޫ ވެރިކަމުގަ ގެނައީ ޑޯނިއާ ބޯޓު

The name is already taken The name is available. Register?

ބަރަބޯ ފާތުމަ

15 October 2023

ޢިންޑިޔާ ސިފައިން ބާލަންވީ....އަހުރެމެން ފިޔާ ބިސް އަލޫވި ނުކައި އަދި ގޯވިންދާ ގެ ފިލްމު ވެސް ނުބަލާ ތިބެދާނަން

The name is already taken The name is available. Register?

އަހުމަދޭ

16 October 2023

ގޯވިންދާގެ ފިލުމު ބަލާނަން.

The name is already taken The name is available. Register?

ހައްޕު

15 October 2023

ފޯރިލާފަ ކޮމެންޓުކުރިއިރު އަންނަ ރޯދަމަހު ބާޒާރުމަތިން އަގުބޮޑުކޮށް ހުދުފިޔާ ގަންނަން މީހުން އުޅޭ މަންޒަރު ސިފަވާތީ ހިނި އަންނަނީ. " އަލުވި ބިސް ފިޔާ " ގެ ކަންތައް ކިހިނެއްބާ ދާނީ. .......

The name is already taken The name is available. Register?

ޗައްޕު

15 October 2023

ބަލަ ތިޔަ ފިޔަލާ ބިސް މިހާރުވެސް އަގު ހެވެއްނޫން. އަމުދުން ތިޔަ އެއްޗެހި ގެންނަނީކީ ހިލެޔަކުނޫން. ބުނިއަގެއްދީފަ. ދުނިޔޭގަ ފިޔައާއި ބިސް އުފައްދަނީ ހުސް އިންޑިޔާގަތަ؟؟؟މީގެ ކުރިން ފުއް ނުވިއްކަން ފުއްވާލީމަ ޔޫއޭއީން ގެނައީ މާކޮލިޓީ އަގުހެޔޮފުށެއް.

The name is already taken The name is available. Register?

LaamuonlineDOTcom

15 October 2023

ހުދުފިޔަޔާ އަލުއި ބިސް ހިލޭތަ އިންޑިޔާއިންދެނީ؟ ރާއްޖޭގެ މާކެޓަކީ ހުރިހާގޮތަކުންބަލާއިރުވެސް އިންޑިޔާއަށް އެންމެފައިދާވާ އެއްމާކެޓު، ބޭސްވެރިކަމުގެ ގޮތުންބެލިޔަސް އަދި ދަނޑުވެރިކަމާ އެހެނިހެން އުފެއްދުންތަކަށްބެލިޔަސް، ރާއްޖެއިން އެހެންމާކެޓެއް ހޯދީމާ އިންޑިޔާ ސައިޒުވެދާނެ، ޕާކިސްތާނު ބަންގުލަދޭސް ޗައިނާއިންވެސް އެއްޗެހިލިބޭނެ، ހިލެޔަކުނޫން އެއްޗެހި ގެންނަނީދޯ!

The name is already taken The name is available. Register?

ގަސްކުޑަހުއްތު

16 October 2023

LaamuonlineDOTcom، ފިޔާ،ބިސް، އަލުވި ގެންނަނީ ހިލެޔަކުނޫން، އެކަމަކު އޭތިކޮޅު ބޮޑުއަގުގަވެސް ނުލިބިއްޖެއްޔާ ޖެހޭނީ ފިޔާ ހިޔައްއަރުވާފަ މެދުއިނގިލި ބޯލަން. އިންޑިޔާ ސައިޒްކުރެވޭވަރަށްވުރެ ދިވެހިންގެ ސައިޒް މާކުޑަ. ތަންދޮރުނުދަންނަ މީހުން ކޮމެންޓްނުކޮއްބަލަ.

The name is already taken The name is available. Register?

ޙހހހހ

16 October 2023

ގަސްކުޑަހުއްތު ތިޔައުޅެނީ ތިންގަރުނު ފަހަތުގަ. ތިޔައިންޑިޔާއިން އެކަތި ނުވިއްކިއްޔާ 100 އެތި އެހެން ޤައުމުތަކުން ގެނެވޭނެ. މިއްޔަކީ ވަކި ޤައުމެއްގެ އުނގަށް ގެޅިގަނެގެން އުޅެންޖެހޭ ޒަމާނެއްނޫން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

15 October 2023

މުއީޒުގެ ސަރުކާރު ދެމިއޮތުން ބިނާވާނީ އިންޑިޔާސީފައިން ބޭލީމަ އިންޑިޔާން ކަންކުރާ ގޮތަކައް! އިންޑިޔާއިން ރާއްޖެއައް ބޭހާ އަދި އެއްވެސް ބާވަތެއްގެ އެއްޗެއް އެތެރެކުރުން މަނާކުރާތާ ގިނަވެގެން އެއް ހަރު ހިފަހައްޓާނުވޭނޭ! ދިވެހިން ގަބޫލު ނުރޭ ހަނގުރާމާގ ދުނިއެއައް ބޮޑު ބަދަލު އައިކަމެއް ހަމަ އެގޮތައް އިންޑިޔާއިން އެއްޗެތި އެތެރެ ނުވާނަމަ އިންތިހާޔައް އަގުބޮޑުވާނެކަން ގަބޫލު ނުކުރާނެ! އެއިރުން ގޮވާނީ މުއީޒު ނޫންއެހެން ގޮތެއް ބޭނުމޭ

The name is already taken The name is available. Register?

ސާލިމްނ

15 October 2023

އިންޑިޔާއަކަށް ނުކެރޭނެ ގޮތެއްހަދާކަށް. ރާއްޖޭގެ ކޮންމެ މީހަކަށް ދެމީހުން ވަޒީފާ އަދާކުރަނީ މިތަނުގަ. ކެރެލާއަށް ޑޮލަރ ލިބުމުގަ ފަހިވަނީ ދިވެހިންގެ ފަރާތުން. ގޮތެއްހެދިޔާވެސް އެހެންގޮތެއް އޮންނާނެ. ދަތިހާލުގަވެސް މިނިވަންކަން މާބޭނުން.

The name is already taken The name is available. Register?

LaamuonlineDOTcom

15 October 2023

ތިޔަހީކުރާހެނެއްނުވޭނެ! ރާއްޖޭގެ ފައިސާގެ އަގާ އިންޑިޔާ ފައިސާގެ އަގު ކޮންފައިސާއެއްގަ އަގުހުރީ؟ ރާއްޖޭގެ މާކެޓަށް އެއްޗެހިވިއްކައިގެނާ ބޭސްފަރުވާއަށް ދިވެހިންދާތީ އާސަންދައިން ކިހާފައިސާއެއް އިންޑިޔާއިން ދަމާކަންއެނގޭތަ؟ އިންޑިޔާގެ ކިތައްވިޔަފާރިވެރިން ރާއްޖޭގައި އެބަވިޔަފާރިކުރޭ؟ އެނގޭތަ؟ އިންޑިޔާއިން ފޮނިކަންދަށްކާލައިފިނަމަ އިންޑިޔާއިން ދިވެހިންހޯދާހިދުމަތްތައް އެހެންގައުމުތަކުން ހޯދަންފަށާއިރަށް ޖެހޭނީ ސައިޒުވާން، އަނެއްކޮޅުން ޗައިނާއެއޮތީ

The name is already taken The name is available. Register?

ޝަރީފާ ސަޢީދު

15 October 2023

ކިއްކުރަން ފުރަތަމަ ހަފްތާއެއް، މިހާރުވެސް ނިންމާލަދޭންވީނު. މީނަޔަށް ވޯޓްދެވުނީތީ މޮޔަހީވެއްޖެ.

The name is already taken The name is available. Register?

ހގސޖ

15 October 2023

ތީނަ ނުދޭ އޭނާއަށް ވޯޓެއް ދޮގުދޮލަނގު

The name is already taken The name is available. Register?

LaamuonlineDOTcom

15 October 2023

ވޯޓުދެވުނީތީ މޮޔަހީވާކަށް އަދިނުޖެހޭދޯ؟ ކޮންމެވެސްއެހެންކަމަކާ މޮޔަހީވަނީކަމަށްވާނީ!

The name is already taken The name is available. Register?

ޝާހިދުު

15 October 2023

އަހަރެންނަށް މިހާތަނަށް ފެނުނު އެންމެ ތަފާތު ކޮލެޓީ ބޭފުޅަކީ މުޢިއްޒު

The name is already taken The name is available. Register?

ޢީޅީ

15 October 2023

އާން ތެދެއްތީ މާލޭގެ ހުރިހާ މަގުތަކުގެ ކާރު ޕާކިން ސުލޮޓްތައް ވަނީ ފަހަތު ޖީބައްކަހާލާފަ އެއީ ތަފާތަކީ

The name is already taken The name is available. Register?

ވާފިރް

15 October 2023

ޔަގީން ކަށަވަރު މުއިއްޒު ތިކަން ކުރާނެ. އޭނަ އަކީ ބުނާ ކަންކަން ކޮއްދޭ އިތުބާރު އޮތް ބޭފުޅެއް

The name is already taken The name is available. Register?

ފަރީދް

15 October 2023

މުއިއްޒު އަކީ ކަންކުރެވޭނެ ގާބިލު މީހެއް. ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ

The name is already taken The name is available. Register?

ގާސިމު

15 October 2023

މުއިއްޒު ތިކަން ކޮއްފިއްޔާ އަހަރެންގެ ތާއީދު ދެން އޮންނާނީ މުއިއްޒު އަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454