16 އޮކްޓޯބަރ 2023 - 12:21
މާލޭގައި ގެއެއްގައި ރޯވި އަލިފާންގަނޑު ސިފައިން ދެންމެ ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މައްޗަންގޮޅި ރެޑްވޭވް ޕްލާޒާ ކައިރީގައި ހުންނަ މއ. ފޮގެޓްމީނޮޓްގެ ބަދިގޭގައި ރޯވެގެން 11:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން، އެ ގޭގެ މީހަކާ ހަވާލައިދީ އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ރިޕޯޓަރަކު ބުނީ އަލިފާން ރޯވީ އެ ގޭގައި ކަމަށެވެ.
އެ ތަނުގައި އެ ގޭގެ ހަތަރު މީހުން ދިރިއުޅުނަސް އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ސޮމްރެޓް ކެފޭގެ ފުރާޅަށް ގެއްލުން ލިބުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮގެޓް މީ ނޮޓް
16 October 2023
ވީ ވިލް ނެވަރ ފޮގެޓް ޔޫ.
ކޮރަލް
16 October 2023
95 ޕަސެންޓް ހޮޓާ ހިންގަނީ ބިދޭސީންނެވެ. ކޭޝިއަރަކަށް ކޯޓާ ނުދިނަސް އެމަގާމްގަ ހުންނާނީ ބިދޭސީ އެކެވެ. ގަވާއިދާ ހިލާފައް ވިޔަފާރި ކުރާ ބިދޭސީން ޑިޕޯޓް ނުކޮށް މައްސަލަ ހައްލެއް ނުވާނެ އެވެ.