ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕީޕީއެމްގެ ޕްރައިމަރީ ހިނގި ގޮތް ބަލަން މައުމޫން އިލެކްޝަނަށް ހުށަހަޅައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހަށް މައުމޫން ވަޑައިގަންނަވަނީ. ޕްރައިމަރީ ހިނގި ގޮތް ބަލަން މައުމޫން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީ ހިނގައިދިޔަ ގޮތް ބަލައި ދިނުމަށް އެދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމް ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޕީޕީއެމްގެ ޕްރައިމަރީ ކުރިއަށް ގެންދަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ އިންތިހާބު ކޮމެޓީން ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ޕީޕީއެމްގެ ނަމުގައި އެހެން ބަޔަކު ޕްރައިމަރީއެއް ބާއްވައިފިނަމަ އެކަން ވާނީ ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފު ކަމަކަށެވެ.

"ޕީޕީއެމް ނަމުގައި ބޭއްވި ކަމަށް ބުނާ" ޕްރައިމަރީއަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ ގައުމީ އިންތިހާބުތަކުގައި ވާދަކުރާނެ ޕީޕީއެމްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިހާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމްގެ އިންތިހާބު ކޮމެޓީ ކަމަށެވެ.

"ޕާޓީގެ އިންތިހާބު ކޮމިޓީއަކީ ޕާޓީގެ އެންމެ ފަހުން ބޭއްވި ގައުމީ ޖަލްސާއިން އިންތިހާބު ކުރި ކޮމިޓީ އެކެވެ. ވީމާ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން އަސާސީ ގަވާއިދާއި އެއްގޮތަށް ކުރިޔަށް ގެންދަން ޖެހޭނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ." ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ޕާޓީގެ ނަމުގައި ބޭއްވި ޕްރައިމަރީގެ އެއްވެސް މައުލޫމާތެއް ޕާޓީގެ ރައީސަށް އެނގިވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން ޕްރައިމަރީގެ ކަންކަން ކުރިއަށް ދިޔައީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހެދިފައިވާ ޕާޓީ ހިންގުމުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ޕީޕީއެމް ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ނަމުގައި ޕްރައިމަރީ ބޭއްވި އިރު، ކުރިން އިއުލާން ކުރުމަކާނުލާ ޕޮއިންޓު ދީފައިވާ އުސޫލު ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރި ނުވެވުނީ ކޮން ޝަރުތުތަކެއް އުނިވެ 75 ޕަސެންޓު ނުލިބިގެންކަން އެ ފަރާތްތަކަށް މިހާތަނަށް އަންގާފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މިކަމުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ މެންބަރުންނަށް ޕްރައިމަރީގައި ބައިވެރި ނުވެވުމުގެ ޝަކުވާ ލިބިފައިވާތީ އެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި 276 ދާއިރާއަކުން މެންބަރުން ކުރިމަތިލާފައިވާ އިރު، 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާ ކެންޑިޑޭޓުންނަށް ޓިކެޓު ވަނީ ދީފަ އެވެ. ޕީޕީއެމުން ބުނި ގޮތުގައި ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން އިންތިހާބު ކުރީ 64 ދާއިރާއެއްގަ އެވެ.

އަންނަ އޭޕްރީލް އަށެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ކައުންސިލްގެ ލަފައާއެކު ގައުމީ ޖަލްސާގައި އައްޔަން ކުރި އިންތިހާބު ކޮމެޓީގެ މެމްބަރުން ވަކިކޮށް، އެ ކޮމެޓީ އަށް އާ މެމްބަރުން ހަމަޖައްސައިފަ އެވެ. އެކަމަކު ރައީސް ޔާމީން ފެކްޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމުގައި ވަކި ބައެއްގެ ނުފޫޒު ގެންގުޅެފައި ނުވާނެ ކަމަށެވެ.

11 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 13%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާރީ

13 February 2017

ރައީސް މައުމޫނު ތިޔަ ހައްދަވަނީ ރަނގަޅަށް ، ޤާނޫނީ ގޮތުން ބަދަލުކުރައްވަންޖެހޭ ސިޓީބިޓީ ބަރާބަރަށް ބަދަލުކުރައްވަމުން ގެންދަވާތި، އެއިރުން ވައި އެބުރި ކަންކަން ބަދަލުވީމަ ތި ހުރިހާ މައްސަލަ ތަކެއް ނަންގަވާ މިހާރު ޖަރީމާ ހިންގަވާ ފަރާތްތަކަށް ޙައްޤު އަދުބުދީ ޤައުމު ހަމަމަގަށް އަޅުވަން ފަސޭހަވާނެ، އަންނިވެސް ވެރިކަމުގައި މިހާރު ތިބިމީހުން ކަންކަން ކުރާގޮތަށް ޗާޓަށްވެސް ނުބަލާ ބައިކުދިންނަށް މޮޅުވާގޮތަށް ކަންތައްތައް ކުރަމުންދިޔައީ މޮޔަ ގެރިއަކު އުޅޭހެން، އަދި މިހާރު ތިބިމީހުން އަންނިއަށް ވީގޮތުން ޢިބުރަތް ޙާޞިލްކުރުމުގެ ބަދަލުގައި އެއަށްވުރެ މާ ނުބައިކޮށް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ހުރިހާކަމެއް ކުރަމުން އެގެންދަނީ ހިތުހުރިގޮތަކަށް .

The name is already taken The name is available. Register?

ސދފ

07 February 2017

ދެންވާނެ ގޮތަކީ 2018 ވަނަ އަހަރު ޔާމީނަށް ވެރިކަން ނުލިބިއްޖެ ހާލަތެއްގައި މިހާރ ޕޕމ ނަމުގައި ތިބި ހުރިހާ ކައުނސިލަރުން އޮޓަމެޓިކުން ވަކިވެ އަލުން އިންތިހާބު ބާއްވަން ޖެހޭނެކަމެވެ.

The name is already taken The name is available. Register?

ޥަކަރު

07 February 2017

މޑޕ ގެ އެޖެންތެއްތޯ؟

The name is already taken The name is available. Register?

ޥަރުދާ

07 February 2017

މިހާރު ތިޔައީ ޕޕމ ގެ ރައީސް ގެ މަގާމް ފުރުއްވާ ބޭފުޅެއްތޯ ސުވާލު އުފެދޭ.

The name is already taken The name is available. Register?

މުހައްމަދު20

07 February 2017

ޕާރޓީގެ ކައުންސިލް ޖަލްސާތައް ނުބޭއްވުމުގެސަބަބުން ޕާރޓީ ހުއްޓުމަަކަށް އައިސްފައިވާ އޮތުން ނިމުމަކަށްގެނެސް ޕާރޓީގެ ކައުންސިލް ޖަލްސާއެއް ބޭއްވުމުގެ އަމުރެއް މުސްތަޝާރުގެ މައްޗަށް ޝަރުޢީ ކޯރޓަކުންކުރުމުން އަމުރު ތަންފީޒްކުރުމަށް މީގެ 3 މަހެއްހާދުވަސްކުރިން ޕާރޓީގެ ކައުންސިލް ޖަލްސާއެއްބޭއްވި ޕާރޓީގެ ކުރިމަގު ވަނީ ރޭވިފައި މިދެންނެވި ޖަލްސާގަ ޕާރޓީގެ ކޮމެޓީތަކާއި މަޤާމްތަކަށް ގެނެވުނު ބަދަލަކީ ޕާރޓީގެ އަސާސީ ގަވާއިދާއި އެއްގޮތަށް ގެނެވުނު ބަދަލުތަކަށްވާހިނދު އެޖަލްސާގަ ބައިވެރިވެވަޑާއި ނުގަންނަވާ ނުވަތަ އެނިންމުންތަކުގެ މަޢުލޫމާތު ނެތްބަޔަކު ތިމަންމެނީ ވިކިކޮމެޓީއެއްކަމަށް ހީކުރިޔަސް ނުވަތަ ވަކިމަގާމެއްގަހުރި މީހެއްކަމަށް ދެކުނަސް އެކަން އެހެންނުވާނެ އެބަޔަކު މިއަދު މަސައްކަތްކުރަނީ ނޫސްތަކުގެ ހެޑްލައިންގެ ޚަބަރެއްގަ ސުރިޚީއެއްއަޅާލެވޭތޯ ޕާރޓީހިންގާކަށް ނުވަތަ ރައްޔިތުންނަށް ޕާރޓީ މެދުވެރިކޮށް ޚިދުމަތެއް ފޯރުކޮށްދިނުމުގަ ފުރުސަތު އޮއިތްއިރު އެފަދަކަމެއް ކުރެއްވި މަންޒަރެއް ނުފެނޭ

The name is already taken The name is available. Register?

ނަތަންޔާހޫ

07 February 2017

ވަރަށްބޮޑު ތެދެއް. މައުމޫނު އަދިވެސް އެބައުޅޭކަން ހަނދާންކޮށްދޭންވެގެން ނޫސްތަކުންނާއި މީޑިޔާތަކަށް އަރަނީ. ދެންހަދަންވީގޮތަކީ މައުމޫނުގެ އެއްވެސް ވާހަކައެއް ނުދައްކަންވީ...

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

07 February 2017

ގަބޫލް ފުޅު ކުރެއްވުނަސް ނުކުރެއްވުނަސް ރަން 30 އަހަރުގެ ތަރައްޤީ އަށްވުރެ މިހިގާ ދައުރުގެ 03 އަހަރުގެ ތަރައްޤީ ގިނަގުނަވެފައި ކާމިޔާބު. އަދި ދެމިހުރެވޭނެ އާމްދަނީ އަކާއި ފުރިހަމަ ޚީދުމަތްތަކެއް އެކުލެވިގެންވޭ. . ވީމާ ރައްޔިތުން މަނިކުފާނަށް ދެއްވި ޢިއްޒަތާ ޝަރަފުގައި ގަދަރުވެރިއެއްގެ ގޮތުގައި ހުރެ ވެރިކަން ހިންގުމަށް އެހީތެރިވުން ބުއްދިވެރި.

The name is already taken The name is available. Register?

ތެދުބަސް

06 February 2017

މައުމޫނު އަކީ ކުޅޭކުޅޭ ބޭފުޅަކަށް ވެއްޖެ އެވެ.ހުރިހާ ކަމެއް ކުރައްވާން ރަޢިސް ޔާމީނު އަށް ފުރުސަތު ދެއްވާދައި އެކަމެއް ކޮށް ނިމުމުން އެކަން އެ ކުރެއްވީ އަސާސީ ޤަވާއިދާ ޚިލާފަށޭ ވިދާޅުވެފައި ނޫސް ބަޔާނެއް މައުމޫނު ނެރުއްވައެވެ.ތިކަން މިހާރު ޖޯކަކަށް ވެއްޖެ އެވެ.

The name is already taken The name is available. Register?

މެެންޓަލިސްޓް

06 February 2017

ރައީސްމައުމޫންއަށް ވަރަށް ސަލާމް ،،، ތިޔަކަން ބެލޭނެ މާމޮޅުގޮތްތަށް އެބަހުއްޓެންނޫންތޯ ... ކުރީން މަނިކުފާނުހައްދަވަހެން ޓެލެސްކޯޕް ހިއްޕަވައިގެން ތަރިތަށް ބަލާފައި ނުޖޫމީ އިލްމުން ތިޔަކަންހޯދާނީ ،، އަނެއްގޮތަކީ ލަންކާގެ ހުރޭނޫންތޯ މާވަރުގަދަ ސާމީކިޔާ ކަހީނަކު ،، އެނާކައިރީ މަނިކުފާނު އައްސަވާބަލަ ،،، އޭރުން ހަމަ ކުރީން މަނިކުފާނަށް ކަންކަން ކިޔައިދޭހެން ކިޔާޢިދޭނެ ،،،،، ވަރަށްވެދުން

The name is already taken The name is available. Register?

މާމަ

06 February 2017

މިހާރުގެ ރާއްޖޭގެ އިލެކްޝަން ކޮމިޝަނަކީ މަުމޫނު ތހިހީކުރާކަހަލަ މުއައްސަސާއެއް ނުން އެއީ ސަރުކާރުން ބުނި ގޮތަކަށް ހަދާ މުއައައްސަސާއެއް. މިނޫން މުއައްސަސާއެއް މިހާރަކު ރާއްޖެއަކު ނެއް

The name is already taken The name is available. Register?

Salaam

06 February 2017

ބަސްހުއްޓިއްޖެ ބޭކާރުބައެއް ލަދުންބޯ ހަލާކު ޑިމޮކްރަސީގަ ވާގޮތްތަމި އަބަދު ލަޑުދެނީ އެންމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454