އެމްއެޗްއޭ އިން ޕިލްސްބަރީގެ ރޮއްޓާއި ފަރާޓާ ވިއްކަން ވަނީ ބާޒާރަށް ނެރެފައި-- ފޮޓޯ: އެމްއެޗްއޭ
22 އޮކްޓޯބަރ 2023 - 16:07
އެމްއެޗްއޭ އިން ޕިލްސްބަރީ ބްރޭންޑުގެ ރޮއްޓާއި ފަރާޓާ ރާއްޖޭގެ ބާޒަރަށް ނެރެފި އެވެ.
އެ ފިހާރައިން ބުނީ، ޕިލްސްބަރީ ބްރޭންޑުގެ ފިނިކުރި ފަރާޓާ އާއި ރޮށީގެ ރޭންޖުތަކުގެ އުފެއްދުމަކީ 100 ޕަސެންޓް ގޯލްޑަން ގްރެއިންގެ އުފެއްދުމެއް ކަމަށެވެ.
އެ ބްރޭންޑުގެ އަށް ބާވަތެއްގެ އުފެއްދުން ވަނީ ބާޒާރަށް ނެރެފަ އެވެ. އެއީ ޕިލްސްބަރީ މައިކްރޯވޭވަބަލް މަލްޓިގްރެއިން ރޮއްޓާއި ޕިލްސްބަރީ މައިކްރޯވޭވަބަލް ތަވާ ޗަޕާތީ އާއި ޕިލްސްބަރީ ޕްލެއިން ފަރާޓާ އާއި ޕިލްސްބަރީ މައިކްރޯވޭވަބަލް ރޮއްޓެވެ. މީގެ ކޮންމެ ވައްތަރެއްގެ ބޮޑެތި ސައިޒުގެ ފަރާޓާ އާއި ޗަޕާތީ އަދި ރޮށި ލިބެން ހުންނާނެ އެވެ.
އެމްއެޗްއޭ އަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އަލަށް ބާޒާރަށް ނެރުނު އުފެއްދުންތައް ވެސް އެމްއެޗްއޭއިން ހޯލްސޭލްކޮށް ރީޓެއިލްކޮށް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy