މޭ 6 މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އައްބާސް ފާއިޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
24 އޮކްޓޯބަރ 2023 - 15:24
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސިޔާސީ އެއްވެސް ފަރާތެއްގެ ބައިވެރިވުން އޮތް ކަމުގެ ހެކި ފެންނަން ނެތް ކަމަށް، އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ރާއްޖެ އިން ބޭރުގެ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި އޭނާ ހޯއްދެވި ކަންކަން އާންމު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސިޔާސީ ވާދަވެރިންގެ ފަރާތުން މިފަދަ ހަމަލައެއް އަތުވެދާނެ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ތުހުމަތުތައް އަމާޒުވި ކަމަށެވެ.
އެކަމަކު، ސަރުކާރުގެ ތެރެއިން ވެސް ނުވަތަ އިދިކޮޅުގެ އެއްވެސް ފަރާތަކާ ވެސް އެފަދަ ގުޅުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލު އައްބާސް ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާ އަމާޒުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރައްވަން އެ މަނިކުފާނު މަސަައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ އެކަމާ ގުޅިގެން ކަމަށް ތުހުމަތު ކުރެވުނުނަމަވެސް، އެކަމާ ވެސް ގުޅުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.
"ހަމަލާ ދިން މީހުން ހަމަލާ ދޭން ރާވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުގެ މާ ކުރީގައި ކަން ވަނީ ހާމަވެފައި،" އައްބާސް ވިދާޅުވި އެވެ.
މޭ 6 މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އައްބާސް ފާއިޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ، މިހާތަނަށް ހޯދާފައިވާ ހުރިހާ ހޯދުމަކުން ވެސް ފެންނަން އޮތީ އެ ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބައެއް ކަމަށެވެ. ނަމަވެސް، މި ކަމުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ހަރުކަށި ފިކުރުގެ ގުރޫޕެއްގެ ބައިވެރިވުން އޮތް ކަން ފެންނަން ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.
އެ ހަމަލާ އަށް ފަންޑުކުރި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން މިއަދު ވެސް އައްބާސް ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުގެ ތެރެއިން މިހާތަނަށް ހޯދި ހޯދުންތަކުން ފެންނަން އޮތީ ހަރަދު ކުރީ އެ މީހުންގެ އަމިއްލަ ޖީބުންނެވެ.
"އެ މީހުން ސެލްގެ ބޭރުން އެއްވެސް ހަރަދެއް ކޮށްފައި ނުވޭ. ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ގަނެފައިވާ ކަން އެ މީހުން އެކައުންޓުތަކުގެ ޓްރާންސެކްޝަނުން ފެންނަން އެބަހުރި. އެއީ ބޭރުން އައިސްފައިވާ ފައިސާއެއް ނޫން،" އައްބާސް ވިދާޅުވި އެވެ.
ހަމަލަ އަށް ފަންޑު ކުރިތޯ ބަލަން ތަހުގީގު ހިންގާފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވައި އޭނާ ވަނީ އެ ތަހުގީގުގެ ބައި ނުހުއްޓި ކުރިއަށް ގެންދާނެ ކަމުގެ ޔަގީން ކަން ފުލުހުން ދެއްވާފައިވާ ކަމަށެވެ.
އައްބާސް ވިދާޅުވި ގޮތުގައި، ތަހުގީގުގެ ތެރެއިން އިތުރު ކަމެއް ފާހަގަވުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ އެވެ. ތަހުގީގު ހުއްޓާލަން ނުޖެހެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސް ވަނީ ނަޝީދަށް ހަމަލަދިން މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަން މިއަދު ވެސް ފާހަގަކުރައްވައިފައިފަ އެވެ. އޭނާ ވިދާޅުވީ، ޝަރީއަތް ލަސްވަނީ ކްރިމިނަލް ކޯޓުގެ އިމާރާތުގައި ހުރި ދަތިތަކުގެ ސަބަބުން ކަން ފަނޑިޔާރުން އޭނާ އަށް އެންގެވިޔަސް އެ ސަބަބުތައް ބަލައި ނުގަނެވޭ ކަމަށެވެ.
މިފަދަ ދޯހަޅި ކަންކަމުގެ ސަބަބުން މުހިންމު ބޮޑެތި މައްސަލަތަކުގައި އިންސާފު ހޯދުމަށް ލަަސްނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ޖޭއެސްސީ އަށް އޭނާ ވަނީ ރިކޮމެންޑޭޝަނެއް ވެސް ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
25 October 2023
ގުޅުމެއް ނެތެކޭ ނުބުނެވޭނެ. ރަނގަޅު ގޮތަކީ ކުރި ދިރާސާގަ ފެންނާކަށް ނެތް. ފަހަރެއްގަ ދިރާސާ ފުރިހަމަ ނުވީމަ ނުފެނުނީ ކަމަށްވެސް ވެދާނެ.
ތަހުއްޓޭ
25 October 2023
މީނަ މީ ކޮންތާކުން ކިޔަވާފަ ހުރި ކާކު ތަ. ޓައި އެއް އަޅައިގެން ހުއްޓަކަސް ގާބިލު ނުވެދާނެ. އާނމު ކޮށް ސޯލިހު ސަރުކާރުން ބޮޑު މުސާރަ ދީފަ ހޯދާ އެކަކުވެސް ކަމަކަށް ގާބިލެއް ނޫން. އެ ހެޔޮން މަގެއް ހެދިޔަސް. ބުރިޖެއް އެޅިޔަސް. ތަހުގީގެއް ކުރި ޔަސް....
ނޭވާ
25 October 2023
ހަމާލާޔާ ނޭވާހޮޅި ކަރަޕްސަންއާ ލީކްކުރުމާ ގުޅުމެއްވޭތާ
ރުއްޖެހެރެ
24 October 2023
ދެން މި އައްބާސް ފާއިޒަކަށް ކިތައް މިލިޔަން ޚަރަދުވެއްޖެ މިވީ ދެއަހަރާއި ބައި ދުވަހު، ހަމަ އަހަރެމެން ޓެކްސްޕޭޔަރުންގެ ލާރިދޯ ދިވެހި ފުލުހުން ކުރި މަސައްކަތުގެ މެޑެލްޖަހާލަނީ މީނަ
ރުއްގަސ
24 October 2023
ނަޝީދު އަނގަގަަދަކަމުންގޮސް ކޮވިޑް ނޭވާހޮޅި ލީކްކޮށްލީމަ
ސިއްޕެ
24 October 2023
ތިޔަ ހެން ކަމަށް ކޮންމެ އިންސާނަކަށްވެސް ހީވަނީ. އެކަމު ނަސީދުއަށް އެކަން ދިމާވެ ހޮސްޕިޓަލްގަ އާއި ރަށަށް އައުމުންވެސް ސޯލިހް ހަބަރެއް ބަލާނުލުމުން. އެކަމާ ދެރަވެގެން ނަސީދު އަރިހުގަ ހުރި އާރާ ބާރަށް ދަހިވެތި ވެފަ ތިބި މީހުން އޭގައި ހިފައި ދަމައި ސަރުކާރު ބޮލަށް ޖަހަން މަސައްކަތް ކުރީ. އޭގެ ކުރިން ވެސް އެބޭފުޅާ އަށް ހަމަލަ ދޭން މަސައްކަތް ކުރުމުން އެކަމުން ރައްކާތެރި ކަން ކޮށްދިނީ ސަރުކާރުން ކަމެއް ނުދެނެގެނެވުނެވެ.
ޢަސްލު....
24 October 2023
ވެރިކަންނިމެންދެން މީނައޮތީ ހޭބަލިވެފަ ހޭއެރީ މިހާރު ...
ހޮހޯ
24 October 2023
ހަރަދު ކުރިބަޔެއްގެ ވާހަކަ ދައްކާއިރު ކިހާ ވަރެއް ހަރަދުވާނެތޯ ވިސނާލަންރަގަޅުކައްނެންގެ އަމިއްލަސިކުޑިން 50 ވަރަކައްފުއްރޭޒާ ރިމޯޓް ކޮންޓްރޯލެއް ގޮވާ ސާމާނު (ބަޑިބޭސް)
އޮނަރަބްލް އަފީފު ދީދީ
24 October 2023
ތިޔަ މައްސަލަ ތަޙްޤީގު ކުރިއިރު ސޯލިޙް "އައްޔަން ކުރެއްވި" އައްބާސް ފާއިޒު ރައީސް ނަޝީދުގެ ވާދަވެރިންކަމަށް ބަލާފައިވަނީ ޕީޕީއެމް ނުވަތަ ސިޔާސީ ކޮން ޕާޓީއެއްތޯ. # ރައީސް ސޯލިޙްގެ ވެރިކަމުގައި ކަންކަން ހިގާގޮތް ކަމުނުދާތީއާއި "ސަރުކާރު ތެރޭގައި ބްރޯ ތައް އެބަތިބިކަމަށް" ފާޅުގައި ވާހަކަ ދައްކާތީ، ދައުރުގެ މެދަކާއި ހަމައަށް ދިޔައިރު "ރައީސް ނަޝީދުގެ ވާދަވެރިންގެ ގޮތުގައި ތިބީ އެމްޑީޕީގެ ތެރޭގައި ތިބި ނުފޫޒު ގަދަ ފަރާތްތައްކަން" ފާއިޒަށް އިގޭތޯ!؟
ހަތަރެސްފައި
25 October 2023
ތިކަހަލަ ނަޝީދުގެ ބްރޯތައް ހީކުރީ އަމިއްލަ ޕާޓީތެރޭން ރައީސް ސޯލިހާ ޖައްސާލީމާ އިދިކޮޅުގެ ތާއީދު ލިބި އެމީހުންގެ ލީޑަރަށް ވެވޭނެކަމަށް. ނަޝީދު އެއްގޮތަކަށްވެސް ނުފޫޒު ބޭނުންނުވާތީ ކޯލިޝަންގެ ޕާޓުނަރުންނާ ޖައްސާލާ ރުޅިއެރުވީ. ޗައިނާއާވެސް ޖެހިގަތީ! އެންމެފަހުން ޕާޓީއާވެސް...
މަޖިލިސް
24 October 2023
ކަލޭމެން ތި ތަހްގީގު ފުރިހަމަވީ ކަމަށް ބުނާނީ ތިކަމަށް ޚަރަދު ކުރީ ރައީސް ސޯލިޙޭ ބުނީމަ. ޒާތީ ވިއަސް ހައްދެއް އޮންނަންވާނެ.