ޚަބަރު / އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް

މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ

އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން، އަންނަ އާދިއްތަ ދުވަހު ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މި މަހުގެ ކުރީކޮޅު އެވެ. މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ. އެ މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ނަޝީދު ގަވައިދާ ހިލާފަށް މަޖިިލިސް ހިންގަވަމުން ގެންދަވާ ކަމުގެ ކަންބޮޑުވުމެވެ.

އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނިކޮށް، މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނު ތެރޭގަ އެވެ.

އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ވޯޓަށް އެހުމަށް ފަހު ކަމަށް އެ ޕާޓީގެ ޕީޖީން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެ ޕާޓީގެ ބައެއް އެހެން މެމްބަރުން މިއަދު މަޖިލިސް އިދާރާގެ ގޯތިތެރޭގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ. އޭގެ ތެރެއިން އޭނާ ފާހަގަ ކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ އެވެ.

"އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ދެން އެ ވޯޓު ނެގުމަށް ފަހު ނޫނީ ނުކުރަން މިހާރު އެ ވަނީ ނިންމާފައި. އެއީ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން 29 ގެ ފަހުން, އެ ވޯޓު ނުނަގައި ކުރިއަށްގެންދެވިދާނެ ކަމަށް," އަސްލަމް ވިދާޅުވި އެވެ.

ކުރީފަހަރާ ހިލާފަށް މިފަހަރު، ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި ގަދަ ބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުމަށް ނަޝީދަށް އަސްލަމް ގޮވައިލެއްވި އެވެ.

"އިތުރު ހުރަހެއް، އިތުރު ހުއްޖަތެއް ނެތް އެ މައްސަލަ ކުރިއަށް ގެންދިއުމަށް. ހަގީގަތަކީ ނެތްކަން އިތުބާރެއް، އިތުބާރު ނެތީމަ އިތުބާރު ނެތް ކަމަށް 49 މެމްބަރުން ސޮއިކޮށްފައި، 44 މަޖިލީހުގެ މެޖޯރިޓީއަކީ. އެކަމަކު އެއަށްވުރެ ގިނައިން ސޮއިކުރައްވާފައި. އަދި އެއަށްވުރެ ގިނަ ބޭފުޅުން ވޯޓު ވެސް ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ. މަޖިލީހުގެ އިތުބާރު ނެތީމަ، ދެން އިތުބާރު ނެތްކަން ގަބޫލުފުޅު ކުރައްވައި ފަހަތަށް ޖެހިވަޑައިގަތުން އަސްލުގައި ގައުމަށްވެސް އެންމެ ފައިދާހުރި ގޮތަކީ،" އަސްލަމް ވިދާޅުވި އެވެ.

ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން މިއަދު ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ދުވަހުގެ ޖަލްސާ ހިނގަމުންދާ ވަގުތު އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ވެސް އެމްޑީޕީ މަޖިލިސް މެންބަރުން އެދިވަޑައިގަތެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގައި ނަޝީދު ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ދޭނެ އެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް ތިން މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.

37 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 0%
icon angry icon angry 32%
icon wow icon wow 3%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާބަކުރާ

26 October 2023

ހީވަނީ އާއުޅުކުޅު ތަކެއް ރާވާލުމަށްފަހު މެޗް ކުޅެން ނިކުންނަނީހެން. މެޗުގެ ވަގުތު ހަމަވެ، އިތުރުގަޑީގެ ކުޅުން ނޮވެމްބަރު 17 އަށްވެސް ނުނިމި ދިގުލުން ގާތް. ހޭއަރާ ތިބޭތި. މީބޮޑު ގޯހެއް

The name is already taken The name is available. Register?

ހުސެންކުރްސީ

26 October 2023

އާ މަޖިލިސް ދެން މި ގެއްލެނީ ރިޔާސީ އިންތިޚާބު ގެއްލުނު ފަދައިން ހަމަ.

The name is already taken The name is available. Register?

ރީފް 59

26 October 2023

މަޖްލީހުގެ ރައީސްކަމުން ބޭލޭނެ އެއްގޮތެއްވެސް ނޯންނާނެ ކަމަށް، ސީދާ މަޖްލީހުގެ ރައީސް ބުނަމުން ގެންދާއިރު، މަޤާމުން ނުފައިބާ ހުރުމަށް ކޮށްފަ ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ. އަހަރުމެންނަށް އޮތީ ވާ ނުވާ ބަލަން ތިބުން.

The name is already taken The name is available. Register?

ފައްލަ

26 October 2023

ދެން ހުރޭ އެއްކަމެއްވެސް ނުކޮށް، ފާޚާނާވެސް ނުކުރާތި، ނުކާތި، ފެންވެސް ނުވަރާތި، ......

The name is already taken The name is available. Register?

ކސޖސިސި

26 October 2023

އަންނި ވާ ބޯ ބޮޑެވެ.

The name is already taken The name is available. Register?

ޢަލީ ބަލީ

26 October 2023

ބަލަ ނަޝީދުގެ މަޖިލިސްގެ ރައީސްކަމުން ވަކިކުރަން މަޖިލިސްއަށް ލާފަ ނަގާފަ އަނެއްކާ ލާފަ އުބައްޖެހީވެސް ތިޔަ ބައިގަޑު ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން މަޖުބޫރެއްވެސް ނުކުރެވޭނެ. ޖެހޭނީ ހަމަ ތެޅި ތެޅި ތިބެން

The name is already taken The name is available. Register?

އަހައްމަދޫ

26 October 2023

މީހާދަ ފުއްޕާ ބަޔެކޭދޯ . ކޮބާތަ ވަޅިއްޔުލް އަމްރު. މިމީހުން މައިތިރި ކޮށްބަލަ/ . ގައުމު ހަމަ މަގައް އެޅިޔަ ފުރުސްތުދީބަލަ. ތިމީހުނަށް ތިކަމެއް ނުވިއެއްނު

The name is already taken The name is available. Register?

ބޭބީ.

26 October 2023

އަހަރުމެން މިފަހަރު ގެއަށް ވަންނާނީވެސް މިވާހަކަ ދައްކާ މީހާ ބޭރުކޮށްފަ.އަދި ރޮޒޭ އާއި ވައްޖިގެ ޝަރީފު ނޫންގޕތެއް ހޯދާފަ.

The name is already taken The name is available. Register?

ސީޟު

26 October 2023

ދެން މަޖުލީސް އިންތިހާބު މިހާ ކައިރިވެފައި ވަނިކޮއް ނަސީދު ދުރުކުރުމުން އެެމުޑީޕީ އައް ވާނީ ގެއްލުން

The name is already taken The name is available. Register?

ޒިންދާބާދޭ

26 October 2023

ރޯނުއެދުރުމެން މިތިބީ ދުނިޔެއަށް ހަމަ ރަނގަޅަށްވެސް މޮޔަވެފަ. ތައްޓު މައްޗަށް އެއްލާލާފަ އޮތް ލައްޓިތަކެއްހެން ތެޅިފޮޅެނީ. ސިޔާސީހަޔާތް ތިތިބީ ނޭވާހޮޅިއަށް އެޅިފަ. އަންނަމަޖިލިސް މި ދެނީ ޕީޕީއެމަށް އެހެންވެ. ރައްޔިތުން މިތިބީ ކެތްމަދުވެފަ. ކުޅި ދައްކާލާނަން. ވޯޓުންތަޅާތަޅާ ހަފުސް ކުރާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454