ރީތިގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން އަމިއްލައަށް ދުރުވުން ކަމަށް އެމްޑީޕީން ބުނެފި-- ފޮޓޯ: ފައިލް
26 އޮކްޓޯބަރ 2023 - 14:59
އެންމެ ރީތިގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ރިޔާސަތުން އެކަހެރިވެވަޑައިތުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވީ ނަމަވެސް، ޖަލްސާ ބޭއްވޭނެ ކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.
"އެ މަގާމުގައި ހުންނަވަން ވާނީ އިތުބާރު ނެތްކަމުގެ ވޯޓާ ވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް މި ޕާޓީން ދެކެމެވެ. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުމެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ބަދަލުގައި ނަޝީދުގެ ފަރާތުން ފެނިގެންދަނީ ޑިމޮކްރެސީއާ ހިލާފަށް ކަންކަން ކުރައްވަމުން ގެންދަވާތަން ކަމުގައި އެމްޑީޕީން ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ، ރިޔާސީ އާ ދައުރެއް ފެށެން ކައިރިވެފައިވަނިކޮށް، ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެ ޕާޓީއިން ޖާގަ ނުދޭނެ ކަމަށެވެ. ގާނޫނު އަސާސީއާއި މަޖިލިސް ގަވައިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ގާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަން ފާހަގަކޮށް، ބަޔާނުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ފަހިކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
29 October 2023
މުގާބޭ ނުފައިބާނެ. އޭނާ އެއީ އެހެން ހުރިހާ އެމްޑީޕީ ރައީސުން ބޭރުކުރި މީހާ. އިބޫ އަތުން ބަލިވީމާ 39،000 ކަނޑައިފިޔޭ، ފިކުރެއްގެ ދިރުމަށް އިތުރު 50،000 އަލަށް ސޮއިކޮއްފިޔޭ ގޮވީ. އެބުނާ 89،000 ތެރެއިން އެންމެ 15،000 ވޯޓް ލިބުނީ. %47 ވޯޓު 2013 ގައި ހޯދި މީހާ އުފެއްދި ޕާރޓީއަށް ލިބުނީ %7 ވޯޓް!
ކަނބިލި
27 October 2023
ނަޝީދު ޚުދުމުޚުތާރުވެ ގޮޑިން ނުފައިބާން އުޒުރު ދެއްކުން އޭނާއަށް ސަޕޯޓުކުރާ މަދު މީސްކޮޅަށް އޯކޭ ދޯ. އެހެންމީހަކު މުޚުތާރުވީމާ ކަަމަކުނުދޭ. ކޮބާ އިންސާފު؟
އިސުރީސް
27 October 2023
ނަޝީދު މި ގަންނަ ގަނޑަކުން ދެން %7 ވެސް ނުލިބޭނެ! 93 ގޮނޑިއަށް ކުރިމަތިލައިގެން ޑިމޮކްރަޓްސް ހުވަފެން ބެލިޔަސް 3 ގޮނޑި ލިބުނަަސް ސަހަރޯ!
އަންދަލޫސިޔާ
27 October 2023
ނަޝީދަކީ މުގާބޭ ޑިމޮކްރަސީގެ ބައްޕަ!
އަމިއްލައަށްއިސްތިއުފާދޭއަންނި
27 October 2023
އަޅުގަނޑު ރައީސް ކަމަކާ ޙަވާލުވާ ކޮންމެފަހަރަކުވެސް އަމިއްލައަށް އިސްތިއުފާ ދޭން ތި ޖައްސަނީ ހާދަ ގޮތެއްވެސް ނެތީމައޭ.
ނާޒިމްކޮބާ؟
27 October 2023
ތިކަން ވާނީ ކާރނާލް ނާޒިމް ފޮނުވައިގެން
ތަކުރުބެއްޔާ
27 October 2023
ނަޝީދަކީ ދުވަހަކުވެސް ރީތިކޮށް ކަމެއް ކުރަން އެގޭ މީހެއް ނޫން. ރައީސް ކަމުގައި ހުރެ ވެސް ހަޑި ވާހަކަ ދައްކާ ހަޑި ކަންތައް ކުރާތީ ރައްޔިތުން ނިކުމެ ގަދަކަމުން ރައީސް ކަމުން ވެސް ބޭލީ. މާ ކަންތައް ބޮޑުކޮށް އައްޗިވަންޔާ ރައްޔިތުން ނިކުމެ ތި ގޮޑިންވެސް ބާލާނެ. ރައްޔިތުންނަށް ވުރެ ގަދައެއް ނުވާނެ .
ޙަބީބު.
27 October 2023
ދައުލަތުގެ ތިންބާރަކީ ވަކި ތިންބާރެއް ނަމަވެސް ފެނިގެން މިދަނީ ސަރުކާރުގެ ޖަޒުބާތީ އަވައިގަ ޖެހި މަޖިލިސް. ޙިސޯރު ކޮއްގެން ބަތްކައްކާ ކުޅޭތަން އިންތިހާބުގެ ދެވަނަބުރުގެ ކުރިން ނަޝީދު ބުނެފަ އޮތީ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ދެއްވާށޭ ނަމަވެސް އަނބުރާ ގެންގޮސް އަނެއްކަ މިކުޅެނީ ބަތްކައްކާނޫން ކޯޗެއް
ޙިނި
27 October 2023
ޢެމްޑީޕީ އަކީ މިހާރު ނުކުޅެދޭ ޕާޓީއެއް. ނަޝީދު ދެން އެމީހުން ނުހާރުވާ އިންސާނިޔަތައްޓަކާ އިސްތިއުފާދީ. ޢެމްޑީޕީ އަކައް އެކަމެއް ނުކުރެވުނެއްނު.
ދޮޅި ހުސޭނު
26 October 2023
ރީތި ގޮތް ހަދާ ވަރަށްވުރެ ނަޝީދުގެ އަމިއްލަ އެދުން ބޮޑު. ދެން ރީތި ގޮތެއް ކަމަކު ކިހިނެތް ހަދާނީ؟؟؟ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ބަގުޑި ބައްދައިގެން މަޤާމުގައި ދެމިހުންނަން ބޭނުންވޭ. މަސީހެކޭ ނަޝީދެކޭ ތަފާތެއް ނުފެންނާނެ. ކޮންމެ ގޮތެއް ހަދާފަވެސް މަޤާމުގައި ހުންނަން ބޭނުންވޭ!!!
މާނުބައި
27 October 2023
ކުރީގައި މަޖިލީސް ހިންގިގޮތަށްވުރެ މިހާރު މާނުބައި. އޭރުގައި ޖެހި ސަކަރާތެއްޖެހީ ގާނޫނާއި ގަވާއިދުތައް ބަދަލުކޮށްގެން. މިހާރު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކޮންމެގޮތަކަށް އޮތަސް ނުވަތަ މެޖޯރިޓީ ޕާޓީ ކޮންމެގޮތަކަށް ނިންމިޔަސް ހިންގަނީ އަމިއްލަ އެދުމާއި އެއްގޮތަށް. މިވަރުގެ މީހަކަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ ވާނެގޮތް ނިކަން ވިސްނާ. ވީމާ، ވީއެންމެ އަވަހަކަށް މިފަދަވެރިންގެ ފަރާތުން މިޖިލީސް ހިމާޔަތްކޮށް ޖަވާބުދާރީ ކުރެވޭނެގޮތެއް ހޯދަންޖެހޭ.