މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން
29 އޮކްޓޯބަރ 2023 - 10:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަން އެންގުމުން އެކަމާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖު ފަށައިފި އެވެ.
ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.
އެކަން މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީ މެންބަރުން ވަނީ ނުރުހުން ފާޅުކުރެއްވުމަށް ޗެމްބަރު ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރައްވައިފަ އެވެ. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ނުރުހުން ފާޅުކުރުމުގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި ވެސް އިށީންނަވައިފަ އެވެ.
އެމްޑީޕީގެ މެންބަރަކު ވިދާޅުވީ ހިތްހަމަނުޖެހުން ފާޅުކުރުމަށް މެންބަރުން އަދިވެސް ތަޅުމުން ނުނިކުމެ މަޑުކޮށްގެން ތިބި ކަމަށެވެ.
މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން
އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ.
މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން
މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެމްޑީޕީ މެންބަރުން މަޖިލިސް ތަޅުމުގައި --
ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލުރަންދީ
29 October 2023
ތޮށިގަނޑުޓީމު އަނެއްކާވެސް ހުސް ބަރަވެލި ތޮށިގަނޑަކަށްވަނީ. ރޮޒޭ، ޝާހިދު، ރޮޒޭ ފިރިމީހާ. ތިތަނުން ފިލާގެން ގޮސް އުޅެނީ އަލީއާޒިމް، އެވެސް ތޮށިގަނޑުޓީމު މީހެއް.
މޮޅުލަކުޑި
29 October 2023
ރޫޅިއްޖެ ރޫޅިއްޖެ
އަހްމަދ
29 October 2023
ރައްޔިތުންގެ %7 ވޯޓް ލިބުން ޕާޓީއެއްގެ މީހެއް 'ރައްޔިތުންގެ މަޖިލީސް' ކިޔާތަނެއްގެ ރައީސްކަމަށް އިނުމަކީ ކޮންމެ ނަޒަރަކުން ބެލިޔަސް ލަދުވެތި ހުތުރު ކަމެއް.
ރަދުން999
29 October 2023
އައްނިއަކީ މާރަނަގަޅު މީހެއްކަމަށް ބަލައިގަނެވުނީމަ ވީގޮތްތީ، އޭނައަކީ ހިޔަޅެއް ފަދަ މަކަރުވެރި އިންސާނެއް، 12-13 ގައި މަރްހޫމް ސަންދާނު އަހްމަދު ދީދީ އެރޭ ސްޓޭޖްގައި ވާހަކަ ދައްކާލަން ކެރޭނެ މީހަކު ނެތުމުން ގޭބަންދުގައި ހުރެފައި ނުކުމެގޮސް ސްޓޭޖަގައި ވާހަކަ ދައްކަން ފެށުމުން މިނަސީދު މީހަކުފޮނުވައިގެން އަހްމަދު ދީދީ ސްޓޭޖުން ބޭލުވީ އަހްމަދުދީދީ މިގައިމުގެ ވެރިކަން ކޮށްފާނޭ ކިޔާފަ. މިވަރުގެ ދަހިވެތި މަކަރުވެރި ހީލަތްތެރިއެއް މި އައްނިއަކީ.
ނިޔަމި
29 October 2023
މަޖުލިސް ރައިސް ކަމާހަވާލުވާނެ ބޮންދެއް ނަމަވެސް ލިބޭތޯބަލާބަލ . ދޭބަލަ ޒިކުރާ މިސްކިއް ކާރިޔައް އެތާތިބޭނެ ގަޑިޔަކައް -/500 ރޭޓުން މަރައްކަތް ކުރާ ބޮންދުން.
ދެރަސޮރު
29 October 2023
ޤާނޫނު އަސާސީގަ ބުނަނީ 14 ދުވަސް ހަމަވާދުވަހު ޖަލްސާބާއްވަން ޖެހޭކަމަށް އަދި ރައީސް ނައިބު ރައީސް ނެތަސް ޖަލްސާ ބޭއއވޭނެ ކަމަށް, އެކަމު މަޖިލީހުގެ ޤަވައިދުގެ ދަށުން ޖަލްސާ ނުބޭއްވުމަކީ ޤ.އަސާސީގެ ބާރު ކަނޑުވާލުން ނިއުޝާގެ މައްސަލަ ބަލަންވާނެ... އަންނި އަށް ވަރަށް ސަލާމް
ސައްހާފް ކުޑޭ
29 October 2023
އިންތިޚާބު ގެއްލުނުފަހުން އެމްޑީޕީ ހުންނަނީ ބޮލުރޮދި ކެނޑިފާ.
ކުރުކޮށް
29 October 2023
އެމްޑީޕީ މީހުންނަށް އިހުތިޖާޖު ކުރަން ތިބެވުނީމާ ފުދޭނެ އެހެންކަމެއް ބޭނުންވާ ބައެއް ނޫން
ބޭރު
29 October 2023
ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަކީ ނައިބު ރައީސް ބަލިވީމަ މަޖިލިސް ހުއްޓާލުންތޯ. ކޮންމެވެސް ބޭފުޅަކު މިފަދަ ހާލަތެއްގައި އަމަލުކޮށްފައިވާގޮތް ނިއުޝާއަށް ސާފުކޮށްލަ ދިނުން އެދެމެވެ.