ޚަބަރު / ކްރިމިނަލް ކޯޓް

ފޯނު ހުޅުވަން ދެކޮޅު ހެދުމުން 21،000ރ. ގެ ޖޫރިމަނާއެއް

ފުލުހުންގެ މައި އިދާރާ: ފުލުހުންގެ ތަހުގީގެއްގައި ފޯނު ހުޅުވަން ދެކޮޅު ހެދި މީހަކު ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު

ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ހުޅުވަން އެންގުމުން ފޯނު ހުޅުވަން ދެކޮޅު ހެދި މީހަކު 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މެއި، 2018 ގައި ފުލުހުން ތަހުގީގުކުރި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނުތައް ހިފެހެއްޓުމަށްފަހު ފޯނު ހުޅުވަން އެންގުމުން އެކަމަށް ދެކޮޅު ހެދި މައްސަލާގައި ދައުލަތުން ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފެހެއްޓުމުން، ފުލުހުން އެ ފޯނު ހުޅުވާނެ ގޮތަކަށް ހުޅުވަންވީ ކަމަށް ބުނެ، ފޯނު ހުޅުވަން އޭނާ އިންކާރު ކުރި ކަމަށެވެ. އަދި އެއީީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުން ކަމަށް ހުކުމުގައިވެ އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބު ލުއިކޮށްދޭން އެދިފައިވާތީ ކޯޓުގެ ހުކުމުގައިވަނީ އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ. އެހެންވެ، 21،600ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ހަތަރު މަސް ތެރޭގައި ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.

މީގެކުރިން މިފަދަ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްވި އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

29 October 2023

އަދަބު ލުިއކޮށްދޭން ޔާމިނަށް ޖަލުހުކުމުގެ ބަދަލުގަ 21000ރ އިން ނަމަވެސް ޖޫރިމާނާ އެއް ނުދދިނުމުން ތީ ވަކިބަޔަކު ޖީބުބަރުކުރަން ކުރާޙުކުމް ތަކަކެވެ. ފޯނެއް ގެ ކަމަކު މީދެން ހާދަކަޑަ ޚަބަރެކެވެ. މިހާރު ނުހުޅުވާ ސަލާމަތް ވީއެވެ. ގަދައީ ޝަރުއީ ތޯ އަމިއްލަ މީހާތޯއެވެ...

The name is already taken The name is available. Register?

އަންދަލޫސިޔާ

30 October 2023

ފޯނެއް ނުހުޅުވުމާއި، ދައުލަތް ދޮވެލައި 770 މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓަށް ކަހާލީ ވަލިއްޔުލްއަމްރު ކަމުގައި ހުރެގެން. މިވީހާ ތަނަށް ވެސް ބުނަމުން އެދަނީ ކޮބާހޭ މައްސަލައަކީ. ވައްކަމާ ޑުރަގާ ހުއްދަކުރިޔަސް އެ ޤާނޫނެއް ތަންފީޒުކުރަން ތިމަން މަނިކުފާނު ތައްޔާރޭ ތަކުރާރުކޮށް 2016 ، 2017 އަދި 2018 ގައި ވިދާޅުވި. ދައުލަތުން 50 ރަށް ދޫކުރި އިރު ކޮންމެ ރަށަކުން 1 މިލިޔަން ޑޮލަރު ޔާމީން އެކައުންޓަށް!

The name is already taken The name is available. Register?

ރަބަރު ހަސަނިކް

29 October 2023

ފުލުހުން ގެއެއް ބަލާ ފާސްކުރުމުގެ އަމުރަކަށް އެދި ގޭގެ ވެރިމީހާ ކޯޓަށް ދިއުން ފަދަ ކަމެއް.

The name is already taken The name is available. Register?

ކޮރަލް

29 October 2023

ފޯން ހުޅުވާ ނުދިން މައްސަލަ އެއްގަ ވަކި ގޮތެއް ނުނިންމާ 5 އަހަރަށް ވުރެ ގިނަ ދުވަސް ވީ އެވެ. ދެން މައްސަލަ ނިންމީ އެވެ. މައްސަލަ ތައް ނިމެމުން މިދަނީ ވ ލަހުންނެވެ.

The name is already taken The name is available. Register?

ބޫމް ބޫމް ވާހަކަ ނުދައްކައްޗޭ!

29 October 2023

ބަލަ ސުޕްކޯޓުގެ ދަށުން ކިއްލި ތަޅާ، ތޮއްޑޫ ބޫމްބޫމް ހާޒިރު ކުރަން އަންގާ އެކަން ނުވުމުން، އިންޓަޕޯލް މެދުވެރިވެގެންވެސް ނުގެވުނު މިނިސްޓަރު ޖޫރިމަނާ ކުރާކައް ނުކެރުނު ދެއްތޯ!؟ ރިހާކުރު ފުޅި ވަގު އަދިވެސް ޖަލުގަ!

The name is already taken The name is available. Register?

1828

29 October 2023

21ގަރުނުގައި ފުލުހުންގެ ތަހުޤީޤަށް ހެކި ހޯދަނީ ކޯޓް އަމުރުއްގެ ދަށުން ތުހުމަތުކުރެވޭ މީހާގެފޯނު، އެމީހާ ލައްވައި ހުޅުވައިގެން ކަމަށްވަނީނަމަ، ކުރީ ޒަމާނުގައި ފުލުހުންގެ ތަހުޤީޤަށް މޭޒުމަތީގައި އޮންނަބަރު ހެކިދޭ ހެކި ދިނުން މާރަނގު. އެތަހުޤީޤްތައް މާ ފުރިހަމަ. ފުލުހުން ކޯޓްއަމުރަކަށް އެދޭ އިރަކަށް ކޯޓުން އެއަމުރެއް އެދުނުއެގޮތަށް ނެރެދޭކަށް ނުޖެހޭ. ހެއްކަކަށް 'އިންޓެލި ޖެންސް ރިޕޯޓް' ޖަހާލީމައި ކޯޓް އަމުރުދޭ ގޮދުރުބަލާ ފާސްކުރަން. ދިސް އިސް ޓޫމަޗް

The name is already taken The name is available. Register?

ދެރަކަމެއް

29 October 2023

ދައުލަތުގެ ހުރިހާ އިދާރާއަކުން ޒިންމާތަކުން ރެކެމުން ރެކެމުން ގޮސް އެންމެ ފަހުން މިޖެހެނީ ކުށަށް ތުހުމަތުކުރެވޭމީހާ އަމިއްލައަށް އޭނާ ކުށްވެރިވާންވެސް. ގޭގެއަށް ވަނުމާ، މީހުން ބަލާ ފާސްކުރުމާ މިކަންކަން ޖެހޭނީ ކޯޓު އަމުރުން ފުލުހުން ގޮސްކުރަން. ކޯޑުނުދިނުމުގެ ހައްގު ތުހުމަތުވާމީހާއަށް ލިބެންޖެހޭ. ފޯނަށްވަނުމަކީ ފުލުހުން އަމިއްލައށް ކުރަންޖެހޭ ކަމެއް. ގެއަކަށް ބލާފސްކުރަން ވަންނަނ ޖެހޭ ދުވަހު ކޯޓުން ހުކުމް ކުރަންވީނުން އެހެންވިއްޔާ ތަޅުދަނޑިދޭން

The name is already taken The name is available. Register?

LaamuonlineDOTcom

29 October 2023

ރަނގަޅަށް ސެކިއުރިޓީ ސެޓިންގހަދާފައޮންނަ ފޯނެއް އޭގައިހުރި ޑާޓާތައް ދުއްވާނުލާ ހުޅުވުމަކީ އެއްވެސްބަޔަކަށް ކުރެވޭނެކަމެއްނޫން (އެނގިފައެއްނެތް)

The name is already taken The name is available. Register?

އެވިޑެންސް

29 October 2023

ޕްލޭން އޭ ފެއިލްވީމަ ޕްލޭން ބީ އަށްނުގޮސް ( ފޮރެންސިކްް ޓޫލް ސޮޕްޓްވެއާ ބޭނުންކޮށްގެން) ވަގުތުން ޕްލޭން ޒެޑްއަށްތަ.

The name is already taken The name is available. Register?

ޓެރޭސް

29 October 2023

އަމިއްލަ ނަފްސާ ދެކޮޅަށް ހެކި ނުދެއްކުމަކީ ވެސް ގާނޫނުގައި އޮންނަ އުސޫލެއް. އެކަން އެނގޭބާ؟

The name is already taken The name is available. Register?

އިބުރާ

29 October 2023

ފޯނު ހުޅުވައި ނުދިނުމުން ފޯނެއްގެ އަގު ދައްކަން ޖެހިފައި ތިއޮތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454