އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޒަހަމްވި މީހަކަށް ފަރުވާ ދެނީ
30 އޮކްޓޯބަރ 2023 - 12:25
ފަލަސްތީނުގެ ގާޒާގެ ދެކުނު ސަހަރެއް ކަމަށްވާ ތައްލް އަލް-ހަވާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލް ވަގުތުން ހުސް ކުރުމަށް އިންޒާރު ދިނުމަށް ފަހު، ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އިޒްރޭލު ސިފައިން އިއްޔެ ބޮން އަޅައި އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިއްޔެގެ ފުރަތަމަ އިންޒާރު އިޒްރޭލުން ދިނީ އިއްޔެ ހެނދުނު އެވެ. އެއަށް ފަހު އެ ހޮސްޕިޓަލާ 50 މީޓަރު ދުރަށް ބޮމުގެ ހަމަލާތަކެއް ދިނެވެ. އެ ހަމަލާތައް ދިން އިރު ވެސް ގުދުސް ހޮސްޕިޓަލުގެ ތެރޭގައި، ގިނަ އަދަދެއްގެ ބަލި މީހުންނާއި، ވަގުތީ ހިޔާވަހިކަން ހޯދަން އައިސް ތިބި 12000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ތިއްބެވެ.
ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ފަރުވާ ދިނުމަށް ގެނެސްފައި ތިބި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް އެ ހޮސްޕިޓަލުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި އައިސީޔޫގައި ތިބި ހާލު ބޮޑު ބައެއް މީހުންނާއި، އިންކިއުބޭޓަރުގައި ތިބި އަލަށް އުފަންވި ކުދިން ހިމެނެ އެވެ.
An ambulance was destroyed by an Israeli bombardment in Gaza. 30.10.23
— Gaza Genocide Explained 🇵🇸 (@MostGaza) October 30, 2023
تدمير سيارة إسعاف خلال قصف الاحتلال على غزة.#Gaza_Genocide #CeaseFireInGaza pic.twitter.com/gPhdS9mqpf
އޭގެ އިތުރުން އެ ހޮސްޕިޓަލުގައި މިވަގުތު ތިބީ، އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ގެދޮރު ސުންނާފަތިވެ ދިރިއުޅޭނެ ހިޔާވައްސެއް ނެތުމުން ގާޒާގެ އެކި ސަރަހައްދުތަކުން އައިސް ތިބި އާންމު ރައްޔިތުންގެ 12000 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލު ސިފައިން ތަކުރާރުކޮށް އިއްޔެ އިންޒާރު ދީފައި މިވަނީ، މީގެ ކުރިން އެ ގޮތަށް އިންޒާރު ދިން ހޮސްޕިޓަލުތަކަށް އިޒްރޭލު ސިފައިން ބޮން އަޅައި، ބޭނުން ނުކުރެވޭ ވަރަށް އެ ތަންތަން ހަލާކުކޮށްލުމަށް ފަހު އެވެ. އޭގެ ތެރޭގައި، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު އަލް-އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ބޮމުގެ ހަމަލާގައި 500 އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލުން ތަކުރާރުކޮށް އިންޒާރު ދެމުން ދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނަރަލް ޑރ. ޑެޓްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ބަލިމީހުންތަކުން ތޮއްޖެހިފައި އޮތް ހޮސްޕިޓަލެއް އެމީހުންގެ ފުރާނަ އަށް ނުރައްކާ ނުވާ ފަދަ ގޮތަކަށް ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
Amidst Al-Quds Hospital in #Gaza displaced families seek refuge, bedding down on the ground and in corridors, where the relentless echoes of Israeli airstrikes and bombings almost never fade.#Gazabombing #GazaHospital #AlQudsHospital pic.twitter.com/O7fOjS5GHW
— PRCS (@PalestineRCS) October 29, 2023
އިޒްރޭލު ސިފައިން ގާޒާގެ އުތުރު ސަރަހައްދަށް އެއްގަމު މަގުން އަރައިގަތުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި، ގާޒާގެ އުތުރު ކޮޅުގައި ހުންނަ އައްޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއާ ހޮސްޕިޓަލްގެ ވަރަށް ކައިރިއަށް ބޮން އެޅި އެވެ.
އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 24 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 20000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3340 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2060 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.
Thousands of #Palestinian civilians are currently seeking refuge in #Gaza ’s #AlQudsHospital. #Israel is ordering to evacuate it so they can bomb it.#IsraelWarCrimes #Palestine pic.twitter.com/Adi9PBLiSu
— Alfred Lanning (@alfred_lanning1) October 22, 2023
އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 120 އަށް އަރައިފި އެވެ. އަދި އިތުރު 2000 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
30 October 2023
ފަލަސްތީނު ވަށައިގެން ތިބި އަރަބިން އެތިބީ އެމެރިކާގެ އަޅުވެތިވެފައި. ފަލަސްތީނުގެ ބިންތައް ފޭރި އެތަކެއް ބަޔަކު ޝަހީދު ވަމުންދާއިރު އެމީހުން އެތިބެނީ ބަޔާން ނެރެން. މުސްލިމުން އެކައްޗެއް ނުކިޔައި ތިކަމަށް ހައްލެއް ނެތް.
ޖަލީލީ
30 October 2023
ޔަހޫދީންގެ އަމާޒަކީ ފަލަސްތީނުގެ މުސްލިމުން މަރާ ހުސްކުރުން. އެ ވަރިހަމަ ބަނޑުއޮތް ދަރި ކަމުގައި ވީ ނަމަވެސް. އޭރުންތާ އެމީހުންނަށް އެބިން ބައްކުރެވޭނީ.
ޖަލީލީ
30 October 2023
މި މީހުންގެ މަގްސަދަކީ މުސްލިމެއް ވެއްޖެއްޔާ މެރުން. މި މީހުންގެ ވަރުގަދަ އިންޓެލް އަށް ވެސް އެނގޭ އެ ހޮސްޕިޓަލް ތަކަކީ އަސްކަރީ އެއްވެސް ބޭނުމަކަށް ބޭނުން ކުރާ ތަނެއް ނޫންކަން އަދި ޒަހަމް ވެފައި އަދި ބޯހިޔާވަހިކަން ހޯދާ މީހުންނައިގެން ތޮއްޖެހިފައިވާކަން. މިކަހަލަ ތާކަށް ބޮން އެޅީމަ އެއްފަހަރާ ގިނަ މީހުން މަރާލެވޭނެއެންނުން. ދެން ހަމާސްގެ ރޮކެޓެއް ފެއިލްވެގެންނޭ ބުނީމަ އެމެރިކާ އާއި ހުޅަނގުގެ ވެރިން އަދި މީޑިއާ އިން އެކަން ފޫބައްދާނެ
މިސްފަޔަރ
31 October 2023
ކަލޭ ބަލާބަ އަލްޖަޒީރާޔާ ތަންތަނުން އަދި މިނިވަން ފަރާތްތަކުން ތިޔަ ރޮކެޓްތައް ފޭލްވެގެން ވެއްޓިގެން ހޮސްޕިޓާ ގޮވީ ކަމަށް ހުރި ހަބަރުތައް
ގާޒާރި
30 October 2023
ގާޒާގެ އާއްމުނަށް ލިބޭ ގެއްލުމުގެ ޒިންމާ ހަމާސް އިން ނަގަން ޖެހޭ. އަދުއްވުންގެ ލަޝްކަރަށް ހަމަލަދީފަ އާއްމުންގެ ތެރޭ ފިލަން އައުން ކުއްވެރި ކުރަން.ނ
ބުއްޅަބޭ
30 October 2023
ކަލޭ ލޮލަށް މިރުސް ދުން އެޅިފަބާ ތިހިރީ. އެއީ ޔަހޫދީން ފޭރިގަނެފައިވާ މުސްލިމުންގެ ބިން. އެ ބިން ހޯދަން ފަލަސްތީނީން ޖިހާދު ކުރާނެ. ތިކަހަލަ ޔާހޫދީ ފިނޑިންހެންނެއް އެމީހުން ފިލާ ނުތިބޭނެ
މެލްކަމް އެކްސް
30 October 2023
ހަމާސް ކިއްކުރަން ފަލަސްޠީނުގެ ކުޑަކުއްޖަކުވެސް ފިލަންނުދުވާނެ، ޔަހޫދީސިފައިން ފެންނާނެ ގާބުރިއެއް އެއްލިޔަސް ފިލަންދުވާތަން މިނިވަންކަމުގެ އަގަކީ މަރުނަމަ ފުރާނައިން އަގުދައްކާފަވެސް މިނިވަންކަން ބޭނުމީ އެނގިއްޖެ!
ތުނިޔަ
30 October 2023
ގާޒާރީ ހަމަތަ؟
މާހިރު
30 October 2023
އެއީ އިންސާނުންގެ ސިފާގައިތިބި ޖަނަވާރުންތަކެއް. އެބައިމީހުންނަކީ ބައިނަލް އަޤުވާމީ އެއްވެސް ޤާނޫނަކަށް ބޯލަނބާ ބައެއްނޫން. އަނެއްކޮޅުން އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން އެތިބީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ އެބައިމީހުންނަށް އެހީތެރިވެދޭން. އެހޮސްޕިޓަލް ގޮއްވާލާކަށްވެސް އެމީހުން ފަހަކަށް ނުޖެހޭނެ. ހަމައެކަނި އޮތް ގޮތަކީ މުސްލިމުން އެއްބައިވެ ކެރިގެން އެމީހުންނާއި ކުރިމަތިލާ އެމީހުން ބަލިކުރުން.