ޚަބަރު / ހުކުރު މިސްކިތް

ހުކުރު މިސްކިތް ވަށައިގެންވާ ބޮޑު ސަރަހައްދެއް ކަލްޗަރަލް ޒޯނަކަށް ބަދަލުކުރަނީ!

ހުކުރު މިސްކިތް ހުންނަ ސަރަހައްދު: މި ސަރަހައްދު ވަށައިގެންވާ ގިނަ އިމާރާތްތަކެއް ހިމެނޭ ގޮތަށް ކަލްޗަރަލް ޒޯނެއް ތަރައްގީކުރަން ވަނީ ނިންމާފައި --

މާލޭގެ ހުކުރު މިސްކިތް ވަށައިގެންވާ ބޮޑު ސަރަހައްދެއް ބަފާ ޒޯނެއް ގޮތަށް، ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހަށް ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ބިނާކޮށް، އެ ޒޯނުގައި ހިމަނަން ނިންމީ ހުކުރު މިސްކިތުގެ އިތުރުން މެދުޒިޔާރަތާއި ރައީސްގެ ރަސްމީ ގެކޮޅު މުލީއާގެ އާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި އުސްގެކޮޅާއި ކަޅުވަކަރު މިސްކިތާއި ސިފައިންގެ ހިންގާ ބަންޑާރަކޮށްޓާއި އިހުގެ ނާދީ އިމާރާތާއި ދާރުލް އުލޫމް އަދި ޖުމްހޫރީ މައިދާނެވެ.

ހެރިޓޭޖު މިނިސްޓްރީގެ ކަރުދާހުގައިވާ ގޮތުން، މިފަދަ ކަލްޗަރަލް ޒޯނެއް ހެދުމުގެ ބޭނުމަކީ ހުކުރު މިސްކިތަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމާއި އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ކުރުމަށެވެ.

އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި ޓޫރިސްޓުންނަށް ފަސޭހައިން މައުލޫމާތު ލިބި، ޓޫރިޒަމްގެ އާ ދޮރުތަކެއް އެ ނިންމުމުގެ ސަބަބުން ހުޅުވޭނެ ކަމަށް ވެސް ކަރުދާހުގައި ފާހަގަކޮށްފައި ވެ އެވެ.

"މާލޭގެ ދުވަސްވީ ތާރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭ ގޮތަށް މި ސަރަހައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފު ކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ގަވާއިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖިލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

11 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމަލުފޮޑި

01 November 2023

ތިގޮތަށް މަނަދޫގަ އޮންނަ މާމިސްކިތު ވެޔޮވެސް އެބަ ހިމާޔަތްކުރޭ. އެތާކު ކުރާކަމެއް ހަރާން. ދޭތެރެދޭތެރެއިން ބޮޑު ސްޓޯރީއެއް ހަދާލާނެ. އެ ނިމުނީ. ހުސް ޖަމަލުފޮޑި

The name is already taken The name is available. Register?

ބޮޑުމީހާ

31 October 2023

ކަލްޗަރަލް ޒޯނަކަށްވުރެ ކޮންކްރީޓް ޒޯނެއް

The name is already taken The name is available. Register?

ގަލޮޅުގައި އުޅޭ މީހެއް

31 October 2023

މިހާރު ދެން ވަގުތު ފާއިތުވުމުން މި ސަރުކާރުން ހެޑްލައިތައް ހަދަން ނޫޅޭ! ތިޔަ ބުނާ ކަލްޗަރަލް ޒޯނު ހަދަން ޕްލޭންކޮށްފައި އޮތީމާތަ، ހުކުރު މިސްކިތު މުންނާރު ބުޑުގައި، މެދުޒިރާރަތް މަގު ކައިރީގައި ހުރި އާޘާރީ ވިއްސަކަށް މަހާނަ ގައު ފުނޑާލާފައި އެތާނގައި ދޮންވެލި ފުންޏެއް ޖަހާފައި އެ އޮތީ! އަނެއްކާ، ޓްއަރިސްޓުން ގޮވައިގެން ހުކުރުމިސްކިތު ޙަރިންމަ ތެރޭން ލާފައި ގޮސް، މިސްކިތުގެ ދެކުނު ފަރާތުން މިސްކިތަށް ވަންނަން ހުންނަ ސިޑިން، ހަރުފަތްތަކުގައި އަޅާފައި ހުންނަ ފައިފުހި ތަކުގެމައްޗަށް ޓްއަރިސްޓުން ފައިވާނާއެކު އަރައިގެން ގޮސް މިސްކިތްތެރެއަށް ބޯކޮއްޕާއިރު، އެބުނާ ދިވެހި ގައިޑުން ކުޑަމިނުން ފައިވާން ބަހައްޓާފައި ސިޑިއަށް އަރަންވެސް ބުނެނުލާ! މިސްކިތަށް ނަމާދަށް ދާމީހުން ޚާއްސަކޮށް ޢިޝާނަމާދަށް ދާއިރު ހުންނަނީ ހުސް ވެލި! ހުސްފައިގާ މިސްކިތަށް އަރާއިރު މުޅިފައިގާ ހުންނަނީ ވެލި ތަތްވެފައި! މިކަން ކަމާބެހޭފަރާތަށް ހަމަ ނޭނގެނީބާ؟

The name is already taken The name is available. Register?

2023

31 October 2023

ޢަނެއްކާ އަހުންނަށް ތި ހިސާބުގަޑުން ހިނގާލެވޭނެބާ؟ ބޮއިހަލަކި

The name is already taken The name is available. Register?

އައިލޭންޑްސް

31 October 2023

ވަރަށް ރަގަޅުކަމެއް ޓުއަރިޒަމަށް. ދެންއެކަމަކު މާލެއަންނަ ޓޫރިސްޓުުންނާ ދިމާކުރާ ގައިޑުން އެއުޅޭގޮތްކަަމަކު ނުދޭ. އެމީހުންހުންނަށް އުނދަގޫވާވަރަށް އަމަލުހުންނަނީ. އެހާތާހިރެއްވެސްނުުން ބައެއްމީހުންތިބެނީ ގަދައަށް ދުފައިގެން ދެމިޔަކަނުން ރަތްކުޅު ވެއްޓޭވަރަށް. ލާފައި ހުންނަ ހެދުންވެސް އެކަހަލަކަމަކަށް ކަމަކުނުދޭ. ކޮންމެވެސް ކަހަލަ ޔުނިފޯމެއްގައި ވަކިސްޓޭންޑަޑަކަށް ތިބޭނަމަ މަލޭއަންނަ މީހުންވެސް ގިނަވާނެކަނޭގެ.

The name is already taken The name is available. Register?

މިއައު

31 October 2023

ކަލްޗަރަލއ ޒޯންގަ ކޮންމެ ހެނެއްވެސް ހުންނަންވާނެ ވަށައިގެން މުއްސަނދިންގެ ކާރު ޕާކު ކޮށްފަ. އެހެން މީހަކަށް ތަނެއް ދޮރެއް ވަކި ނުވާވަރަށް. އޭރުން ހަގީގީ މާނައިގަ ތިކަން ވާނީ

The name is already taken The name is available. Register?

ބަދީޢު އެންޑް އަދީބު

31 October 2023

ހެޑިންކިޔާފާ މަހީކުރީ މުއިއްޒު ކޮށްގެންއުޅޭ ކަމެއްކަމަށް. މުއިއްޒު ހޮވުނުފަހުން އިބޫ ނުވޭ އެއްވެސްމީހަކަށް.

The name is already taken The name is available. Register?

ހުސެންް

31 October 2023

ހުކުރު މިސްކިތް ހިމާޔަތްކުރާށޭ ކިޔާފަ އެހެރީ ހަލާކު ކޮށްލާފަ. ސާފުކުރާށޭ ކިޔާފަ ޕުރެށަރުގަ ފެންޖެހުމުގެ ސަބަބުން މުރަކަތަކުގެ ކަނޑާނެގުންތައް އެހެރީ ބައެއް ތަންތާގަ ހަލާކުވެފަ. ނިކަން ނޫސްވެރިޔަކުގޮސް މިސްކިތުގެ ފާރުތައް ދިރާސާކޮށްދީބަލަ. ތަންކޮޅެއް ކުރިންވެސް މިކަމާއި ގުޅޭގޮތުން ކޮމެންޓެއް ކުރިން. އެކަމަކު އެކަކުވެސް އަޅައެއްނުލާ.

The name is already taken The name is available. Register?

ޖުލައި2021

31 October 2023

ތިތާ އެއްޗެހި ނުދުއްވޭގޮތަށް ހަދާފިއްޔާ މުޅިމާލޭގެ ޓުރެފިކް ބާރުބޮޑުވާނެ. އަނެއް ހަކަންތަށް

The name is already taken The name is available. Register?

މިއައު

31 October 2023

މިވަރު ތަނެއްގަ ބޮޑެރި އެސްޔޫވީ ދުއްވުމަކީ ކުރަން ޖެހޭ ކަމެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 October 2023

ތިޔަ ޒޯނުސަރަޙައްދު ކިތައްސަތޭކަ ކިލޯމީޓަރަށް ފެތުރިފައިވޭތޯ!؟ ތިއީ ދައުލަތުގެބަޖޭޓުން އެހެން އެއްވެސްރަށެއްގައި ކަމެއްނުކުރާންވެގެން ނަމުގެކުރިއަށް "ޤައުމީ" ނޫންނަމަ National އެހެންނޫންނަމަ "މަރުކަޒީ" ފަދަ ބަރުދަންބޮޑެތި ބަސްތައްލައިގެން އިދާރާތައްހަދާފައި ދައުލަތުގެމުޅި ޙަޒާނާއާއި، ދައުލަތްދަރަނިކޮށްނަގާ ލޯނުތަކާއި، ބައިނަލް އަޤުވާމީ އިދާރާތަކާއި ޤައުމުތަކުން ދޭ އެހީތަށްވެސް ޖަމާކުރަނީ ތިޔަ މުޤައްދަސް ރަށްކޮޅަށް. ތިވެސް އެބޭނުމުގައި ކުރިކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454